21 އޯގަސްޓު 2018 | އަންގާރަ | 12 މާ
10 ޛުލްޙިއްޖާ 1439
އިޝާ 19:31
މަޣްރިބް 18:18
އަސްރު 15:25
މެންދުރު 12:13
އިރުއަރާ 06:01
ފަތިސް 04:48


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާއިން ބޭރުކުރުން


ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރެއްގެ ގޮނޑި ވަނީ ނުގެއްލޭ ކަމަށް ކަނޑައެޅިފައިއެވެ. އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މަޖިލީހުގެ ޖަލްސާ ވެސް ސަލާމަތީ ސަބަބުތަކަށްޓައި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.



1769

އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިގެންނެވީ މަޖިލިސް ހުއްޓިފައިވާ ސަބަބެއް އޮޅުން ފިލުވައި ކުރަން ހުރި މަސައްކަތްތައް ކުރުމަށެވެ. މި މަހުގެ 5 ވަނަ ދުވަހު މަޖިލިސް ހުޅުވަން އޮތް ނަމަވެސް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އެއްވެސް މުއްދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް ވަނީ ފަސްކުރެވިފައިއެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން އަންނަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މަޖިލިސް ހުޅުވޭނެ ތާރީހެއް ހޯދުމުގެ ގޮތުން މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ސިފައިން އަންނަނީ މަޖިލީހުގެ މެމްބަރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އަޅަމުންނެވެ. އެގޮތުން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތްކުރި ބައެއް މެމްބަރުން ސިފައިން ވަނީ ގަދަކަމުން މަޖިލީހުގެ ފާރުމަތިން އުކާލާފައެވެ.

ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް މަސައްކަތްކުރެއްވިއެވެ.

ގާނޫނުގައި ބުނާ ގޮތުން މި މަހުގެ ކުރީކޮޅު މަޖިލިސް ހުޅުވަން ޖެހުނު ނަމަވެސް މަޖިލިސް ވަނީ ވަކި މުއްދަދެއް ނެތި ހުއްޓާލާފައެވެ.

މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވި މެމްބަރުން ވަކިވަކިން އަތްދަނޑިމަތީގައި ގެންގޮސް ދަގަނޑު ގޭޓްމަތިން ބޭރަށް ވައްޓާލަމުން ދިޔައިރު، އެކަމާ ހިތްހަމަ ނުޖެހިގެން މެމްބަރުންނާއި އެ ސަރަހައްދަށް އެއްވެފައި ތިބި އާންމުން އަޑު އުފުލިއެވެ.

އެ ބޭޅުން ފާރުމަތިން މަޖިލީހުގެ ގޯތިތެރެއަށް ފުންމާލެއްވި ނަމަވެސް، މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދަވަޑައިގަތުމަށް، ކޮންބެޓް ޔުނިފޯމުގައި ތިބި ސިފައިން ފުރުސަތެއް ނުދެއެވެ.

މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ކުރެވެންޖެހޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.