22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43


ރާއްޖޭގައި ހަލުވިކަމާއިއެކު އެޗްވަންއެންވަން ފެތުރުން
8017

ބަޔަކު ބޭނުންކޮށްފައި ހުރި މާސްކްއެއް އައިޖީއެމްއެޗް ކައިރިއަށް މަގުމައްޗައް އެއްލާލާފައި. ރޯގާ ފެތުރެމުންދާއިރު ސާފުތާހިރު ކަމަށް ކޮންމެ މީހަކުވެސް ވިސްނަންޖެހޭ

މަގުމައްޗަށް ކުނިއެޅުމަކީ މަނާ ކަމެއް ނަމަވެސް ބައެއް މީހުން މިކަމަށް ސަމާލު ކަމެއް ނުދޭ

ފެތުރެމުންދާ ރޯގާ އިން ރައްކާތެރި ވުމަށް ގިނަބަޔަކު މާސްކް އަޅައިގެން އުޅޭކަން ފާހަގަ ކުރެވޭ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނަނީ ބަލިން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތަކީ މާސްކް އެޅުމަށްވުރެ އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުކަން ދިނުން ކަމަށް

ވިއްސާރާ މޫސުމަކީ އާއްމު ގޮތެއްގައިވެސް ރޯގާ ފަދަ ބަލިތައް އިތުރުވާ މޫސުމެއް ކަމަށް ފާހަގަ ކުރެވިފައިވޭ

ބަލީގެ ނިޝާނެއް ކިރިޔާވެސް ހުރި ނަމަ އެހެން މީހުންނާ ގައިގޯޅިވެ ނޫޅުމަށް ޑޮކްޓަރުން ލަފާދޭ

ހަލުއިކޮށް ރޯގާ ފެތުރެމުންދާއިރު، އެޗްވަންއެންވަން ރޯގާ އިން ކުޑަކުދިން ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ

މާސްކް އަޅައިގެން ތިބި ބަޔަކު މާލޭގެ މަގުމަތީގައި ހިނގާފައި ދަނީ - މާސްކަކީ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަނުން ހުއްޓުވާ އެއްޗެއް ނޫންކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލުންވަނީ ހާމަކޮށްފައި

މިއަދު ވާރޭވެހުން ގަޑިގައި އައިޖީއެމްއެޗް ބޭރުގައި ބަޔަކު މަޑުކޮށްލައިގެން. މިހާތަނަށް ބައްޔަށް ޝައްކުކުރެވޭ 279 މީހަކު ވަނީ އެޗްވަންއެންވަން އަށް ޓެސްޓުކޮށްފައި

ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސްއަށް މިހާތަނަށް 82 މީހުން ވަނީ ޕޮޒިޓިވް ވެފައި

ފެތުރެމުންދާ ރޯގާއާއެކު ފޭސް މާސްކަށް ޑިމާންޑް ބޮޑުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައި

އެވްޗަންއެންވަން ރޯގާ އަކީ ވައިރަސް އެއްގެ ޒަރީއާއިން ޖެހޭ ބައްޔަކަށް ވުމާއެކު، މާސްކް އަކީ ބަލި ހަށިގަނޑުގެ ތެރެއަށް ވަނުމަށް ހުރަސް އަޅާ އެއްޗެއް ނޫންކަމަށް ތަޖުރިކާކާރުން ވަނީ ބުނެފައި

ތާޖުއްދީން ސްކޫލުގައި އައިޖީއެމްއެޗް އިން ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް އިން ބަޔަކު ހިދުމަތް ހޯދަނީ - އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ފްލޫ ކްލިނިކެއް ގާއިމްކޮށް ޚިދުމަތް ދޭން ފަށާފައި

އެޗްވަންއެންވަން އެންމެ ބޮޑަށް ނުރައްކާ ކުރަނީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނަށް ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވޭ

ތާޖުއްދީން ސްކޫލުގައި ހުރި ފްލޫ ކްލިނިކް އިން ބަޔަކު ހިދުމަތް ހޯދުމަށްފަހު ނިކުންނަނީ. އައިޖީއެމްއެޗް އިންވަނީ ގިނަ ބަޔަކަށް ފަސޭހައިން ހިދުމަތް ދިނުމުގެ ގޮތުން 24 ގަޑިއިރަށް ޚިދުމަތް ދޭނެ ކަމަށް ބުނެފައި

މީހަކު މާސްކް ފޮއްޓެއް ހިފައިގެން އަންނަނީ - މާސްކްގެ ޑިމާންޑް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި

ރާއްޖޭގައި މިވަގުތު ފެތުރެމުންދާ ރޯގާއަށް ޚާއްސަކޮށް ހަދާފައިވާ ފްލޫ ކްލިނިކެއްގައި ކުޑަކުއްޖަކު މާސްކް އަޅައިގެން. ޑޮކްޓަރުން އިރުޝާދު ދެނީ ވީހާވެސް ބޮޑަށް ކުޑަކުދިން މި ދުވަސްވަރު ހޮސްޕިޓަލްތަކަށް ބަލި ނުވާނަމަ ނުގެން ދިއުމަށް