19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06


ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން


"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ކޮމިޓީން، މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކުރައްވައިފިއެވެ.



680

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކޮމިޓީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދެވިއިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި -- ފޮޓޯ: ރައީސް އޮފީސް

މި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން، ވަރަށް އަވަސް މުސްތަގުބަލެއްގައި މީޑިޔާ މެދުވެރިކޮށް އާންމުންނަށް މި މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމުގައި ކޮމިޓީން ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި -- ފޮޓޯ: ރައީސް އޮފީސް

މި ކޮމެޓީން ބަލާ މައްސަލަތަކުގެ ތެރޭގައި "ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތް ހިމެނޭ -- ފޮޓޯ: ރައީސް އޮފީސް

ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުންވެސް ހިމެނޭ -- ފޮޓޯ: ރައީސް އޮފީސް

ފްލެޓް ދޫކުރުމުގައި އިންސާފުވެރިވުމަކީ ރައީސް ސޯލިހްގެ ވައުދެއް -- ފޮޓޯ: ރައީސް އޮފީސް

އޭގެއިތުރުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުންވެސް ރައީސްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ -- ފޮޓޯ: ރައީސް އޮފީސް