17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކައުންސިލް އިންތިޚާބު

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

  • ކައުންސިލް އިންތިޚާބުގައި ގިނަ ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ
  • ރައްޔިތުން ތަރައްޤީ މާނަކުރާ ގޮތް ބަދަލުވެއްޖެ
  • އިންތިޚާބު ނާކާމިޔާބުވުމުގެ އެއް ސަބަބަކީ ސަރުކާރުން ރައީސް މައުމޫނަށް ޖައްސާފައިވާ ހާލު

| 8 މެއި 2017 | ހޯމަ 00:12 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

"އަޅުގަނޑު ވިއްކާނެ އެއްޗެއް ނެތް، އަޅުގަނޑު ނެތް ދައްކާނެ ވާހަކައެއް. މި އަންނަ ތަރައްގީ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ. ރައްޔިތުންގެ އިހްސާންތެރި ކަމެއް ހުރިނަމަ، އެއަށް މާކްސް ދެއްވާނެ،"

މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ 36 ގަޑީރެއްހާއިރު ކުރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ބަސްފުޅެވެ.

ކައުންސިލް އިންތިޚާބު ނިމި، ވޯޓު ފޮށިތަކުގެ ނަތީޖާ ހާމަވަމުންދާއިރު، އެ ނަތީޖާ ފެންނަގޮތުން، ރައީސްގެ އެ ވިދާޅުވާގޮތުންނަމަ ރައްޔިތުންގެ އިހުސާންތެރިކަމެއް ނެތެވެ. އެއްވެސް މިންވަރަކަށް ހަމަ ނެތީއެވެ.

ރައްޔިތުންގެ އިހުސާންތެރިކަމެއް ހުރިނަމަ، ވޯޓުގެ ދެދުވަސްކުރިން ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފައި އޮއްވައި ގއ. ވިލިނގިލީ ރައްޔިތުން ތަރައްޤީއަށް ސުން މާކްސް ނުދިނީހެވެ. މަގުތަކުގައި ތާރުއަޅައި، ރަށުގައި ބޮޑު ސިންގާހާ އެއާޕޯޓެއް އަޅަމުންދަނިކޮށް، ދ. ކުޑަހުވަދޫ ރައްޔިތުން ތަރައްޤީއަށް ސުން މާކްސް ނުދިނީހެވެ.

ރައްޔިތުންގެ އިހުސާންތެރިކަމެއް ހުރިނަމަ، އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް، އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުން، އެ ދާއިރާއިން ސަރުކާރު ލަދުގަންނަ ވަރަށް ވޯޓު އެޑައި އެޑައި ސޯބެ ނުހޮވީހެވެ.

ފުރަ މާލޭގެ ރައްޔިތުންގެ އިހުސާންތެރިކަމެއް ހުރިނަމަ، މާލެ-ހުޅުލެ ބްރިޖު އަޅައި ނިންމަނިކޮށް ހުޅުހެންވޭރު ދާއިރާ އޭޑީއަށްވެސް ނުދިނީހެވެ.

މި ދެންނެވުނީ އަދި މަދު ރައްޔިތުންކޮޅެއްގެ ވާހަކައެވެ. ސަރުކާރުން ތަރައްޤީގެ ޓެގު އަޅުވައި މަޝްރޫޢުތައް ފަށާފައިވާ ގިނަ ރަށްރަށުން ސަރުކާރަށް ދިނީ ހަމަ ބޮޑު ސުމެކެވެ. އަދި ވަކިން ސަރުކާރުގައި ނަންހިނގާ، މަތީފަޑީގެ ބޭބޭފުޅުންގެ ދާއިރާތަކުން ސަރުކާރު ބަލިކުރީ ލަދުވެތި ގޮތަކަށެވެ. ވަލިއްޔުލްއަމްރުގެ މައިފުށު ފަސްގަނޑުންވެސް ބުނީ ހޯހޯއޭއެވެ.

އިންތިޚާބުގެ ނަތީޖާ ނުކުތްގޮތުން ސަރުކާރުން ދެން ކޮންމެ އެއްޗެކޭ ކިޔަސް، ރައްޔިތުން އެވަނީ އެބުނާ ތަރައްޤީއަށް ސުމެއް ދީފައެވެ. ބޮޑު އަކުރުން ނޯ ޖަހާފައެވެ.

އެވީ ގޮތަކީ ތޯއެވެ؟ ރައްޔިތުންނަށް ތަރައްޤީ ވިސްނުނީއެވެ. ހަޤީޤީ ތަރައްޤީއަކީ ބޮޑުހިލައާއި ނެރުބައްތިން ގެނެވޭނެ އެއްޗެއް ނޫން ކަމަށާ، ތަރައްޤީ އަކީ އިންސާފާއި، ތަހުޒީބާއި، ބަސްބުނުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޔަޤީންވުމާއި، އަސާސީ ޚިދުމަތްތައް ކަށަވަރުވުންކަން ރައްޔިތުންނަށް ވިސްނުނީއެވެ.

ރައްޔިތުން އެވަނީ ބްރިޖަކުން، ބޮޑު ހިލައަކުން، ނަރުދަމާ ނިޒާމަކުން ލޯބި ނުލިބޭނެކަން ހާމަކޮށްފައެވެ. ލޯތްބަކީ ލޯބި ދީގެން ލިބޭ އެއްޗެކެވެ. ފަށުވި އިބާރާތުން ހޭޓް ސްޕީޗް ދެއްވީމާ ދެންވާނެ ގޮތަކީ ލޯކަލް ކައުންސިލް އިންތިކާބުގައި މިވީ ގޮތެވެ.

އިންތިކާބުގައި ރައްޔިތުން ސަރުކާރަށް ސުން މާކްސް ދިން އެހެން ސަބަބެއްވެސް އެބައޮތެވެ. އިހުސާންތެރިވާން ނޭނގުމެވެ. ރައްޔިތުންނަކަށް ނޫނެވެ. މައިގަނޑު ސަބަބަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދަމުންދާ ގޮތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަނު

2 އަހަރު ކުރިން

ބުރިޖު ނަރުދަމާ ކަރަންޓް މަގުމަތީތާރުއެޅުން މީ ކުރަން ޖެހޭނެކަންތަށް މިކަމަކުން ނުޖެހޭމާކޮސް ދޭކަށް ޔާމީން ހީކުރީ ރައްޔިތުން ހއެއްދޭނެކަމަށް ސެމީފައިނަލުން ބަލިވީމަ ކެޓީ ކަން ހަނދުމަކޮށްދެން އަދި ދެން ގަދަކަމުން މެޗަށް އަރަން އުޅެފިކަމުގައިވާނަމަ ސެމީފައިނަލުގައިވެސް ނުކުޅެވޭނެ ހިށބު ފުލަށް ވައްޓާލާނަން މިކޮމެންޓް ޖަހަން ކެރޭނެތަ ހެޔނުވާނެ ޖަހާލަދީބަ

1
0
އަހަންމާ

2 އަހަރު ކުރިން

މީގައެއްޗެއްލިޔެގެން މީހަޖަށްފެންނަހިސާބައްދާނީ މީވަރައްމޮޅުލިއުމެކޭބުނިއްޔާ.ސާބަގޭ މިލިއުއްވިބޭފުޅަކަށް

0
1
ދިރާސާ ދަރިވަރު

2 އަހަރު ކުރިން

ރޮވިއްޖެ. ވަރަށް އަސަރުގަދަ ފުޅާ ދާއިރާއެއްގެ ވިސްނުމެއްގައި ތަރުތީބުން ގެނެސް ދެއްވާފައިވާ ހަމަހަމަ ފޮޅުވަތްތަކެއް. ވަރަށް ރީތިކޮށް އަތުރާލާފައިވާ ޙަޤީޤަތް ތަޞައްވަރުކުރެވޭ ސާފު ލިޔުމެއް. މިފަދަ ވިސްނުންތެރި ލިޔުންތެރިންނަށް މިއަދު މިވަނީ ދެލިހުސްވެފައިވާ ގަލަންތަކުން ލިޔެގެން ތިޔަ ކުރާކަމެއް ކުރާށޭ ޤާނޫނީގޮތުން އަންގަވާފަ. މާނައަކީ ކިތަންމެ ވަރުހުރި ލިޔުމަކަސް ނަމަނަމަ ލިޔެ ޝުޢޫރު ފާޅުނުކުރައްޗޭ ހަރުކަށިކޮށް ބުނެ އަންގާފައި. ދެން އުފެދޭ ސުވާލަކީ މިފަދަ ލިޔުންތަކުން ަސަރު ދޭހަވާންޖެހޭ ފަރާތްތަކަށް ދޭހަވާނީ ކިހާވަރަކަށްތޯ! އެހުމެވެ. އެކަން އެނގިގެންދާނީ ކުރިއަށް އޮތްތަނުގައި ނިންމަމުންދާ ނިންމުމްތަކުން ކަންކަށަވަރު.

0
0
Ziyad

2 އަހަރު ކުރިން

Mulhin ragalhuvaahaka misarukaarakee hamabudhi hurimeehakuthaaeedhunukraane adhulu8nsaafu natheejaa OO Ijuthmaaee feyraam OO IIqthisaa dheedhulhaheyokan OO DHULUGEMINIVANKAN OO M.NASHEEDHUAA and Maomoonu Abdhul Qayyomu,QaasimIbraahim hisaanethi Y Nuvaane sorry dhaanulhuhvaa sigapore

0
0
ޢަހުމަދު

2 އަހަރު ކުރިން

ކުޅުދުއްފުށީ ދެއްކި ހިއްވަރަށް ހަމަ އައްސަރިބަހާއި ސާބަސް ދެން . މީގެ ފަހުން އެއްވެސް ބަޔަކަށް ގުނބޯ ހެެއްދިޔަދީގެން ނުވާން . ފިސާރި ސާބިތުވެ ތިބޭތި .......ހުސެން އާދަމް ހީރޯއަކަށް ވީފަދައިން ބޮޑުމުހައްމަދުބެ ލީޑަރަކަށް ވީ ފަދައިން ......މާލޭ ސަރުކާރު ޖެހިލުންވާ ރަށަކަށް މިރަން ހަދާލާތި ......

1
0