19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06


މަރުތައް ތަހުޤީޤްކުރާ ކޮމިޝަންގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުން


ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން"ގެ ފަރާތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމިޝަންގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްށަކޮށްފައެވެ.



552

އޭގެއިތުރުން އިތުރުން، ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލުނު މީހެއްގެ މައްސަލަ ވެސް ހިމެނެ -- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނޭ -- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މީގެ އިތުރުން ވެސް އާންމުންގެ ފަރާތުން ހުށަހަޅާ މައްސަލަތަކަށް ރިޔާއަތްކޮށް، އިތުރު މައްސަލަތައް ބަލަން ނިންމުން އެކަށީގެންވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޖަލުގައި މަރުވެފައިވާ ބައެއް މީހުންނާއި މާރާމާރީތަކުގައި މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ވެސް ބެލުމަށް ކޮމިޝަނުން ނިންމާފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް މައްސަލަތައް ބެލެމުން އަންނަ ކަމަށް ސުއޫދު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސުއޫދު ވިދާޅުވި ގޮތުގައި ނޮވެމްބަރު 25 ގައި ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ވަރަށް ހަލުވިކަމާ އެކު ދަނީ ކުރިއަށް -- ފޮޓޯ: ރައީސް އޮފީސް

އަމިއްލަ ޖަމާއަތަކުން އެހީ ދޭން ހުށަހެޅުމުން އެކަން ވެސް ކޮމިޝަނުން ވަނީ ގަބޫލުކޮށްފަ -- ފޮޓޯ: ރައީސް އޮފީސް

ތަހުގީގުތަކަށް ބޭރުގެ އެހީ ހޯދާނެ ކަމަށާއި އެގޮތުން އެފްބީއައިގެ ކޮންސަލްޓެންޓެއްގެ އެހީ ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސުއޫދު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތަހުގީގުތަކަށް ފަހު ޝަރުއީ ނިޒާމުގެ ތެރެއިން ރަނގަޅަށް އެ މައްސަލަތައް ކުރިޔަށް ދިޔުން ވަރަށް މުހިންމު ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޕްރޮފެސަރު ހަސަން އުގައިލް ވެސް އެހީތެރިކަން ދެއްވަން ނިންމަވައި ވަރަށް އަވަހަށް މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސުއޫދު ވިދާޅުވީ ޝައުރީ ނިޒާމްގެ ހާލަތު އެގޮތަށް ހުރުމާ ގުޅިގެން މަރުގެ މައްސަލަތަކުގައި އިންސާފު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ހުންނަ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ކޯޓުތައް ހުރީ ވަރަށް ބޮޑަށް ގޭންގުތަކުގެ ނުފޫޒު ފޯރާފައި ކަމަށާއި މަރުގެ ބޮޑެތި މައްސަލަތަކުގައި ވެސް ގޭންގުތަކުން ބުނާ ގޮތަށް ބައެއް ފަނޑިޔާރުން ހަދާ ކަމަށް ސުއޫދު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް