19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06


ދެ މަޤާމަށް ބޭފުޅުން އައްޔަންކުރުން


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވާފައިވަނީ ބުދަ ދުވަހު އެވެ.967

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ޖަވާހިރުވާދީ އިފްހާމް ޙުސައިން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ، އެޓަރަނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މާފަންނު ނިޔަދުރުމާގެ ޚަދީޖާ ޝަބީން -- ފޮޓޯ: ރައީސް އޮފީސް

ދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރނުން ބެޗެލަރ އޮފް ލޯސް ވިތު އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ: ރައީސް އޮފީސް

އިފްހާމް ޙުސައިންއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މި 2 ބޭފުޅުން މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން -- ފޮޓޯ: ރައީސް އޮފީސް