18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބީއެމްއެލް

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

  • މި ފެއަރ އޮންނާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު
ރިޒުނާ ޒަރީރު | RiznaZareer

| 9 މެއި 2017 | އަންގާރަ 21:42 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ޓީޓީއެމް ފެއަރގައި ބީއެމްއެލް އިން ސޮއިކުރުން -- ބީއެމްއެލް

މިއަހަރު ބާއްވަން ހަމަޖެހިފައިވާ "ޓްރެވަލް ޓްރޭޑް  މޯލްޑިވްސް 2017" (ޓީޓީއެމް) ގެ ޕްލެޓީނަމް ޕާޓްނަރގެ ގޮތުގައި ބީއެމްއެލް ހަޖައްސައި މިކަމާ ގުޅޭ އެއްބަސްވުމުގައި މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް ގެޓްއަވޭސް އާއެކު ބޭންކް އޮފް މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކްގެ ހެޑް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ގުޅުވައިލުމަށް ކުރިޔަށް ގެންދާ ޓީޓީއެމް ފެއަރ މިއަހަރު އޮންނާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

މި އިވެންޓްގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ ރިޒޯޓު ހިންގާ ފަރާތްތަކާއި، ސަޕްލަޔަރުން، އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ.

އަންގާރަ ދުވަހު ހެނދުނު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް ވަނީ ޓީޓީއެމްގައި ކުރިޔަށް ގެންދާ ޚާއްސަ ފޯރަމް "ބީއެމްއެލް ހޮޓެލިއަރ ސަމިޓް މޯލްޑިވްސް 2017" ގެ ޓައިޓަލް ޕާޓްނަރުގެ ގޮތުގައި ހަމަޖެހިފައެވެ. މިފޯރަމްގައި ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ބޮޑެތި ހޮޓެލްތަކުގެ އިސްބޭފުޅުންނާއި އޮޕަރޭޓަރުންގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދާނެއެވެ.

މި ސްޕޮންސަރޝިޕާ މެދު ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މޯލްޑިވްސް ގެޓްއަވޭސް އާއި އެކު މަސައްކަތްކުރުމަށް މިވެވުނު އެއްބަސްވުމާއި މެދު ބޭންކުން ވަރަށް ފަޚުރުވެރިވާ ކަމަށާއި ދިވެހި ރާއްޖެއަކީ މިއަދުވެސް ބައިނަލްއަގްވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ޕްރޮފައިލްއެއް އޮތް ގައުމެއް ކަމަށެވެ.

އަދި ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާއިރު  މި ފެއަރގެ ސަބަބުން އިތުރު މާކެޓްތަކަށް ރާއްޖެ ތައާރަފްކުރުމަށް ދިވެހި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންވާނެ ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެކަމށް ހީލީ ވިދާޅުވިއެވެ.

" އެނގިވަޑައިގަންނަވާނެ ފަދައިން ޓޫރިޒަމް އިންޑަސްޓްރީން މިވަނީ 2020 ގެ ކުރިން އަހަރަކު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރުވުމަށް އަޒުމްކަނޑައަޅާފައި، މިކަން ހާސިލްކުރުމަށް އަޅުގަނޑުމެންނަށް މިފަދަ އެހީއެއް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް." ހީލީ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]aajje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް