19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34


ވިލިމާލެ ރައްޔިތުންނާ އިބޫ ބައްދަލު ކުރެއްވުން


އިބޫ ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައި2461

ހިންނަވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު، އެމަނިކުފާނު ގެންދަވަނީ އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވައި ކެމްޕެއިން އަށް ތައްޔާރުވަމުންނެވެ.

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހަރަކާތުގައި ބައިވެރިވަޑައިގެންނެވި އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހޮނިހިރު ދުވަހު ފެށި ކެންޕެއިނުން ހާމަވެގެންދަނީ ރައްޔިތުން އިދިކޮޅުން ނެރޭ ކެންޑިޑޭޓަކަށް ކެތްމަދުވެފައިވާ މިންވަރު ކަމަށެވެ.

ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ކޯލިޝަން ސަރުކާރެއްގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އިބޫ ވަނީ މަޝްވަރާ ކުރައްވާފައެވެ.

ވިލިމާލެ އަށް އިބޫ ކުރެއްވި ދަތުރުފުޅުގައި ރައްޔިތަކަށް ބައްދަލުކުރައްވަނީ

ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އިން ފެށިގެން އިރު އޮއްސެންދެން ވިލިމާލެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ވިލިނގިލީގެ ރައްޔިތެއްގެ ގޭގައި އިބޫ ވަގުތު ކޮޅެއް ހޭދަކޮއްލައްވަނީ

އުމުރުން ދުވަސްވީ ރައްޔިތަކާ އެކު ވަގުތުކޮޅެއް ހޭދަކޮއްލައްވަނީ

ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ވަރުގަދަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ރޭވިފައި ހުރި ކަމަށް ކޯލިޝަނުން ބުނެއެެވެ.

އަސްރު ނަމާދު ކުރެއްވުމަށް ފަހު އިބޫ މިސްކިތުން ފައިބައިވަޑައިގަންނަވަނީ