27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ފޮޓޯ އަލްބަމް


"އަބުރުފުޅު ފަންޑު" ހުޅުވުން

2017-04-12 21:16

341

  • މިއަދު ރާއްޖެ ޓީވީގައ ހުޅުވި 'އަބުރުފުޅު ފަންޑް' އަށް މީހަކު ފައިސާ ހަދިޔާ ކުރަނީ

  • އަބުރުފުޅު ފަންޑް އާއިއެކު ރާއްޖެ ޓވީއިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަން އަކީ މިނިވަން ތަނަކަށް ހެދުމަށް މަސަކަތް ފެށުމުގެ ގޮތުން ޕެޓިޝަން އެއްގައި ސޮއި ކުރުމަށް ފަށާފައި

  • އަބުރުފުޅު ފަންޑު ހުޅުވަން ޖެހުނީ ބޭއިންސާފުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖުރިމަނާ ކުރި ފައިސާ ދެއްކި ދުވަހު އިތުރު އެއް މިލިއަން ރުފިޔާއިން ޖުރިމަނާ ކުރުމުން ކަމަށް ރާއްޖެޓީވީން ބުނޭ

  • ފަންޑު ހުޅުއްވައި ދެއްވަމުން އެމްޕީ ނިޒާރު ވިދާޅުވީ ރާއްޖެ ޓީވީއަކީ ރާއްޖޭގެ މީޑިޔާގެ މިނިވަންކަމަށް ވެސް ވަރަށް މުހިއްމު ޗެނަލެއް ކަމަށާއި ސިޔާސީ މަޝަރަހުން އެންމެ ހިތްދަތިވި ދެދުވަހަކީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ދުވަހާއި ރާއްޖެ ޓީވީ އަންދާލި ދުވަސް ކަމަށް

  • "އަބުރުފުޅު ފަންޑު" ހުޅުއްވައި ދެއްވަމުން އެމްޕީ ޣަފޫރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނު އޮތީ ރާއްޖެ ޓީވީއާ އެކުގައިކަމަށް

  • އަބުރުފުޅު ފަންޑަށް މެމްބަރު ޣަފޫރް ފައިސާ ހަދިޔާ ކުރައްވަނީ

  • ފަނޑު ހުޅުއްވައި ދެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވަނީ ކޮންމެ ބޭފުޅަކު 50،000ރ ފަންޑަށް ހަދިޔާކޮށް ދެއްވާފައި

  • ރައިސް ޔާމީންގެ އަބުރުފުޅު ގެއްލުނު ކަމަށް ބުނެ ރާއްޖެޓީވީ އެއް މިލިއަނުން ޖުރިމަނާ ކުރި ވާހަކައަކީ ސިޔާސީ ބައްދަލުވުމެއްގައި މީހަކު ދެއްކި ވާހަކައެއް. އެ ވާހަކައިގައި މީހެއްގެ އަބުރު ނުވަތަ އިއްޒަތް ގެއްލޭ ގޮތައް ދައްކާފައިވަނީ ކޮން ވާހަކައެއްކަން ނޭގޭ ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައި


    null