25 އޭޕުރިލް 2017 | އަންގާރަ | ބުރުނު 4 | 28 ރަޖަބު 1438 | މަޣްރިބް: 18:13

ފޮޓޯ އަލްބަމް


ރާއްޖެ ޓީވީން އަބުރު ފަންޑް ހުޅުވުން

2017-03-10 19:32

722

 • "އަބުރު ފަންޑު" އަށް އެހީތެރިވުމުގެ ގޮތުން ހެޔޮ އެދޭ ފަރާތަކުން އަބުރު ފޮއްޓަށް ފައިސާ ލަނީ

 • "އަބުރު ފަންޑް" އަށް އެހީވުމަށް ގިނަ ބަޔަކު ހުކުރު ދުވަހު ރާއްޖެޓީވީއަށް ޒިޔާރަތް ކުރި

 • "އަބުރު ފަންޑް" ހުޅުވަން ޖެހުނީ ބޭއިންސާފުން ނުހައްގު އަދަބުތައް ރާއްޖެޓީވީއަށް ބްރޯޑްކާސްޓް ކޮމިޝަނުން ދެމުން ގެންދާތީ

 • ރާއްޖެޓީވީ ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފައިވާއިރު އަދިވެސް އިތުރު އަދަބުތައް ރާއްޖެޓީވީއަށް ދިނުމަށް ރޭވިފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ

 • މިއީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ނަމުގައި ހަދާފައިވާ "ސިޔާސީ ގާނޫނު" އެއްގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިއަކާއި ޓީވީ ސްޓޭޝަނެއް ޖޫރިމަނާ ކުރި ފުރަތަަމަ ފަހަރު

 • އަބުރުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ޖުރިމަނާ ކޮށްފައިވާ އިރު އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައެއް ނުވޭ

 • ރާއްޖެޓީވީއަށް އަދަބުދީ އިނދަޖައްސާލި ނަމަވެސް މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ސްޓޭޝަން ދެމިއޮންނާނެ ކަމަށް ރާއްޖެޓީވީން ވަނީ ހާމަކޮށްފައި

 • އަބުރު ފަންޑު ހުޅުވީ ރާއްޖެޓީވީގެ ގިނަ ސަޕޯޓަރުންތަކެއްގެ އެދުމުގެ މަތީން

 • ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއަށް އަންގާފައިވަނީ 30 ދުވަހުގެ ތެރޭގައި ދެލައްކަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށް. އަދި ނޫސްވެރިއާ ފަންސާސްހާސް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް

 • އަބުރު ފަންޑު އަށް އެހީވުމަށް ރާއްޖެޓީވީގެ އެކައުންޓަށް ނުވަތަ ސްޓޭޝަންގައި ބެހެއްޓިފައިވާ ފޮއްޓަށްވެސް އެހީ ދެއްވޭ ގޮތައް ވަނީ ހަމަޖެހިފައި

 • ކިތަންމެ ކުޑަނަމަވެސް އެހީއެއް މި ފަންޑަށް ވެ ދެއްވުމަށް ރާއްޖެޓީވީން ސަޕޯޓަރުންގެ ކިބައިން ވަނީ އެދިފައި

 • ރާއްޖެޓީވީއަށް އަދަބު ދެމުން ދާއިރު ސްޓޭޝަން ރޯކޮށްލާ އަންދާ އަޅިޔަށް ހަދާލި ހާދިސާގެ ތަހުގީގައް އެތައް ދުވަހެއް ވެގެން ދިޔައިރުވެސް ރާއްޖެޓީވީއަށް އިންސާފު ލިބިފައެއް ނުވޭ

 • ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ބުނެ ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް އަދި ކެމެރާމަން ޒަރީރުވެސް ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ޖޫރިމަނާކޮށްފައި

 • ރާއްޖެޓީވީއަށް ބޮޑެތި އަދަބުތައް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެމުންދާއިރު އެ ކޮމިޝަނުން ބްރޯޑްކާސްޓިންގ ކުރިއަރުވާ ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުންނެއް ނުދޭ

 • ބްރޯޑްކާސްޓް ކޮމިޝަނުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި "އަބުރު ފަންޑު"ގެ ނަމުގައި ފަންޑެއް ހުޅުވީ ހުކުރު ދުވަހު ހަވީރު


  null