19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27


"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭން


100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭން ފައްޓަވާދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.2132

"ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހައްމަލްނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއް

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައިކަމަށް

މިއަދު މިފެށުނު ކެމްޕޭންގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ޤާއިމުކޮށްދިން، ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ ވެބްޕޯޓަލްގެ ބޭނުންކުރެއްވުމަށް ގޮވާލައްވައިފަ

އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި

މީގެ އިތުރުން ޢާންމު ރައްޔިތުން ވެސް، މިޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވި

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި

އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި

"ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ކެމްޕެއިން" ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް ތައާރަފްކޮށްފަ. މިއީ، ކާކު ކަން ނޭނގޭ ގޮތަށް ކޮރަޕްޝަންގެ މައުލޫމާތު ހިއްސާ ކުރެވޭ ގޮތަށް ހެދި ޕޯޓަލެއް ކަމަށް ރައީސް އޮފީހުން ބުނެ

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ރާއްޖެ އިން ފޮހެލައި، ގައުމު އިސްލާހުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރެވޭނީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށް

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި "ހުރިހާ އިންތިޚާބީ އަދި އައްޔަނުކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އެންޓިކަރަޕްޝަން އަދި ގުޑްގަވަނަންސް އާގުޅޭ ޕްރޮގްރާމް" ގެ ދަށުން ކެބިނެޓް ވަޒީރުންނަށް ޚާއްޞަ ކުރެވިގެން މިއަދު ބޭއްވެވި ދަންފަޅީގައި ކެބިނެޓް ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައިވެރިވެވަޑައިގެންނެވި

ކޮރަޕްޝަންގެ ވަބާ ނައްތާލުމުގެ މަސައްކަތް ފެށޭނީ އަމިއްލަ ނަފްސާ ހަމައިން ކަމަށާއި އެކަމަށް ބޭނުން ވަނީ އިހްލާސްތެރިކަން ކަމަށް ރައީސް ވިދާޅުވި

ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން އިންތިޒާމު ކުރެވިފައި ހުންނަން ވާނީ ހާމަކަން ބޮޑު ދެ ފުށް ފެންނަ ގޮތަށް

ރައީސް ވިދާޅުވި ގޮތުގައި ޕޯޓަލްގެ މަގްސަދަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުން ކަމަށް

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި އެއްކަމަކީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭއްފުޅުންނާއި އެ ބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ވަކި އުސޫލަކުން ހާމަކުރުން ކަމަށް ވެސް ރައީސް ވިދާޅުވި

ރައީސް ވިދާޅުވީ މި ކެމްޕޭނަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހަންމަލު ނުކުރާނެ ކަމުގެ ސިޔާސަތު ކަމަށް

އެކަން ސާބިތުކޮށް ދިނުމަށް ނަޒާހަތްތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވާ އިރު، ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ދައުލަތުން ގެއްލުނު ފައިސާ ހޯދުން ކަމަށް ރައީސް ވިދާޅުވި