24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57


މަޚްލޫފް މިނިވަންވުމުން އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ




4436

ހުކުރު ދުވަހުގެރޭ އެމްޑީޕީއިން ބޭއްވި ޖަލްސާއަށް ޖަމާވި މީހުން ދުރުކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ، ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހާފައި

ޖަލަށް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަދާލަތު ޕަޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ލައިގެން މި ސަރުކާރާއި އެއްވެސް ބޭފުޅަކު ޑީލެއް ނުހަދާނެކަމަށް

ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ޖަމާވި މީހުން ދުރުކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ، ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހާފައި

އެމްޑީޕީގެ އެކްޓިވިސްޓް ޝަފީޤު ހައްޔަރު ކުރަނީ - ފުލުހުން ވަނީ އެއްވުން ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސްރޭ ޖަހާފައި

ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން އެމްޑީޕީއިން ހަރުގޭގައި ބޭއްވި ޖަލްސާގެ ބައިވެރިން އެއްފަރާތް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ، ފުލުހުން ވަނީ އެއްވުން ހުއްޓުވުމަށް ބާރުގެ ބޭނުން ކޮށްފައި

ގާތްގަނޑަކަށް 11 މަހު މާފުށީ ޖަލުގައި އޮންނެވި މަހްލޫފު ވިދާޅުވީ، ޖަލުން މިނިވަން ވެގެން ޕޯޑިއަމްގައި ހުންނެވި ނަމަވެސް މިނިވަންކަން އިހްސާސް ނުކުރެއްވޭ ކަމަށް. އެމަނިކުފާނު ވިދާޅުވީ، "މާފުށި ކުޑަ ޖަލަކުން ނުކުމެގެން މި އާދެވުނީ އެއަށް ވުރެ މާބޮޑު ޖަލަކަށް" ކަމަށް.

ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި

ޖަލުގައި ބޭއްވެވި ނަމަވެސް ރައީސް ޢަބްދުﷲ ޔާމީން ދެކެ ބިރުފުޅު ނުގަންނަވާ ކަމަށާއި، މި އަނިޔާވެރި، ކޮރަޕްޓް ސަރުކާރު ބަދަލުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވި

މަޚްލޫފް ޖަލަށް ލުމާއިގުޅިގެން، މަޚްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވަނީ އިސްލާޙި މަސައްކަތުގައި ވަރަށް ބޮޑަށް ހަރަކާތްތެރި ވެވަޑައިގެންފަ

ހުކުރު ދުވަހުގެރޭގެ ޖަލްސާގައި އިދިކޮޅު އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުން ބައިވެރިވި