24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ވާހަކަ

ޖުހާގެ ހިސާބު ހެދުން

ރާއްޖެ އެމްވީ | 10 މަސް ކުރިން |


  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  4. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް
  5. ހީނާ ޚާން އަދިވެސް ކަސޯޓީ ޒިންދަގީކީ 2 އިން ފެނިދާނެތަ؟
  6. އަލިފުށްޓަށް ވަޑައިގަތުމުން ރައީސަށް ހޫނު މަރުހަބާއެއް ދަންނަވައިފި
  7. މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
  8. އެމްޑީޕީ ޖަގަހަތަކަށް ހަމަލާދިނަސް، ރައްދު ނުދިނުމަށް ނަޝީދު އެދިވަޑައިގެންފި




ޖުހާ މީހަކާ އިންތާ ތިން މަސް ދުވަސް ފުރުނު ތަނުން އޭނާގެ އަންހެނުން ވިހައިފިއެވެ.

މި ޚަބަރު ލިބިގެން އޭނާގެ ރައްޓެހިން ވަރަށް ހައިރާން ވެގެން އައިސް ޖުހާ އާ ފާޑުފާޑުގެ ސުވާލު ކުރަން ފަށައިފިއެވެ.

އެންމެވެސް ހައިރާންވީ އިންތާ އެންމެ ތިން މަސް ތެރޭގައި ވިހެއުމުންނެވެ.

ޖުހާގެ އާއިލާ އަށް މަރުހަބާ ކިޔުމަށާއި އަދި މިވީ ގޮތް ސާފު ކުރުމަށް ޝައުގުވެރި ވެގެން ޖުހާގެ ރައްޓެހިންތައް އޭނާގެ ގެއަށް އަތުވެއްޖެއެވެ.

ގެއަށް އައި ރަހުމަތްތެރިންގެ ތެރެއިން އެކަކު އެހިއެވެ. "ޖުހާ މިއީ ކިހިނެއްވީ ކަމެއް؟ އަދި ކައިވެނި ކުރިތާ މިވީ އެންމެ ތިން މަހެއް ނު؟... ކިހިނެއް އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި ކުއްޖަކު ލިބުނީ...؟"

މި ސުވާލު ކުރުމުން ޖުހާ މާ ބޮޑަކަށް ހައިރާނެއް ނުވިއެވެ.

ޖުހާ ބުންޏެވެ. " ކަލެއަށް އަދަދު ޖަހާކަށް ނޭނގޭތަ؟ ބުނެބަލަ ނިކަން"

"އަހަރެންގެ އަންހެނުންނާ އަހަރެން އިނދެގެން އުޅޭތާ މިވީ ކިހާ ދުވަހެއް؟ މި ވީ ތިން މަސް"

"ދެން އެންމެ ރަނގަޅު މަގޭ އަންހެނުން އަހަންނާ އިނދެގެން އުޅޭތާ ކިހާ ދުވަހެއް؟ ތިން މަސް"

"އެވީ ކިހާ ވަރެއް؟ ހަ މަސް"

"ދެން ތި ބުނަނީ އަންހެނުން ވިހެއީ ތިން މަސް ކޮށްފައޭ.. އޭގެ މާނަ އަކީ ބަނޑުގައި އެކުއްޖާ އޮންނަތާ ވެސް ތިން މަސްވީ އޭ"

"އެހެން ވީމާ ޖުމްލަ އެވީ ކިހާ ވަރެއް؟ ނުވަ މަސް...!"

"ދެން އިތުރު އެއްޗެއް އެނގެން ބޭނުންތަ؟" ޖުހާގެ ރަހުމަތްތެރިންނާ ދިމާލަށް ބުންޏެވެ.

އެހިސާބުން އެންމެންގެ ވާހަކަ ހުއްޓިއްޖެއެވެ. އިތުރު މީހަކު އިތުރު ސުވާލެއް ނުކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް