18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ވާހަކަ

ޒުވާން އިރުގެ ގައި ބާރު

ރާއްޖެ އެމްވީ | 8 މަސް ކުރިން |


  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  4. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  5. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  6. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  7. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  8. ރާއްޖޭގައި ގަވާއިދާ ޚިލާފަށް 63،000 ބިދޭސީން މަސައްކަތް ކުރޭ: އިމިގްރޭޝަން




ޖުހާ އާއި އެހެން ދެ ރަހުމަތްތެރިއަކު އެއް ދުވަހަކު ހިނގާލަން ނުކުމެއްޖެއެވެ.

އެ މީހުން މި ދައްކަނީ ޒުވާން އިރުގެ ގައިބާރު ގަދަކަމުގެ ވާހަކައެވެ.

ޒުވާން އިރު އެވެނި ކަމެއް، މިވެނި ކަމެއް އެހާ ފަސޭހައިން ކޮށްލެވެޔޭ ކިޔަމުން ދެއެވެ.

އެކަކު ބުނެފިއެވެ. "އެނގޭތަ ތަނެއް ގައި ނުހުއްޓި ވަރުބަލި ނުވެ އަހަރެން ޒުވާން އިރު ބާރަ މޭލު ހުންނާނީ ދުވެފައި، ގައިގަ ހާދަ ބާރެއް ހުރެޔޭ އޭރު."

އަނެކަކު ބުނެފިއެވެ. "އަހަރެން ޒުވާން އިރު އަހަރެންގެ ގާތް މީހުން ބުނާނެ މަގޭ ބާރުގަދަ ވާހަކަ، ހަމަ އެއްވެސް ކަމެއް ނޫން އޭރު އެއް އަތުން ޖަހާ ފަލަ ދަނޑިބުރިއެއް ބިންދާލާކަށް."

"ޒުވާން އިރުގެ ބާރަކީ މުސްކުޅިވެ ރޫ ޖެހުނީމަ ހުންނާނެ އެއްޗެއް ނޫން، އެއީ އެދުވަސް މިއީ މިދުވަސް މިހާރަކު އެކަހަލަ ފަންވަރެއް ގަޔަކު ނުހުންނާނެ."

އެކުވެރިންގެ ވާހަކަތައް އަޑު އަހަން ހުރެފައި ޖުހާ ބުނެފިއެވެ. "ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް؟ މަށަކަށް ނާދޭ ތިބުނާ ކަހަލަ ބަދަލެއް، ޒުވާން އިރުވެސް ދުވަސް ވުމުން ވެސް މަގޭ ގައިގަ ވަރު ހުންނަ މިންވަރަކަށް ނާދޭ ތަފާތެއް."

"ދެން ތިޔައީ ކިހިނެއް ވާނެ ކަމެއް ޖުހާ؟، ތިއީ މީހުން ދައްކާ ކަހަލަ ވާހަކަތަ؟" ޖުހާގެ ވާހަކަ އަށް ރައްދު ދެމުން އެތަނުން އެކަކު ބުންޏެވެ.

"މިއީ ހައްގު ތެދު" ޖުހާ ބުންޏެވެ. "ގަބޫލު ނުކުރަންޏާ އާދޭ މިކަން ސާބިތު ކޮށްދޭނަން."

"ސާބިތު ކޮށްދީ، އަހަރެމެން ބޭނުން ބަލަން ތިކަން." ރަހުމަތްތެރިން ބުންޏެވެ.

މިހެން ބުނުމުން އެތަނުގައި އޮތް ބޮޑު ސިންގާ ހިލަޔަކާ ދިމާލަށް ޖުހާ ހިނގައްޖެއެވެ.

އެހާ ބޮޑު ހިލައެއް އެހާ ދުވަސްވެފައި ހުރި މީހަކު އުފުލާލާތީ ރަހުމަތްތެރިން ތިބީ ވަރަށް ޝައުގުވެރިކަމާ އެކު ދެންވާނެ ގޮތް ބަލާށެވެ.

ޖުހާ އުޅެއުޅެވެސް އެ ހިލަ ނޫފުލުނުތާ އޮތްތަނުން ގުޑުވާ ވެސް ނުލެވުނެވެ.

ޖުހާ ރަހުމަތްތެރިންނާ ދިމާލަށް ބުންޏެވެ "ކޮބާ ފެނިއްޖެތަ؟، މިހާރު ގަބޫލު ކޮށްފިންތަ؟"

"ކޯއްޗެއް ގަބޫލު ކުރަން އޮތީ، ނުއުފުލެއްނު، ނުވިއެއްނު، އެހެންވެ އަހަރެމެން ބުނީ ޒުވާން އިރު ހުންނަ ބާރެއް މުސްކުޅިވީމާ ނުހުންނާނޭ."

ޖުހާ ބުންޏެވެ. "ކަލޭމެން ހީކުރީ ކީކޭ؟ ކަލޭމެން ހީކުރީ އެއޮއް ބޮޑު ހިލަ މަށަށް ޒުވާން އިރު އުފުލޭނެ ކަމަށްތަ؟"

ޖުހާ މިހެން ބުނުމުން އެކަކަށް ވެސް އިތުރު އެއްޗެއް ބުނާކަށް ނޭނގުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް