19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45


"ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ"


ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގައި ހިމެނިގެން ކުރިޔަށް ގެންދާ "ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ގުޅޭ މަހާސިންތާ" އިފްތިތާޙްކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.1186

ޤައުމުގެ ކޮންމެ ފަރުދަކުމެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއްކަމަށާއި، ޙަޤީޤީ ތަރައްޤީއަކީ، އިންސާނާގެ ނަފްސަށާ، އޭނާގެ ޒާތަށް އަންނަ ތަރައްޤީކަމުގައި ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ތަރައްޤީ ޙާޞިލުކުރެވެނީ، އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީވެ ކުރިއަރައިގެންކަމަށާއި ޞިއްޙީ ދުޅަހެޔޮކަން ޙާޞިލުކުރެވިގެން މެނުވީ، އިންސާނާގެ ވިސްނުމާއި ފިކުރުން އުފެއްދުންތެރި ނަތީޖާއެއް ޙާޞިލެއް ނުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބޭސްވެރިކަމަކީ ވެސް، ރާއްޖޭގެ ވަށައިޖެހިފައިވާ ޞިއްޙީ ނިޒާމުގެ އެއް ގުނަންކަން ފާހަގަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

އެވޭލާ ދިވެހީންގެ މެދުގައި ދިވެހި ބޭސްވެރިކަން ނަޤުލުވަމުން އައީ ލިޔެވިފައި ހުރި ފޮތްތަކުން ކިޔެވުމުގެ ބަދަލުގައި، އެދުރުންގެ ފަރާތުން އުނގެނި ދަސްކޮށްގެންކަމަށާއި އެހެންކަމުން ދިވެހި ބޭސްވެރިކަމަކީ އަމިއްލަ ތަޖުރިބާތަކާއި ހޯދުންތައް ވަރަށް ބޮޑަށް އެކުލެވިފައިވާ ޢިލްމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވިގޮތުގައި ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތްކަމަށާއި، އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ޞިއްޙަތަށް ފައިދާހުރި ކާނާ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި، ދިވެހި ބޭސްވެރިކަން ދަސްކޮށްދިނުމާއި، ފަރުވާދިނުމަށްޓަކައި ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިހާރު ކުރަންޖެހިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދިވެސް ދިރިއުޅުމުގެ ނުރަނގަޅު އެތައް އާދަތަކެއް ދިވެހިންގެ ކިބައިގައި އެބަހުރިކަމަށް -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ޢާއިލާއެއްގެ ވެސް ވިސްނުން ބަހައްޓަންވީ، އެ ޢާއިލާއެއްގެ ދަރީންނަކީ، ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދިންގެ އެންމެ ތުއްތު ޢުމުރުގައި، އެކަމަށް އަމާޒު ހިފައިގެން ނޫނީ، އެކަން ޙާޞިލެއް ނުކުރެވޭނެކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިކަމަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، ޞިއްޙަތަށް ފައިދާ ހުރި ކާނާއާއި ޙަރަކާތްތެރި ދިރިއުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ޒަމާނީ ލުއިފަސޭހަތަކާއެކު، ސިކުނޑިތަކަށް ކަންނެތްކަމާއި ވަރުބަލިކަން ސަވާރުވެ ހަށިތަކަށް ފަލަކަމާއި ލޮޑުކަން ވެރިވަމުންދާ ކަމުގައި ރައީސް ހާމަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދިވެހި ބޭސްވެރިން މަދެއް ނޫން -- ފޮޓޯ: ރައީސް އޮފީސް

ދިވެހިންގެ ވިސްނުން ބަހައްޓަންވީ، ބަލިވުމުން ބޭސްކުރަން ތިބުމުގެ ބަދަލުގައި، ބަލިތަކުން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް ވެއަތުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން ފުރިހަމަ ކުރުމަށް ވަޢުދުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް -- ފޮޓޯ: ރައީސް އޮފީސް

ހަކީމީ ބޭސްވެރިންގެ ގޮތުގައި ފަސް ބޭފުޅުން، އޯލްޓަނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ބޭފުޅުން އަދި ދިވެހި ބޭސްވެރިންގެ ގޮތުގައި 59 ބޭފުޅު ރަޖިސްޓްރީވެފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އެއް ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށްދާ މި މަހާސިންތާގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ދިވެހިބޭސްވެރިންނާއި 'އަލްޓަނޭޓިވް މެޑިސިންގ' ދާއިރާގެ ބޭފުޅުންނާއި މިކަމަށް ޝައުޤުވެރިވާ އާއްމު ފަރާތްތައް ހިމެނެ -- ފޮޓޯ: ރައީސް އޮފީސް

މިފަދަ މަހާސިންތާއެއް ބޭއްވުމުގެ މަޤުސަދަކީ ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ދިރުވާ އާލާކޮށް ކުރިއެރުވުން ކަމަށް ހެލްތް މިނިސްޓްރީން ބުނެ -- ފޮޓޯ: ރައީސް އޮފީސް

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދިވެހި ބޭސްވެރިކަން ކުރާ 59 ފަރާތަކުން އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާއިރު، ހަކީމީ ބޭސްވެރިކަންކުރާ 5 ފަރާތަކާއި، އޯލްޓަރނޭޓިވް ބޭސްވެރިންގެ ގޮތުގައި 19 ފަރާތަކުން ރަޖިސްޓްރީވެފައިވޭ -- ފޮޓޯ: ރައީސް އޮފީސް

މި މަޝްވަރާތަކަށް ބިނާކޮށް ދިވެހިބޭހާއި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލެވޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބޭހާއި، 'އޯލްޓަނޭޓިވް މެޑިސިންގ'އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި، ބޭނުންކުރާނެ ގޮތާމެދު މަޝްވަރާކުރުންވެސް މި މަހާސިންތާގައި ހިމެނެ -- ފޮޓޯ: ރައީސް އޮފީސް

މި މަހާސިންތާގައި މި ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި، މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް އެފަރާތްތަކާއެކު މަޝްވަރާކުރެވޭނެ -- ފޮޓޯ: ރައީސް އޮފީސް

ހެލްތް މިނިސްޓަރ ވިދާޅުވީ، ދިވެހި ބޭސްވެރިކަމާގުޅުންހުރި ލިޔެކިޔުންތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވިނެތުމަކީ މިދާއިރާއަށް ލިބިފައިވާ ވަރަށް ބޮޑު ހީނަރުކަމެއްކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ޑޮކްޓަރީބޭހާއެކު ދިވެހި ބޭހަށް އޮންނަ މަޤުބޫލުކަން ކުޑަވެ، ދިވެހި ބޭސް ބޭނުންކުރާ މީހުންގެ އަދަދު މަދުވިނަމަވެސް، ދިވެހި ބޭސްވެރިކަމަކީ އަދިވެސް ރާއްޖޭގެ ސިއްހީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބޭސްވެރިކަމާއި އޯލްޓަރނޭޓިވް މެޑިސިންގ ކުރިއެރުވުމާ ގުޅޭ މަހާސިންތާއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިން ފުރިހަމަ ކުރުމަށް ވަޢުދުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް -- ފޮޓޯ: ރައީސް އޮފީސް