22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

4290

ރައީސް ނަޝީދުގެ 50 ފޮޓޯފުޅު
ފެބްރުއަރީ ހަތަކަށް ފަހު ރައީސް ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގެއަށް ވަޑައިގަތުމުން އުފުލާލައްވަނީ

ރައީސް ނަޝިދު ކުޑަ ކުއްޖަކާ ސަމާސާ ކޮށްލައްވަނީ

ރައީސް ނަޝީދު ރިޔާސީ އިންތިހާބު 2013 ގައި ވޯޓް ލައްވަނީ

ރައީސް ނަޝިދު ކޯޓުން ނުކުމެވަޑައިގަންނަވަނީ

ރައީސް ނަޝީދު އާއި އދ.ގެ ހައިމަން ރައިޓްސް ކޮމިޝަނާ ޒައިދު އަދި ސަބްރާ ނޫރައްދީން

ރައީސް ނަޝީދު އާއި އެ މަނިކުފާނުގެ ކޮއްކޮ ނާޝިދާ އަދި އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތައް ފުރާވަޑައިގެންނެވުމުގެ ކުރިން، އެއާޕޯޓްގައި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއެކު

ރައީސް ނަޝީދުގެ އަތްޕުޅުގައި މީހަކު ހިފަހައްޓާލައިގެން

ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި

ރައީސް ނަޝީދުގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ފަސް ބޭފުޅުން: ރައީސް ނަޝީދު (ކަނާތްފަރާތުން ކޮޅަށް)

ރައީސް ނަޝީދު ކުރިކެޓް ކުޅުއްވަނީ

ގޭތެރޭގެ މަސައްކަތް ރައީސް މުހައްމަދު ނަޝިދު އަމިއްލަފުޅަށް ކުރައްވަނީ

ރައީސް ނަޝީދުގެ އެ މަނިކުފާނުގެ ބާބެ، ނާޝިދު އާއި މަންމަ އާއި ބައްޕަ އަދި ދެބެންގެ ދެދަރި ބޭފުޅެއްކަމުގައި ހަދީޖާ އަހްމަދުއާއެކު.

ކަންނެލި ދޯންޏެއްގައި ރައީސް ނަޝީދު ރަށަކަށް ވަޑައިގަންނަވަނީ

ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ގެންދަނީ

އަނިޔާވެރިކަން ނިންމަން ބޭއްވި މުޒާހަރާއެއްގައި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް

ފެބްރުއަރީ 7، 2012:ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ފުލުހުންނާ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ހަރަކާތެއްގައި ރައީސް ނަޝީދު ދުއްވަވަނީ

ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތެއްގައި ރައީސް މުހައްމަދު ނަޝިދު ދުއްވަވަނީ

ރައީސް ނަޝިދު ކުޑަކުއްޖަކު އުރުއްވައިގެން ހުންނެވިއިރު، ކޮނޑުފުޅުމަތީގައި ގުރައެއްވެސް ބަހައްޓާލައްވައިގެން.

ރައީސް ނަޝީދާއި އެ މަނިކުފާނުގެ އަނބިކަނބިލުން ލައިލާ އާއެކު

ރައީސް ނަޝީދު އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއެކު

ރައީސް ނަޝީދާއި އެ މަނިކުފާނުގެ ދޮށީ ދަރިކަލުން މީރާއާއެކު އިނގިރޭސި ވިލާތުގައި

ރައީސް ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރަކާއެކު

ރައީސް ނަޝީދު އެ މަނިކުފާނުގެ އާއިލާ ބޭފުޅަކާ ވާހަކަ ދައްކަވަނީ

ރައީސް ނަޝީދާއި އެ މަނިކުފާނުގެ އާއިލީ ބޭފުޅަކާއެކު އިނގިރޭސި ވިލާތުގެ ޕާކެއްގައި ކުޅުއްވަނީ

ރައީސް ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި އެ މަނިކުފާނުގެ ސެކިއުރިޓީ ބޭފުޅުންނާއެކު ސެލްފީއެއް ނަންގަވަނީ

ހަފުތާއަކު އެއް ފަހަރު ދެއްވާ ރޭޑިއޯ ހިތޯބަށް ރައީސް ނަޝިދު ތައްޔާރުވެވަޑައިގެން

ރައީސް ނަޝީދު ގެއަކަށް ވަޑައިގަތުމުން، އެ ގޭގެ އަންހެނަކު ބައްދާލަނީ

ޖަލުގައި ހުންނެވުމަށް ފަހު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އޭރު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކަށް ހުންނެވި ކެމަރަންއާ ބައްދަލުކުރައްވަނީ

ރައީސް ނަޝީދު، އެ މަނިކުފާނު އަށް ބޮޑުބޭބެ އަބްޖީގެ ދަރިކަނބަލަކާއެކު އޮއްވަޅު ގޮނޑި ކުޅުއްވަނީ

ރައީސް ނަޝީދާއި އެ މަނިކުފާނުގެ ހަގު ދަރިކަނބަލުން ޒާޔާއާއެކު އިނގިރޭސި ވިލާތުގައި ރާޒުވާ ކުޅުއްވަނީ

ހުޅުމާލޭގައި ހަދަމުންދިޔަ ފްލެޓްތައް ރައީސް ނަޝިދު ބައްލަވާލައްވަނީ

ވަޒީރުންގެ ބައްދަލުވުމެއް

ރައީސް ނަޝީދު ކުޅުދުއްފުށީ ހިއްކި ބިން ބައްލަވާލައްވަނީ

އއ. މާޅޮހަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝިދު ކުޑަ ކުއްޖަކު އުރުއްވާލައްވައިގެން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރެއްވަން ބޭއްވި ރަސްމިއްޔާތު

ރައީސް ނަޝީދު ހަނިމާދުއަށް ކުރެއްވި ދަތުރުފުޅު، ބަނދަރުމަތީގައި ކުޑަކުއްޖަކާ ވާހަކަ ދައްކަވަން މަޑުކޮށްލައިގެން

ރައީސް ނަޝީދު އެ މަނިކުފާނު ހަގު ދަރިކަނބަލުން ކޮނޑުފުޅު މައްޗަށް ލައްވައިގެން ގަހަކަށް އަރައިވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅުގައި ދޯންޏަކުން ފައިބައިވަޑައިގަންނަވަނީ

އައްޑޫ ކޮންވެންޝަން ސެންޓަރުގެ ބިންގާ ރައީސް ނަޝީދު އަޅުއްވައި ދެއްވަނީ

ރާއްޖޭގައި ބޭއްވި ފުރަތަމަ ދީނީ ޢިލްމުވެރިންގެ މަހާސިންތާގައި ރައީސް ނަޝީދު، އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒްއާ ސަލާމްކުރައްވަނީ

ސިފައިންނާއި ފުލުހުން ކުރި ބަޣާވާތާ ގުޅިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ގައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަނީ

ސިފައިންނާއި ފުލުހުން ކުރި ބަޣާވާތާ ގުޅިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް، ކާރުކޮޅުގައި ރައީސް އޮފީހަށް ގެންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ މާމެންދުއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ސްކޫލްގެ ދަރިވަރުންތަކަކާއެކު

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް، ރައީސުލްޖުމްހޫރިއްޔާ އުފައްދަވުމަށް ބޭއްވި ބައްދަލުވުން

ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރަށް ވަޑައިގަންނަވަނީ

ރައީސް މުހައްމަދު ނަޝީދު ތުއްޕުޅުއިރު، އެ މަނިކުފާނުގެ ދެބޭންގެ ދެދަރި ބޭފުޅެއްކަމުގައިވާ، އީވާ އަބްދުﷲ އުރުއްވައިގެން

ރައީސް މުހައްމަދު ނަޝީދު، ރަށަކަށް ފައިބައިވަޑައިގަތުމަށް ދޯންޏަކުން ގޮނޑުދޮށަށް ފުންމާލައްވަނީ