22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސަރުކާރު ހިންގުން

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

 • ޑިގު ކުޅޭއިރު ދިމާވާ ކަންކަމާއި ސަރުކާރު ހިނގާގޮތާއި ނިކަން ގުޅުން އެބަހުރި
 • ހަދާ ހުރިހާ ގޯހެއް އަނބުރާލަނީ ސަރުކާރުގެ ހެޔޮފުޅުކަމުން ކަމަށް ބުނޭ
 • ޑިގެއް ނުހެދި، ދަރަނި އަތްބަޔަކާއި އެކު ގަނޑުނިންމަން ޖެހުމުގެ ކުރިން ކުޅުން ހުއްޓާލުން ބުއްދިވެރި
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 9 މެއި 2017 | އަންގާރަ 00:38 | |

މަގުބޫލް

 1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
 2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
 5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
 6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
 7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
 8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ޑިގު ކުޅޭއިރު ދިމާވާ ކަންކަމާއި ސަރުކާރު ހިނގާގޮތާއި ނިކަން ގުޅުން އެބަހުރި -- ގޫގުލް

ޑިގު ކުޅޭ މީހުންނަށް ދިމާވާ ކަމެކެވެ. ޑިގު ކުޅެމުންގޮސް، ޑިގުގަނޑު ވާދަވެރިވެ، ބުރު އަވަސްވާން ފެށުމުން، ގަނޑު ހަމަކޮށް، އަތުގައި ހަދައި ނިންމާފައި އޮންނަ ޑިގުންވެސް ގަނޑު ދޫކޮށްލެވެއެވެ. ގިނަފަހަރު ތިމާއަށް ހެދުނު ގޯސް އިހުސާސް ކުރެވެނީ ނުބައި ގަނޑު ދޫކޮށްލެވޭ ފަހުންނެވެ. މުހުތާދެއްޖެހި، ގަނޑެއްގެ މެދުތެރެއިން ކުޅުމާއި ވަކިވާން ޖެހޭ މީހާގެ އަތްބަޔާއި ހަވާލުވާ މީހާއަށްވެސް ގިނަފަރު ވަނީ މިހެންނެވެ. ކުރިން ކުޅުނު މީހާ ހަދާފައި ހުރި ޑިގުތައްވެސް ރޫޅާލެވެނީއެވެ. އެއީ މަންނައިން ވިޔަސް، ގުލާމު ބިބީ ބާސައިން ކަމުގައި ވީނަމަހީވެސްމެއެވެ.

ސަރުކާރެއް އަތަށް ގޮވަނީވެސް މިފަދައިންނެވެ. ގަނޑުގެ މެދުތެރެއިން އަތްބަޔާއި ހަވާލުވާ މީހާގެ މިސާލުން ސަރުކާރަށް މިސާލު ނަގަމާހެއްޔެވެ.

މި ދެންނެވުނު އަތްބައި، ނުވަތަ މި ހާލަތުގައި ސަރުކާރާ، އެ މީހާ ހަވާލުވިއިރުވެސް އޮތީ ޑިގުގޮވަން ތައްޔާރު ވެފައެވެ. ކަރަންޓުގެ އަގު ހުރީ އަތްފޯރާ ފަށުގައެވެ. ބޯހިޔާވހިކަން ބޭނުންވާ މީހުންނަށް އެ ބޯހިޔަވަހިކަން ފޯރުކޮށްދިނުމަށް އަޅަންފެށި ފްލެޓްތަކުގެ މަސައްކަތް ދިޔައީ ކުރިއަށެވެ. ބާރަށް، ބާރަށް ކުރިއަށެވެ. އެހެން ނަަވެސް، އެއޮއް މޮޅު އަތްބައިވެސް އަތަށް ގޮވީއެވެ. ކަރަންޓުގެ އަގު އިންތިހާއަށް މަތިވެގެން ދިޔައީއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވާ ކޮންމެ ފަހަރަކުމެ އެ އަގު ދަނީ ބޮޑުވަމުންނެވެ. ނަމަވެސް އެ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ކުޑަވެއްޖެ ނަމަތޯއެވެ؟ ކަހެރުވަކެކޭވެސް ހީނުވާފަދައެވެ.

ޑިގުކުޅޭ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ގަނޑު ފަށާއިރު އެ ލިބޭ އަތްބައިގައި ޑިގު ހަމަވެ، ޑިގުގޮވަން ތައްޔާރުވެފައި އޮއްވާވެސް ޅައެއްޗެހި އެޅެނީއެވެ. ތިނެތިން ހަމަވެފައި ހުރި ޑިގުތައްވެސް ދޫކޮށްލެވެނީއެވެ. މި މިސާލު ސަރުކާރަށް ޖަހާނަމަ، ކާޑުގެ އަގު މިސާލަކަށް ނަންގަވާށެވެ. ރައްޔިތުން ޤަބޫލުކުރާ، އެކަށޭނަ އަގެއްގައި ކާޑުގެ އަގުތައް ހުއްޓައި، އެ އަގުތައް ދެގުނައަށް އުފުލައިލީއެވެ. ކަރަންޓާއި އެކު ރައްޔިތުމީހާގެ ރުޅި އާއި ލޭގެ ޕްރެޝަރުވެސް ދެގުނައަށް އެރީއެވެ. އާސަންދައަށްވެސް ވީ މިހެންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް، ހިނގަހިނގާ އޮތް އާސަންދައިގެ ނިޒާމަށް އަތްބާނައި، މޮޅުގޮތް ހަދަން ޑިގު ބަދަލުކޮށްލީއެވެ. އަސަންދަ، ހުސްނުވާ އާސަންދައަށް ބަދަލުކޮށް، ބޮޑުތަނުން ދަރަނިވެރިވެ، ޚިދުމަތް ހުއްޓާލަން މަޖުބޫރުވީއެވެ.

އެންމެފަހުން، އިދިކޮޅު ޓީމުގެ އަތަށް ހުރިހާ މަންނައާއި ގުލާމު ބިބީ ބައިސާވެސް އެރިކަން ޔަޤީންވުމުން ޑިގުކުޅޭ މީހާ ދެން ފަށަނީ ގޯސް ހަދާށެވެ. މެދުބައިން ވަގަށް ގަނޑުވެސް ނަގަނީއެވެ. އަނެކާގެ އަތްބައިވެސް ބަލަނީއެވެ. މުޅި އަތްބައި އޯވަރހޯލް ކުރަން ޖެހުނީއެވެ. އެހިސާބުން ދެން ފެނިގެންދަނީ އިދިކޮޅު ޓީމު ޑިގުގޮވާ މަންޒަރެވެ.

ކަންތަކާ ޖެހުނީއެވެ. އެހިސާބުން އިދިކޮޅު ޓީމާއި މޫނު ކަނޑާނެއެވެ. ލިބުނު ބައި، އެކުގައި ބަޔަށް ކުޅުނު ބައިވެރިޔާ ބޮލަށް ކަނޑާލައި، އޭނާއަށް ދެވުނު އަދަބެއް ދޭނެއެވެ. ހަމަ މި ހުރިހާ ކަމެއް ކުރާއިރު، ކުއްލި ރުޅީގައި ހެދޭހާ ގޯސް ރަނގަޅުވެސް ކުރާން އުޅޭނެއެވެ. ހެޔޮފުޅުކަން ދެއްކުމަށެވެ.

ރަސްމީ ދުވަސް ބަންދު ދުވަހަށް ހަދާފައި އަލުން ރަސްމީ ކުރަނީ ހެޔޮފުޅުކަން ދައްކާށެވެ. ކަރަންޓުގެ އަގު ބޮޑުތަނުން ބޮޑުކޮށްފައި ކުޑަތަނުން ކުޑަކުރަނީވެސް ހެޔޮފުޅުކަން ދައްކާށެވެ. އިންފްލުއެންޒާ އާއި ގުޅިގެން ބަންދުކުރި ސްކޫލުތައް ހުޅުވުމަށްފަހު، ބެލެނިވެރިން މަދަނީ ބަސްނޭހުމަށް ދިއުމުން ސްކޫލުތައް އަލުން ބަންދުކުރީވެސް ހެޔޮފުޅުކަމުންނެވެ. އާސަންދަ ކަނޑާލައި އެ ޚިދުމަތް އަލުން ފެށީވެސް ހެޔޮފުޅު ކަމުންނެވެ. ފެށި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި އަލުން ފަށަން ނިންމީވެސް ހެޔޮފުޅުކަމުންނެވެ.

ހައްތަހާވެސް ހެޔޮފުޅުކަމެވެ. ހަޤީޤަތަކީ މި ހެޔޮފުޅުކަން، ރައްޔިތުންނަށް ލާހޫރުމުގެ ގޮތުގައި ފެނުމެވެ. ހެޔޮފުޅުކަމުން ލާހޫރެނީއެވެ. އިދިކޮޅު ޓީމުން ހާސް ނުހަދަނިސް އަވަހަށް ކުޅުން ހުއްޓާލާށެވެ. ނުނީ ޑިގެއް ނުހެދި، ދަރަނި އަތްބަޔަކާއި އެކު ގަނޑުނިންމަން ޖެހިދާނެއެވެ. ލަދުން ބޯހަލާކެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މޮޑް

2 އަހަރު ކުރިން

ނާއިލް، ކޮބާތަ ކާލާ މަންނަ. ރައީސް ޔާމީން ޑިގް ކިޔަނީ މުޅިންވެސް ރުމާލު 2 އަކުންނޯ، އެއީ ތެދެއްތަ؟

2
0
ޗުންޗުން

2 އަހަރު ކުރިން

މޮލު

0
0