18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02


އުތުރު ކޮރެއާ

އެންމެ ފަހުން އަޕްޑޭޓް ކުރީ :7 މަސް ކުރިން

އުތުރު ކޮރެއާ އަކީ ގިނަ ޒަމާން ތަކަކަށް ސިއްރުވެރި ގައުމެއްގެ ގޮތުގައި އޮތް ގަމެކެވެ. އަދި އެއީ ކޮމިއުނިސްޓް އުސޫލްތަކަށް ގައުމުގެ ކަންކަން ގެންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްވެސް މެއެވެ. އުތުރު ކޮރެއާ އުފެދުނީ 1948 ވަނަ އަހަރުއެވެ. އެ ގައުމުގެ ކަންކަން ބައްޓަން ވެފައިވަނީ "ގްރޭޓް ލީޑަރ" ގެ ގޮތުގައި އުތުރު ކޮރެއާގައި މުޚާތަބް ކުރެވުނު ކިމް އިލް ސުންގެ ވިސްނުންފުޅާ އެއްގޮތަށެވެ. ގާތްގަނޑަކަށް ބައި ގަރުނެއްހާ ދުވަހުގެ މުއްދަތައް ކިމްގެ ސީދާ ނުފޫޒް އުތުރު ކޮރެއާގައި ދެމި އޮތެވެ.

މުހިންމު މައުލޫމާތު

ދަ ޑިމޮކްރަޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ

ވެރިރަށް ޕިޔޮންގްޔަންގް
އާބާދީ 24.5 މިލިއަން
ބަސް ކޮރެއަން
ދިދަ
ދީން ވަކި ދީނެއް ނެތް
ލައިފް އެކްސްޕެކްޓެންސީ ފިރިހެން : 66 - އަންހެން :66
ރުފިޔާ ވޮން

ވެރިކަން

އުތުރު ކޮރެއާގެ ވެރިކަން އަންނަނީ ކިމްގެ ދަރިކޮޅަށް ވާރުތަ ވަމުންނެވެ. މިހާރު ވެރިކަމުގައި ހުންނެވި ކިމް ޖޮން އުން އަކީ އެ ގައުމުގެ ތިންވަނަ ސްޕްރީމް ލީޑަރެވެ.

ކިމް ޖޮން އުން ވެރިކަމަށް ވަޑައިގަތީ އޭނާގެ ކުރިން ވެރިކަމުގައި ހުންނެވި އޭނާގެ ބައްޕާފުޅު ކިމް ޖޮން އިލް ހާޓް އެޓޭކެއްގައި 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަވަހާރަ ވުމުންނެވެ.

މީޑިއާ އާއި ނޫސްވެރިކަން

އުތުރު ކޮރެއާގެ ޓީވީ އާއި ރޭޑިއޯ އަކީ ސަރުކާރުން ކޮންޓްރޯލް ކުރާ އެއްޗެކެވެ. ރޭޑިއޯ އާއި ޓީވީ ހުންނަނީ ވަކި ގޮތަކަށް ޓިއުން ކޮށްފައެވެ. ހަމަ އެކަނި އަންނަ ކޮންޓެންޓަކީ ސަރުކާރުން ފޮނުވާ ކޮންޓެންޓެވެ.

ގައުމުގެ މުހިންމު މައްސަލަތަކުގެ ވާހަކަ މީޑިއާ އަކުން ނުފޮނުވައެވެ. މައިގަނޑު ގޮތެއްގައި އަންނަނީ ގައުމުގެ ލީޑަރަށް ތައުރީފް ކޮށްފައި ހުންނަ ކޮންޓެންޓެވެ.

އުތުރު ކޮރެއާއަކީ ބޭރުގެ ނޫސްވެރިންނަށް ވަންނަން އެންމެ އުނދަގޫ އެއް ގައުމެވެ.

މުހިންމު ހާދިސާތައް

1945 – ދެވަނަ ބޮޑުހަނގުރާމަ ނިމުމާއެކު ކޮރެއާގައި އޮތް ޖަޕާނުގެ އިސްތިއުމާރީ ވެރިކަން ނިމުމަކަށް އައެވެ.

1948 – ކޮރެއާ ދެބައިވިއެވެ. ސޯވިއެޓް ޔުނިއަން އިން ފަހަތުގައި އޮވެ އުފެއްދި އުތުރު ކޮރެއާ އާއި އެމެރިކާގެ މަދަދުވެރިކަމާ އެކު އުފެއްދި ދެކުނު ކުރެއާގެ މައްޗަށެވެ.

1950 – 1953 ކޮރެއާ ހަނގުރާމަ.

1994 – އުތުރު ކޮރެއާގެ ބާނީގެ ގޮތުގައި ބެލޭ ރައީސް ކިމް އިލް ސުން އަވަހާރަވިއެވެ. އަދި އޭނާގެ ފިރިހެން ދަރިކަލުން ކިމް ޖޮން އިލް ވެރިކަމަށް ވަޑައިގަތެވެ.

2002 – އެމެރިކާ އިން އުތުރު ކޮރެއާއަކީ "އެކްސިސް އޮފް އީވިލް" ގައި ހިމެނޭ ގައުމެއް ކަމަށް ކަނޑައެޅިއެވެ.

2018 – އުތުރު ކޮރެއާގެ މިހާރުގެ ރައީސް ކިމް ޖޮން އުން އަކީ ދެކުނު ކޮރެއާ އަށް ވަޑައިގެންނެވި އުތުރ ކޮރެއާގެ ފުރަތަމަ ޒައީމް ކަމުގައި ވެ ވަޑައިގަތެވެ. އުތުރު ކޮރެއާގެ ރައީސް ކިމް ދެ ގައުމުގެ ބޯޑަރު ވަކި ކުރާ ސަރަހައްދަށް ވަޑައިގެން ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ އާ ބައްދަލު ކުރައްވާ، ކޮރެއަން ޕެނިންސުލާ އަކީ ނިއުކްލިއަރ ހަތިޔާރުން މިނިވަން ވެފައިވާ ސަރަހައްދަކަށް ހެއްދެވުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.