ކަރަންޓް ޚިދުމަތް ކެނޑުމާ ބެހޭ ގޮތުން ސްޓެލްކޯގެ ޑެޕިިއުޓީ މެނޭޖިންގް ޑިރެކްޓަރ ނާޒިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ދެ ގަޑީއިރެއްހާ އިރު ވަންދެން ޚިދުމަތް މެދުކެނޑިފައި އޮތް.
ކަރަންތް ކެނޑުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން އޮފީސް ބޭރުގައި މަޑުކޮށްލައިގެން. ކަރަންޓާ ފެނުގެ ޚިދުމަތް ކެނޑުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައި.
މެންދުރު 1:00 ހާއިރު، މާލެއިން ކަރަންޓް ދިއުމަށް ފަހު، އަލުން ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބިފައި ވަނީ 2 ގަޑީއިރެއްހާ ފަހުން. ކަރަންޓު ލިބުނު އިރު މުޅި މާލެއަށް އެއްފަހަރާ ކަރަންޓެއް ނުލިބޭ.
ސްޓެލްކޯ އިން ބުނި ގޮތުގައި މާލެއިން ކަރަންޓް ދިޔައީ އެމްޑަބްލިޔޫއެސްސީ ކައިރީގައި ހުރި ޓްރާންސްފޯމަރަކަށް ފެން އެޅިގެން އެ ޓްރާންސްފޯމަރު ގޮވުމުގެ ސަބަބުން ކަމަށް މައުލޫމާތު ވަނީ ލިބިފައި. ކަރަންޓު ކެނޑުމުން ހިތްހަމަ ނުޖެހިފައި ތިބި އެތައް ބަޔަކު ސްޓެލްކޯ ކައިރިއަށް ޖަމާވި.