22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43


ރައީސް ސޯލިހް، މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރެއްވުން


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވަނީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.



1275

މާލެތެރެ ސާފުތާހިރުކޮށް ދެމެހެއްޓުމަށާއި، މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމުގައި ކައުންސިލުން ބުނި

ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން، ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއްވި

މާލޭގައި އިމާރާތް ކުރަމުންދާ ތަންތަނުގެ ހާލަތު ބައްލަވައި ފިޔަވަޅު އަޅަންޖެހޭ ތަންތަނާ ދޭތެރޭގައި ފިޔަވަޅު އެޅުއްވުމުގެ މަސައްކަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސިޓީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި

ސިޓީ ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވައި، ހަރުދަނާ ގޮތެއްގައި ސިޓީ ކައުންސިލްތަކުގެ ޒިންމާ އަދާ ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

މާލެ ސިޓީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވަނީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި

ކައުންސިލްތައް ބާރުވެރިކުރުމުގައި ސަރުކާރުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި