25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މާލީ ނިޒާމު

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

 • މާލީ ދައިރާތަކުގެ އެންމެ މުހިއްމު އެއް ބަޔަކީ ބޭންކްތައް
 • ރައްޔިތުން ބޭންކްތަކަށް ކުރާ އިތުބާރު ބޮޑުވުމުން ބޭންކްތަކަށް އިންވެސްޓް ކުރާ ވަރު ބޮޑުވާނެ
 • ބޭންކްތަކަށް ކުރާ އިތުބާރުވެސް ބޮޑުވެގެންދާނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 މެއި 2017 | ހޯމަ 03:08 | |

މަގުބޫލް

 1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
 2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
 3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
 4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
 7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


އެމްއެމްއޭ -- ގޫގުލް

ގައުމެއްގެ ކުރިއެރުމާއި ތަރައްގީއަށް އެގައުމެއްގައި ވަރުގަދަ، ނުވަތަ އިތުބާރު ހިފޭ މާލީ ދައިރާއެއް ގާއިމްވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މާލީ އިދާރާތަކުގެ ގޮތުގައި ވަރަށް ގިނަ އިދާރާތަކެއް ހިމެނެއެވެ. ރާއްޖޭގެ މާލީ އިދާރާއަށް ބަލާއިރު އިންޝިއުރެންސް ދައިރާ އާއި ކެޕިޓަލް މާކެޓް ދައިރާއާއި ފައިނޭންސް ކުންފުނިތަކާއި ޕެންޝަން ފަންޑާއި ގައުމުން ބޭރަށް ފައިސާ ފޮނުވުމުގެ މަސައްކަތް ކުރާ ކުންފުނިތައް ހިމެނެއެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ ވިޔަފާރި ބޭންކުތަކެވެ. ބޭންކްތަކަކީ މާލީ ދައިރާގައި އެންމެ ބޮޑު އިންސައްތައެއް ރާއްޖޭގައި ހިމެނޭ ބައެވެ. އަދި މާލީ ދައިރާ ހިންގުމަށް ބޭންކްތަކަކީ މުހިއްމު ރޯލެއް އަދާކުރާ ފަރާތްތަކެކެވެ.

ދާދި ފަހުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވަނީ، ޖަރުމަނުވިލާތަށް ނިސްބަތްވާ ބޭންކެއް ކަމުގައިވާ ޑޮއިޝޭ ބޭންކްގެ ތެރެއިން ވަގު ވިޔަފާރިތަކެއް މެދުވެރިކޮށް 10 ބިލިއަން ޑޮލަރު ރަޝިޔާއިން ބޭރުކުރުމުގެ ތުހުމަތުގައި އެ ބޭންކް 630 މިލިއަން ޑޮލަރުން ޖޫރިމަނާކުރި ކުރުމެވެ.

މި ހާދިސާ އާއި ގުޅިގެން ބޭންކްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ބޭންކުތައް މެދުވެރިކޮށް ހިންގާ ތަފާތު ވަގު ވިޔަފާރިތައް ބެލޭނެ އުސޫލުތައް ގާއިމް ކުރުމުގެ މަސައްކަތަށް ތަންފީޒީ އިދާރާތަކުން ޚާއްސަ ލޮލަކުން ބަލަންފެށިއެވެ. އަދި އަމިއްލަ ފަރާތްތަކުންވެސް ބޭންކުތަކަށް ކުރަމުންދިޔަ އިތުބާރު ވަނީ ކުޑަވެގެން ގޮސްފައެވެ.

މިހާރު މިބަލާލަނީ ދުނިޔޭގައި އެންމެ ރައްކާތެރި ނުވަތަ ސެކިއުރިޓީގެ ގޮތުން އެންމެ ވަރުގަދަ ބޭންކްތަކްތަކަށެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ދިރަސާއަކުން ދައްކާގޮތުން ގިނަ ގައުމުތަކަކުން އެ ގައުމުތަކުގެ ބޭންކިން ނިޒާމަށް އިތުބާރު ނުކުރާކަން ވަނީ ހާމަވެގެން ގޮސްފައެވެ. އެގޮތުން އެމެރިކާ އާއި އިންގްލޭންޑުން 2008 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްއަށްފަހު ބޭންކްތަކަށް އިތުބާރު ކުރާ މިންވަރުވަނީ ދަށްވެފައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމުން ހޮވާލާފައިވާ އެންމެ ރައްކާތެރި ނުވަތަ ސޭފް ބޭންކްތަކުގެ ލިސްޓުގެ 11 ވަނައިގައި ހިމެނެނީ، ޗެކް ރިޕަބްލިކްގެ ބޭންކިން ނިޒާމެވެ. އެގައުމުގެ ބޭންކިން ދައިރާގެ ބޮޑު ބައެއް ހިއްސާ ކުރަނީ ގައުމުން ބޭރު ކުންފުނިތައް ކަމަށްވީނަމަވެސް، އެ ގައުމުގެ ރައްޔިތުން އެގައުމުގެ ބޭންކްތަކަށް އިތުބާރު ކުރާލެއް ވަކި ކުޑައެއް ނޫނެވެ.

މި ލިސްޓުގެ 10 ވަނައިގައި ހިމެނެނީ ސްވިޒްލޭންޑެވެ. އެ ލިސްޓު 10 ވަނައިގައި އެގައުމު ހިމެނުނު ނަމަވެސް އެގައުމުގެ ބޭންކްތަކަށް އިތުބާރު ކުރާ މިންވަރު ދަނީ ކުޑަވަމުންނެވެ. މީގެ އެއް ސަބަބަކީ 2015 ވަނަ އަހަރު އެ ގައުމުގެ ސްވިސް ނޭޝަނަލް ބޭންކް އިން 51 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހުމެވެ.

އެންމެ ސޭފް ބޭންކްގެ ލިސްޓުގެ ނުވަ ވަނައިގައި ހިމެނެނީ ސްލޮވޭކިޔާއެވެ. ޗެކް ރިޕަބްލިކް ގޮތަށް އެގައުމުގެ ބޭންކިން ދައިރާގެ 90 ޕަސެންޓް ހިއްސާ އޮތީ، ގައުމުން ބޭރުގެ ކުންފުނިތަކަށެވެ. އެގައުމުގައި ބޭންކިން ދައިރާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އޮސްޓްރިއާ އާއި އިޓަލީގެ ބޭންކް ކުންފުނިތަކަށެވެ.

އަށްވަނައިގައި އިސްރާއީލް ހިމެނޭއިރު 1983 ވަނަ އަހަރުން ފެށިގެން ބޭންކިންގެ އެއްވެސް ކަހަލަ ބޮޑު މައްސަލަތަކެއް އެގައުމުގައެއް ދިމާވެފައެއް ނުވެއެވެ.

ލަގްޒަމްބަރގްވެސް ރައްކާތެރި، ރައްޔިތުން އިތުބާރު ކުރާ ބޭންކިން ނިޒާމުގެ ލިސްޓުން ވަނީ ޖާގަ ހޯދާފައެވެ. ސޭފް ބޭންކުގެ ލިސްޓުގައި ޗިލީ ހިމެނޭ އިރު ޗިލީގެ މާލީ ދައިރާއަކީ ދުނިޔޭގެ ނަމޫނަ މާލީ ނިޒާމެކެވެ.

މި ލިސްޓުގައި ނޯވޭ ހިމެނެނީ ފަސް ވަނައިގައެވެ. ފިންލޭންސް ހިމެނެނީ މިލިސްޓުގެ ހަތަރު ވަނައިގައެވެ. އޮސްޓްރޭލިއާ، ދުނިޔޭގެ ތިން ވަނައަށް އެންމެ ރައްކާތެރި ބޭންކިން ނިޒާމުގެ ލިސްޓުގައި ހިމެނޭ އިރު ނިއުޒިލޭންޑް ހިމެނެނީ އެ ލިސްޓުގެ ދެވަނައިގައެވެ.

ދުނިޔޭގެ އެންމެ ރައްކާތެރި، ރައްޔިތުން އިތުބާރުކުރާ ބެންކުތައް ހިމެނެނީ ކެނެޑާގައެވެ. އެގައުމުގެ ބޭންކިން ނިޒާމު ހަރުދަނާ ކަމާއި އެކު ކުރިއަށްގެންދާތާ ވަނީ 100 އަހަރު ވެފައެވެ.

މި ލިސްޓަށް ބަލާލުމުން ފެނިގެންދަނީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް މާލީ ގޮތުން ރައްޔިތުން އިތުބާރު ކުރާ ހަރުދަނާ ނިޒާމުތަކެއް ގާއިމް ކުރެވޭނެ ކަމެވެ. ހަމަގައިމުވެސް ހަރުދަނާ ފުރިހަމަ މާލީ ނިޒާމެއް އޮތުމަކީ ގައުމުގެ ތަރައްގީއަށް މުހިއްމު ކަމެކެވެ.

މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މާލީ ދާއިރާގެ ފަރާތްތަކުން އަމަލު ކުރަންޖެހޭ ކަންކަމާއި މިންގަނޑުތައް އެކަށައެޅުމުގެ އިތުރުން، އެފަރާތްތައް ރަގަޅު ނިޒާމެއްގެ ތެރެއިން ބެލެހެއްޓެން ޖެހެއެވެ.

މިކަންކަމަކީ މާލީ ދާއިރާގައި ހިމެނޭ ހިރާސްތަކާއި، ކުރިމަތިވެދާނެ ނުރައްކާތަކުން އަރައިގަތުމަށް ތައްޔާރުވެވިފައިވާ މިންވަރު ދެނެގަތުމަށްވެސް މުހިއްމު ކަމެކެވެ. ރައްޔިތުން އިތުބާރު ކުރާ، އިންވެސްޓަރުންވެސް އިތުބާރު ކުރާނެ މާލީ ނިޒާމެއް އޮތުމަކީ ރާއްޖެފަދަ ގައުމެއްގެ ތަރައްގީއަށް ވަރަށް މުހިއްމު ކަމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް