23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57


ތިން މަހަށްފަހު ރައީސް މައުމޫން މާލެ ވަޑައިގަތުން
3609

ރައީސް މަައުމުން މާލެ ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ

ގިނަ އަދަދެއްގެ ބަޔަކު ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އެމްއެމްއޭ ސަރަހައްދަށް އެއްވުމުގެ ސަބަބުން ފުލުހުން އޮތީ ގްރީން ޒޯން ސަރަހައްދު ބަންދުކޮށްފައި

ތިން މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ޖަމާވި

ރައީސް މައުމޫނަށް މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ

ރާއްޖޭގެ ސިޔާސަތަކަށް ވާންޖެހޭނީ ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަަސއްކަތް ކުރުން ކަމަށާއި ހާއްސަކޮށް އިސްލާމީ އަދި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުން ކަމަށްވެސް މައުމޫން ވިދާޅުވި

ގަތަރާ ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެއީ ރާއްޖެ އެކަހެރިވުމުގެ ސިޔާސަތެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްޤައްޔޫމް މާލެ ވަޑައިގަން ވަނީ ވިދާޅުވެފައި

ރައީސް މައުމޫން ތިން މަސްދުވަހު ރާއްޖޭން ބޭރުގައި އުޅުއްވި އިރު ރާއްޖޭގެ ސިޔާސީ މަސްރަހަށް ދިޔައީ ބޮޑެތި ބަދަލުތަކެއް އަންނަމުން، އެގޮތުން އެމަނިކުފާނަށް ތާއީދު ކުރާ ޕީޕީއެމްގެ މެމްބަރުން ގެންދިޔައީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން

ރައީސް މައުމޫނަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެ މަނިކުފާނުގެ ސަޕޯޓަރުންނާއި އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި މެމްބަރުން

ރައީސް މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރަސްރީނާ އިބްރާހިމް މާލެ ވަޑައިގެންނެވީ މިރޭ 22:10 ގައި ރާއްޖެ އައި ސިންގަޕޯ އެއާލައިނުންގެ ފްލައިޓަކުން

ތިން މަހަށް ވުރެ ގިނަ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރައީސް މައުމޫން އަބްދުލް ގައްޔޫމް މާލެ ވަޑައިގެންފި