19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34


ވާރލްޑް ކަޕް 2018: އެންމެ ރީތީ ކޮން ގައުމެއްގެ ސަޕޯޓަރުންނެއް


2018 ވަނަ އަހަރުގެ ވާރލްޑް ކަޕް ކުރިއަށްދާއިރު ރަޝިއާއަށް އެތައް މިލިއަން މީހުން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ. ކޮންމެ އަހަރެއްގެ ވާރލްޑް ކަަޕްގައި ވެސް ކެމެރާތަކުގެ ލެންސްތައް އެންމެ ރީތި ސަޕޯޓަރުންނަށް އަމާޒުވާއިރު މިއީ ގިނަ ބަޔަކު އެކަމަކަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއްވެސްމެ. ވާރލްޑް ކަޕް ބެލުމަށް ރަޝިއާއަށް ނުދެވުނު ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން 3.4 ބިލިއަން މީހުން ވާރލްޑް ކަޕް ބަލާނެ ކަމަށް އަންދާޒާކުރެވޭ.5199

ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ޕޯޗުގަލްގެ ސަޕޯޓަރެއް މޫނުގައި އެގައުމުގެ ދިދަ ކުރަހާލައިގެން ފޮޓޯއަކަށް ހީލައިގެން-- ފޮޓޯ: ސްޕަޓްނިކް ނިއުސް

ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ސްޕެއިންގެ ސަޕޯޓަރެއް ފިޝްޓް އޮލިމްޕިކް ޕާކް ބޭރުގައި ބަހައްޓާފައިހުރި ބޯޅައެއް ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން—ފޮޓޯ: ސްޕަޓްނިކް ނިއުސް

ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ސްޕެއިންގެ ސަޕޯޓަރުން އެގައުމުގެ ޖާޒީ ލައިގެން އަދި މޫނުގަ އެގައުމުގެ ދިދަ ކުރަހައިގެން މެޗު ބެލުމަށް ސްޓޭޑިއަމަށް ދަނީ-- ފޮޓޯ: ސްޕަޓްނިކް ނިއުސް

ފްރާންސް އަދި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ކުރިން ސަޕޯޓަރެއް ސްޓޭޑިއަމް ބޭރުގައި ހުއްޓިލައިގެން. ކޮންމެ އަހަރަކު ވެސް ސަޕޯޓަރުންނަށް ކެމެރާތަކުގެ ލެންސްތައް އަމާޒުވޭ-- ފޮޓޯ: ސްޕަޓްނިކް ނިއުސް

މުބާރާތް ހުޅުވުމަށް ރަޝިއާ އަދި ސައުދީ އަރަބިއްޔާ ކުޅުނު މެޗުގައި ސައުދީގެ ސަޕޯޓަރެއް ދަނޑުތެރޭގައި. މިއަހަރަކީ ސައުދީގައި އަންހެން ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދެވުނު އަހަރަށްވާއިރު ސައުދީ އަންހެނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ.-- ފޮޓޯ: ސްޕަޓްނިކް ނިއުސް

ސްޕެއިން އަދި ޕޯޗުގަލް ކުޅުނު ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ޕޯޗުގަލްގެ ސަޕޯޓަރަކު މިފަހަރުގެ ވާރލްޑް ކަޕްގެ މެސްކޮޓް ހިފަހައްޓާލައިގެން. މިފަހަރުގެ ވާރލްޑް ކަޕްގެ މެސްކޮޓަކީ ހިޔަޅެއް. މި މެސްކޮޓަށް ދީފައިވާ ނަމަކީ ޒަބިވާކާ-- ފޮޓޯ: ސްޕަޓްނިކް ނިއުސް

މޮރޮކޯ އަދި އީރާން ގްރޫޕް ފިޔަވަހީގައި ކުޅުނު މެޗުގެ ކުރިން ސަޕޯޓަރެއް ޕެނަމާގެ ސްކާފެއް ހިފަހައްޓާލައިގެން. ބައެއް ސަޕޯޓަރުންނަށް އަމިއްލަ ގައުމު ކުޅޭ މެޗަށް ޓިކެޓް ނުލިބުމުން އެހެން ގައުމުތައް ކުޅޭ މެޗުތަކަށް ވަދެ އަމިއްލަ ގައުމަށް ކުރާ ސަޕޯޓް ދައްކާ. -- ފޮޓޯ: ސްޕަޓްނިކް ނިއުސް

ސްޕެއިން އަދި ޕޯޗުގަލް ކުޅުނު ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ސްޕެއިންގެ ސަޕޯޓަރެއް "ބަމްބަލްބީ" މާސްކެއް އަޅައިގެން ހުރި އެހެން ސަޕޯޓަރަކާއެކު. ފުޓްބޯޅައަކީ އެކި ގައުމުތަކުގެ މީހުން އެކަތިގަނޑަކަށް ހަދާ ކުޅިވަރެއް ކަމުގައި ގިނަ ބަޔަކު ދެކޭ-- ފޮޓޯ: ސްޕަޓްނިކް ނިއުސް

ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ޕޯޗުގަލްގެ ސަޕޯޓަރެއް އެގައުމުގެ ކުލަތަކުން ހަދާފައިވާ "ފްލާވަރ ކްރައުން" އެއް އަޅައިގެން ފޮޓޯއަކަށް ހީލައިގެން-- ސްޕަޓްނިކް ނިއުސް

ފްރާންސް އަދި އޮސްޓްރޭލިއާ ގްރޫޕް ފިޔަވަހީގައި ކުޅުނު މެޗުގެ ކުރިން ސަޕޯޓަރެއް ސްވިޑެންއަށް ތާއިދުކުރާކަން ދައްކާލަނީ ހިފަހައްޓާލައިގެން. ބައެއް ސަޕޯޓަރުންނަށް އަމިއްލަ ގައުމު ކުޅޭ މެޗަށް ޓިކެޓް ނުލިބުމުން އެހެން ގައުމުތައް ކުޅޭ މެޗުތަކަށް ވަދެ އަމިއްލަ ގައުމަށް ކުރާ ސަޕޯޓް ދައްކާ. -- ފޮޓޯ: ސްޕަޓްނިކް ނިއުސް

ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި ގްރޫޕް ފިޔަވަހީގެ މެޗުގެ ކުރިން ޕޯޗުގަލްގެ ސަޕޯޓަރުން ސްޓޭޑިއަމަށް ދިޔުމުގެ ކުރިން އެގައުމުގެ ދިދަ ހިފަހައްޓާލައިގެން ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ސްޕަޓްނިކް ނިއުސް

މޮރޮކޯ އަދި އީރާން ގްރޫޕް ފިޔަވަހީގައި ކުޅުނު މެޗުގައި އީރާންްގެ ސަޕޯޓަރެއް އެގައުމަށް ސަޕޯޓްކުރަނީ. އީރާންއަކީ މިފަހަރު އޭޝިއާއިން ވާދަކުރާ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އެގައުމުގެ ރައްޔިތުން ވެސް ވަނީ ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް ރަޝިއާއަށް ގޮސްފައި-- ސްޕަޓްނިކް ނިއުސް

ފްރާންސް އަދި އޮސްޓްރޭލިއާ ގްރޫޕް ފިޔަވަހީގައި ކުޅުނު މެޗުގައި ފްރާންސްގެ ސަޕޯޓަރެއް އެގައުމުގެ ދިދަ ހިފަހައްޓާލައިގެން ސަޕޯޓްކުރަނީ-- ސްޕަޓްނިކް ނިއުސް