22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ރައީސުލްޖުމްހޫރިއްޔާ ކ. ދިއްފުށި ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ކ. ދިއްފުށި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި

380

13 މާރިޗް 2019 -- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުން. -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ދިއްފުށީގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވި.-- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- މި ބައްދަލްވުުގައި ކައުންސިލް އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމާއި، ރަށް ގިރުމުގެ މައްސަލަ އާއި، ރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ މެންބަރުން ފާހަގަކުރެއްވެވި. -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- މެންބަރުންވަނީ ރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވަން އެދިވަޑައިގެންފައި -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- މީގެ އިތުރުން ރަށަށް އޭޓީއެމް ގެ ޚިދުމަތް ބޭނުންވާކަމަށާއި، ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލަށް ދަތިވެފައިވާ ކަންތައްތައް މެންބަރުން ހިއްސާ ކުރެއްވި. -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- މީގެ އިތުރުން ރަށުގެ ޒުވާނުން ބޭނުންކުރުމަށް އިޖުތިމާއީ މަރުކަޒެއް ބޭނުންވާކަމުގައިވެސް މެންބަރުން ފާހަގަ ކުރެއްވި. -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިއްފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވި -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްދިނުމަށް ވެސް ކައުންސިލު މެންބަރުން އެދިވަޑައިގެންފައިވޭ. -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- ރައީސުލްޖުމްހޫރިއްޔާ ކ. ދިއްފުށި ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- ދިއްފުށި ކައުންސިލްގެ ދެ މެމްބަރުން -- ފޮޓޯ: ރައީސްއޮފީސް

13 މާރިޗް 2019 -- ރައީސުލްޖުމްހޫރިއްޔާ ކ. ދިއްފުށި ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސްއޮފީސް