21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16


ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ރާއްޖޭގައި
5562

ގްލުކޯމާ އަށް ހޭލުންތެރު ކުރުމަށް ބޭއްވި ޑައިވްގައި ޑައިވަރުން ބެނާހިފައިގެން. ގްލުކޯމާ އަކީ ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލުވާލާ ބައްޔެއް

ޑައިވަރުންގެ ލޯ އެންމެ ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ސެޝަންގައި މައުލޫމާތު ދެއްވި ތަޖުރިބާކާރުން ފާހަގަ ކުރެއްވި

މި އިވެންޓަކީ ޑައިވް ޑެސްކާއި، މޯލްޑިކެއަރ އަދި އިންޑިއާގެ ލޮލޮގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑެވިން ޕްރަބަކާރ އާ ގުޅިގެން ހިންގި ހަރަކާތެއް

އެ ހަރަކާތުގައި ބައިވެރިވި ޑައިވަރުންނަށް މޯލްޑިކެއާ އިން ވަނީ ލޮލާއި ދަތުގެ ޗެކަޕް ހިލޭ ހަދައިދީފައި

ޑޮކްޓަރު ޑެވިން ޕްރަބާކަރަކީ އިންޑިއާގެ ލޮލުގެ ޚާއްސަ ހޮސްޕިޓަލެއް ކަމަށްވާ ޑީވްޔާ ޕްރަބާ ހޮސްޕިޓަލްގެ ވެރިޔާ އަދި ރާއްޖެއަށް ވިޒިޓިންގ ޑޮކްޓަރެއްގެ ގޮތުގައި މޯލްޑިކެއާގައި ލޮލުގެ ބަލިތަކަށް ފަރުވާ ދެއްވާ ފަރާތެއް

ޑައިވްގައި ބައިވެރިވި ފަރާތްތަކަށް ގްލުކޯމާއާއި ދަތުގެ ސިއްހަތާ ބެހޭ ގޮތުން މައުލޫމާތު ދިނުން އޮތް

އިވެންޓުގެ ބައިވެރިން ޑައިވް ކުރީ ފޭދޫ ފިނޮޅު ކައިރީގައި އޮންނަ ސީވޯލް ޑައިވިން ސްޕޮޓަށް

މޯލްޑިކެއާގެ ލޮލުގެ ސްޕެޝަލިސްޓް ޑޮކްޓަރު ޑެވިން ޕްރަބާކަރް ވަނީ ހަރަކާތުގައި ބައިވެރި ޑައިވަރުންގެ ލޮލުގެ ޓެސްޓް ހިލޭ ހައްދަވައިދެއްވާފައި

ބައިނަލްއަގްވާމީ ގްލުކޯމާ ހަފްތާ ފާހަގަކުރުމުގެ ގޮތުން މޯލްޑިކެއާ އާއި ޑައިވް ޑެސްކުން ކުރިއަށް ގެންދިޔަ މި އިވެންޓުގައި 18 ޑައިވަރުން ބައިވެރިވި

ގްލުކޯމާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިކެއާ އާއި ޑައިވް ޑެސްކް ގުޅިގެން ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކުރީ 10 މާޗް 2016 ވީ ހުކުރު ދުވަހު