21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އުތުރު ކޮރެއާގެ މައްސަލަ

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

  • ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަމުން ދާތީ އުުތުރު ކޮރެއާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި
  • އުތުރު ކޮރެއާ އިން ދާދިފަހުން ބުނެފައި ވަނީ ދެކޮރެއާ ސަރަހައްދު އެމެރިކާ އިން ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން އުޅޭ ކަމަށް
  • އުތުރު ކޮރެއާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން މަތީ ދެމިތިބޭނެ ކަމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 7 މެއި 2017 | އާދީއްތަ 01:46 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  7. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން: އަސްކަރީ ބާރު ދެއްކުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުން -- ގޫގުލް

އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށް އެކަމާއި ގުޅޭ ތަފާތު ހަރަކާތް ހިންގުމަކީ ބައިނަލްއަގްވާމީ ގޮތުން އެގައުމަށް ނުހަނު ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، އަދި ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމެކެވެ.

އުތުރު ކޮރެއާއިން އެންމެ ފުރަތަމަ ކާމިޔާބުކަމާއިއެކު ނިއުކްލިއާ ޓެސްޓެއް ކޮށްފައި ވަނީ 2006 ގައެވެ. އެންމެ ފަހުން އުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓެއް ކޮށްފައި ވަނީ ސެޕްޓެމްބަރު 2016 ގައި ކަމަށްވާއިރު އެއަށްފަހު އެގައުމުން ވަނީ އާ ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފައެވެ. އަދި ބެލިސްޓިކް މިސައިލްތަކެއް ޓެސްޓުކޮށް، ލޯންޗްކޮށްފައެވެ.

އުތުރު ކޮރެއާގެ މިއަމަލުތަކާއި ގުޅިގެން އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް ނޮވެމްބަރު 2016 ގައި، އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ.

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން އަބަދުވެސް ގޯހެވެ. އެހެންނަމަވެސް ނިމިދިޔަ މާޗް 1 ގައި އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބޭއްވި އަސްކަރީ ޑްރިލްތަކުގެ ސަބަބުން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އިން އެއްގައުމުން އަނެއް ގައުމަށް ބާރު ދެއްކުމުގެ އަމަލުތަކާއި އަދި ރުޅިއެރުވުމުގެ އަމަލުތައް އާދަޔާ ޚިލާފަށް ވަނީ އިތުރުކޮށްފައެވެ. އުތުރު ކޮރެއާއިން ތުހުމަތު ކުރާ ގޮތުގައި އެމެރިކާ އާއި ދެކުނު ކޮރެއާ ބާއްވާ މިލިޓަރީ ޑްރިލްތަކަކީ އުތުރު ކޮރެއާ އަޅުވެތިކޮށް، ހިފުމަށް ބާއްވާ ރިހާސަލްތަކެކެވެ. ނުވަތަ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ވެރިކަށް ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތެކެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އުތުރު ކޮރެއާއިން ގަބޫލުކުރާގޮތުގައި، އެގައުމުން ނިއުކްލިއާ ހަތިޔާރު ގެންގުޅެން ޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ސަލާމަތްތެރިކަން ރައްކާތެރިކުރުމާއި، އިގްތިސާދީ ގޮތުން ގައުމަށް ދުޅަހެޔޮކަން ގެނައުމާއި، ބައިނަލްއަގްވާމީ މުޖުތަމައުގައި އިހްތިރާމާއި ގަދަރު ލިބުމަށެވެ. ފެންނަ ފެނުމަށް އަދި މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރަމުން ގެންދަނީ އެގައުމު އަމިއްލައަށެވެ. އަދި ހަމައެހެންމެ އެއްވެސް ގައުމަކުން އުތުރު ކޮރެއާއަށް ނިއުކްލިއާ ހަތިޔާރު ފޯރުކޮށްދޭ ކަމެއްވެސް އެނގިފައެއްނެތެވެ.

ނިމިދިޔަ އޭޕްރީލް 15 ގައި އުތުރު ކޮރެއާއިން ބޭއްވި އަސްކަރީ ބާރު ދައްކާލުމުގެ ޕެރޭޑެއްގައި އެގައުމުން ވަނީ ނިއުކްލިއާ ހަތިޔާރު ދައްކާލާފައެވެ. އަދި އެގައުމުން ބުނެފައި ވަނީ 2006 ގެ ފަހުން އެގައުމުން ފަސް ނިއުކްލިއާ ޓެސްޓު ކޮށްފައިވާ ކަމަށެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުން ނިއުކްލިއާ ވޯހެޑް ބޭނުންކޮށްގެން އުތުރު ކޮރެއާ އާއި އަވަށްޓެރި ގައުމުތަކަށް ހަމަލާދޭން އަދި އަހަރުތަކެއް ނަގާނެއެވެ.

އުތުރު ކޮރެއާ އިން ގެންގުޅެމުން ދަނީ ކިތައް ނިއުކްލިއާ ހަތިޔާރުތޯ މިއީ އުފެދޭ ސުވާލެކެވެ. އަންދާޒާ ކުރެވޭ ގޮތުން 2016 ނިމުނުއިރު އުތުރު ކޮރެއާ އިން ވަނީ ވިއްސަކަށް ނިއުކްލިއާ ހަތިޔާރު އުފައްދާފައެވެ. އެހެން ނަމަވެސް ގޮތް ނޭގޭ ކަމެއް އެބައޮތެވެ. އެއީ އުތުރު ކޮރެއާގެ ހަގީގީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އެއްވެސް ފަރާތަކަށް ކަށަވަރު ނުވާނުވުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް