19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02


ބްރެކްސިޓްގެ މައްސަލަ ހޫނުވެފައި


ޖޫން 2016 ގައި ނެގުނު ވޯޓަށްފަހު، އިނގިރޭސިން އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެ މަޝްވަރާތަކީ އިނގިރޭސިވިލާތް އީޔޫގެ އިއްތިހާދުން އިން ވަކިވާނެ ގޮތްތަކާއިބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކެވެ.



477

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އުސް އޮފް ކޮމަންސްގެ ބައެއް މެންބަރުން ބްރެކްސިޓް އާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވާއިރު ބްރެކްސިޓްގެ އެއްބަސްވުމަށް ހައުސްގެ އަޣްލަބިއްޔަތު ހޯދުމަކީ ތެރީސާ މޭގެ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - ބްރެކްސިޓްގެ އެއްބަސްވުން ތަންފީޒުކޮށް އެއާ އެއްގޮތަށް އިނގިރޭސި ސަރުކާރަށް އަމަލު ކުރެވޭނީ އިނގިރޭސި ޕާލަމެންޓްގައި ހިމެނޭ ހައުސް އޮފް ކޮމަންސްއިން އެ އެއްބަސްވުމަށް ރުހުން ދިނުމުން -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އީޔޫގެ ގައުމުތަކުގައި ދިރިއުޅޭ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ އީޔޫ ގައުމުތަކުގެ ރައްޔިތުންނަށް ވާނެ ގޮތާއި ބެހޭގޮތުން އެއްބަސްވުުމުގައި ގިނަ ކަންތައްތަކެއްވޭ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އީޔޫއިން ވަކިވުމަށް އިނގިރޭސިިލާތުން އެ އިއްތިހާދަށް ދައްކަންޖެހޭ ފައިސާގެ އަދަދު (ގާތްގަނޑަކަށް 39 ބިލިއަން ޕައުންޑް) އަށްއަރާ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - ދެފަރާތުގެ ވިޔަފާރިވެރިންނަށް ވަގުތު ދިނުމުގެ ގޮތުން، އިންތިގާލީ މަރުހަލާއަކަށް ވަނީ އެއްބަސްވެފަ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އީޔޫ އާއި އިނގިރޭސިވިލާތާއި ގުޅޭ ނޮދަން އަޔަލަންޑާއި ރިޕަބްލިކް އޮފް އަޔަލަންޑާއި ދެމެދު ބޯޑަރެއް އަލުން ގާއިމުނުކޮށް ހެދޭނެ ގޮތަކާއި ބެހޭގޮތުން އެއްބަސްވުމުގައި ކަންތައްތައް ހިމަނާފައިވޭ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - މައިގަނޑު ގޮތެއްގައި ގިނަ މެމްބަރުން ކަންބޮޑުވުމަކީ، އީޔޫ އިން ވަކިވި ނަމަވެސް، އިނގިރޭސިވިލާތުގެ ކަންތައްތަކަށް އީޔޫގެ ބާރު އަދިވެސް ހިނގުމުގެ ދޮރު ހުޅުވިފައިވުން -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އިސްވެ އެކުލަވާލި އެއްބަސްވުމަށް، އީޔޫގައި ހިމެނޭ 27 ގައުމުގެ ލީޑަރުން ވަނީ ތާއީދުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - މިހާރު ގާނޫނު ބުނާގޮތުން، އެ ތާރީހުގައި ޔޫކޭ ގަޑިން ރޭގަނޑު 11.00 ގައި އިނގިރޭސިވިލާތް އީޔޫ އިން ވަކިވާނެ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އީޔޫ އާއި އިނގިރޭސިވިލާތާއި ގުޅޭ ނޮދަން އަޔަލަންޑާއި ރިޕަބްލިކް އޮފް އަޔަލަންޑާއި ދެމެދު ބޯޑަރުގައި ޗެކްޕޮއިންޓުތައް އަލުން ގާއިމުކުރަން ދެ ފަރާތުން ވެސް ބޭނުމެއްނުވެ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - ޔޫރަޕާ ވަކިން ދުނިޔޭގެ އެހެން ގައުމުތަކާއެކު ވިޔަފާރީގެ މުއާމަލާތްތަކާއި ތަފާތު އިގްތިސާދީ މުއާމަލާތްތައް ކުރުމަށް އިނގިރޭސިވިލާތް އަވަސްވެގަންނާނެ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - އީޔޫއިން ވަކިވާން އިނގިރޭސިވިލާތުން ނިންމި ނިންމުން ބާތިލްކުރުމުގެ ބާރު އިނގިރޭސިވިލާތަށް ލިބިގެންވާކަމަށް އީޔޫގެ ކޯޓަކުން ދާދި ފަހުން ވަނީ ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ބްރެކްސިޓްގެ މައްސަލާގައި އިނގެރޭސިވިލާތުގައި ކުރިއަށްދާ މުޒާހަރާތައް - ބްރެކްސިޓްގެ ސަބަބުން ކުރިމަތިވާ ހުސްކަން ފޫބެއްދުމަށް އިނގިރޭސިވިލާތަށް ވަރަށް ބޮޑަށް އުނދަނގޫވެގެންދާނެ -- ފޮޓޯ: ރޮއިޓާސް