21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58


ސްރީލަންކާގެ ސަފީރު، ނައިބް ރައީސާ ބައްދަލުކުރެއްވުން


ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައިވަނީ ހޯމަ ދުވަހު އެވެ.592

ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ދެޤައުމަށް ފައިދާހުރިގޮތަކަށް އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސްރީލަންކާގެ ސަފީރު ހާމަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާގެ ސަފީރަށް މަރުޙަބާ ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައިފައި -- ފޮޓޯ: ރައީސް އޮފީސް

ދެބޭފުޅުންވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމު ގުޅިގެން ހޯދޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ޚާއްޞަ ގޮތެއްގައި ކްރިކެޓް ކުރިއެރުވުމުގައި ސްރީ ލަންކާގެ އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަ ކުރައްވައިފައި -- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރުވެސް ވަނީ އެކި ދާއިރާތަކުން އެއްޤައުމުން އަނެއް ޤައުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައި -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހޯމަ ދުވަހު -- ފޮޓޯ: ރައީސް އޮފީސް

މިއީ، ވެރިކަމަށް ވަޑައިގެންނެވިފަހުން ފައިސަލް ސްރީލަންކާގެ ސަފީރާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ މީގެކުރިން ރައީސުލްޖުމްހޫރިއްޔާއިވެސް ބައްދަލުކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް