24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57


ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިނިވަން ކުރުމަށް ހައިކޯޓް އިން ހުކުމް ކުރުން




4281

މިއަދު ހައިކޯޓަށް ގާސިމް އިބްރާހިމް ހާޒިރު ކުރި ވަގުތު ފުލުހުންވަނީ އެސަރަހައްދު އާންމުންނަށް ނުވަދެވޭ ގޮތައް ބަންދުކޮށްފައި

ފުލުހުން މިއަދު ހައިކޯޓް ސަރަހައްދަށް އެއްވި މީހުން ދުރުކުރުމަށް ވަނީ ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައި

ހައިކޯޓް ސަރަހައްދަށް އެއްވި މީހުން ދުރުކުރުމަށް ފުލުހުންގެ އެސްއޯ އިން މަސައްކަތް ކުރަނީ

ގާސިމްގެ މައްސަލަ ހިނގަމުން ދިޔައިރު އޭނާ ދޫކޮށްލުމަށް ގޮވާލާ އާއްމުން އަޑުއުފުލަނީ

ގާސިމް މިއަދު ހައިކޯޓަށް ހާޒިރު ކުރި ވަގުތު އެސަރަހައްދަށް ގިނަ ބަޔަކު އެއްވެ ގާސިމް މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލި

ގާސިމް ހައްޔަރުކުރުމަށް ނެރުނު އަމުރު ގާނޫނާ ޚިލާފް ކަމަށް ހައިކޯޓުން ނިންމާފައިވާތީ، އެއަމުރާ ގުޅިގެން އައި ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ގާސިމް ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް ހައްޔަރުކުރި މައްސަލަ އިދިކޮޅު ޕާޓީތަކުން ސިފަކޮށްފައިވަނީ އޭނާ ރަހީނު ކުރުން ކަމުގައި

ކްރިމިނަލް ކޯޓްގެ އަމުރެއްގެ ދަށުން ގާސިމް ހައްޔަރު ކޮށްފައިވަނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކާއި ބެހޭ ގަވައިދާއި ހިލާފަށް ކަމަށް ކަނޑައަޅައި ގާސިމް މިނިވަން ކުރުމަށް ހައިކޯޓް އިން ހުކުމް ކުރީ 12 އޭޕްރީލް 2017 ވީ ބުދަ ދުވަހު