25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ލޯކަލް ކައުންސިލް އިންތިހާބު

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

  • ހުރިހާ ވޯޓް ފޮށިތަކަކަށް ވޯޓްލުން ފެށުނީ 11:00 ގައި
  • ވޯޓް ކަރުދާސްކޮޅުގައި އިތުރު ފާހަގަތައް ދަނީ ޖަހަމުން
  • ބައެއް ވޯޓް މަރުކަޒުތައް ކައިރީގައި ވެސް ދަނީ ކެމްޕެއިން ކުރަމުން
ހުސައިން ފިޔާޒު މޫސާ | hussainfiyaz

| 6 މެއި 2017 | ހޮނިހިރު 17:45 | |

ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓް ލަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓްލުން މުޅި ރާއްޖޭގައި ކުރިއަށް ދާއިރު، އިންތިހާބުގައި ދިމާވާ މައްސަލަތަކާއި ޝަކުވާތައް ވެސް ގިނަ އެވެ.

 

ވޯޓްލާން ފެށުން ލަސްވެގެން ދިއުން

ލޯކަލް ކައުންސިލް އިންތިހާބު އިންތިހާބުގައި 422 ފޮށި ބަހައްޓާފައިވާއިރު، ގިނަ އަދަދެއްގެ ފޮށިތަކެއްގެ ވޯޓްލުން ފެށުނީ، މިހާތަނަށް އިންތިހާބެއްގައި ދުވަހަކު ވެސް ވޯޓުލާން ފެށުން ލަސް ނުވާހާ މިންވަރަށް ލަހުންނެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކުން ބުނި ގޮތުގައި ގާތްގަނޑަކަށް ތިރީހަކަށް ވޯޓް ފޮއްޓަށް ވޯޓުލުން ލަސްވެގެން ދިޔަ އެވެ.

 

އޭގެ ތެރެއިން ގިނަ ފޮށިތަކަށް ވޯޓްލާން ފެށުނީ، ވޯޓް ލާން ފެށުމަށް ކަނޑައަޅާފައި އޮތް، ގަޑިއަށް ވުރެ ތިން ގަޑިއިރު ލަހުން، 11:00 ހާއިރު އެވެ.

 

ވޯޓް ލާން ފެށުން ލަސްވި ސަބަބުތަކުގެ ތެރޭގައި މަރުކަޒަށް ވޯޓް ފޮށި ނުގެންދިއުމާއި ކަރުދާސް ނުގެންދިއުމާއި، ވޯޓް ފޮށި ނުގެންދިއުމުގެ އިތުރުން، އެހެން ބައެއް މައްސަލަތައް ވެސް ހިމެނެ އެވެ. އެގޮތުން، ވޯޓް މަރުކަޒަށް ގެންދިޔަ ވޯޓް ކަރުދާސް ބޮނޑިތަކުގެ އުނި އިތުރު އުޅެގެން ވެސް ވޯޓްލުން ލަސްވެގެން ދިޔަ އެވެ. އޮފިޝަލުން ހަމަނުވުމަކީ ވެސް އިންތިހާބު ފެށުން ލަސްވި ސަބަބެކެވެ.

 

އެންމެ ލަހުން ވޯޓުލުން ފެށުނު ފޮށިތަކުގެ ތެރޭގައި ހުޅުމާލޭގައި ހުރި ބައެއް ފޮށިތަކާއި މާލޭގައި ބަހައްޓާފައި ހުރި ބ. އަތޮޅު ފޮއްޓާއި، މާލޭގައި ބަހައްޓާފައި ހުރި ކިނބިދޫ ދާއިރާގެ ވޯޓް ފޮށި ހިމެނެ އެވެ.

 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ހޮނިހިރު ދުވަހު ހެނދުނު ވިދާޅުވި "ބައެއް ތަންތަނުގައި ވޯޓްލުން ނުފެށިގެން އުޅެނީ އޮފިޝަލުންގެ ޝޯޓޭޖެއް އުޅޭތީ،" ކަމަށެވެ.

ހާޒިރުވާނެ ކަމުގެ ޔަގީންކަން ދީފައި ބައެއް އޮފިޝަލުން ނައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

މިއީ މިފަދަ ގޮތަކަށް ގިނަ އަދަދެއްގެ އޮފިޝަލުން ހާޒިރު ނުގެވެން، އިންތިހާބަކަށް ބުރޫއެރި ފުރަތަމަ ފަހަރެވެ. މިހެން މި ދިމާވީ ކިހިނެހެއް ވެގެން ހެއްޔެވެ؟

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި، އޮފިޝަލުން މަދުވެގެން، ނުވަތަ ހާޒިރު ނުވެގެން އިންތިހާބަށް ބުރޫއެރުމަކީ، ދޯދިޔާ އިންތިހާޒުތަކެއް ހުރުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެން އިންތިހާބުގައި އަޅުގަނޑުމެން ހުންނާނެ، އޮފިޝަލުން އިތުރަށް ނަގާފައި. އެއީ މިފަދަ ބުރޫތައް އެރިޔަ ނުދިނުމަށް،" އޭނާ ވިދާޅުވި އެވެ.

 

ހާލުންތެރިއެއް ނުކުރޭ

އިންތިހާބުތައް އައުމުގެ މާ ކުރިން، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރެ އެވެ. ވޯޓް މަރުކަޒުތައް ހުންނަ ތަނާއި ނޫސްވެރިންނަށް މައުލޫމާތު ދިނުމާއި އޮބްޒާވަރުންނަށް ވެސް މައުލޫމާތު ދިނުން ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް މިފަހަރު ބައެއް ވޯޓް ފޮށިތައް ހުންނަ ތަންތަނާ މެދު ވެސް ހޭލުންތެރިއެއް އެކަށީގެންވާ މިންވަރަށް ނުކުރެ އެވެ. އަދި ނޫސް ކޮންފަރެންސްތައް ވެސް ބާއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެމުން ގެންދަނީ ވަކިވަކި މީޑިއާތަކަށެވެ. 

ފުލުހަކު ބުނި ގޮތުގައި މިއަދު ހެނދުނު ސެކިއުރިޓީ ބަލަހައްޓަން ފުރަތަމަ ފޮނުވީ، ސޯސަންގެ އަށެވެ. ނަމަވެސް އެތަނުގައި ވޯޓް ފޮށްޓެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ކޮލަމްބޯގައި ހުންނެވި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ވިދާޅުވީ، ސްރީ ލަންކާ ފަދަ ބޮޑު ގައުމެއްގައި ވޯޓްލުން ބާއްވާއިރު، ވޯޓް މަރުކަޒާ މެދު މައުލޫމާތު ދުރާލައި ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް، އެމްބަސީގައި ވޯޓް ފޮށި ބަހައްޓާކަން ވެސް ކުރިން ހާމަކޮށްފައި ނެތް ކަމަށާއި އެމްބަސީގައި އެފަދަ ބެނާއެއް ބަހައްޓާފައި ނުވަތަ ހަރުކޮށްފައި ވެސް ނެތް ކަމަށެވެ.

 

ފާހަގަ ޖެހުން، ފޭކް ކަރުދާސް، ވޯޓްލުން 

ވޯޓް ކަރުދާސްކޮޅުގައި އިތުރު ފާހަގަ ޖެހުމުގެ މައްސަލައަކީ ކޮންމެ އިންތިހާބެއްގައި ވެސް އެންމެ ބޮޑު މައްސަލަ އެވެ. މިކަމަކީ، ގާނޫނީ ގޮތުން ކުށަކަށް ނުވިޔަސް، އިންތިހާބެއްގައި ބަޔަކު ކުރާނެ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ވޯޓް ސިއްރުކަން ގެއްލިގެންދެ އެވެ.

އެހެންވެ، މިކަން ހުއްޓުވުމަށްޓަކައި، ސަރުކާރުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް، އެންމެ ފަހު މަރުހަލާގައި އެ ބިލް ފާސް ނުކުރީ ވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނެވެ. އިތުރު  ފާހަގަ ޖަހައިފި  ނަމަ، އެ ވޯޓެއް ބާތިލްވާނެ ކަމަށް އިދިކޮޅު މެމްބަރުން ތާއިދު ކުރި އެވެ. މިއީ ގާނޫނުގައި މަނާކޮށްފައި ނުވާ ކަމެއް ނަމަވެސް ގާނޫނުއަސާސީގައި ބުނެފައި ވަނީ ލާ ވޯޓަކީ ސިއްރު އެއްޗެއް ކަމަށެވެ. އެހެން ކަމުން ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ކުރާ ކޮންމެ ކަމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވާތީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ތަފާތު ފާހަގަތަކާއި ކޯޑްތައް ޖަހައިފި ނަމަ އެ ވޯޓެއް ބާތިލްވާނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ. 

މި ބިލް ފާސްކުރުމަށް ފަހު، އެންމެ ފުރަތަމަ އައި އިންތިހާބުގައި ވެސް އެންމެ ބޮޑު އެއް ޝަކުވާ އަކީ ކަރުދާސްކޮޅުގައި ފާހަގަ ޖެހުމެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން އެ މުވައްޒަފުންގެ ސާވިސް ނަންބަރު ވޯޓް ކަރުދާސްކޮޅު ޖަހަން އަންގަމުންދާ ކަމުގެ ޝަކުވާ ވެސް ލިބެމުންދެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވެސް ވިދާޅުވީ ވޯޓް ކަރުދާސްކޮޅުގައި އިތުރު ފާހަގަ ޖެހުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެކަމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަކްރަމް ވިދާޅުވި އެވެ.

ވޯޓް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިފަހަރުގެ އިންތިހާބުގައި ބައެއް މީހުން ވޯޓްލާން ދިޔައިރު، އެ މީހާގެ ނަމުގައި ވޯޓް ލާފައިވާ ކަމުގެ ޝަކުވާތައް ވެސް ލިބެ އެވެ.

ގަލޮޅު ދެކުނު ދާއިރާއާ މެދު ހެންވޭރު ދާއިރާގެ ފޮއްޓަކަށް، ވޯޓްލާންޖެހޭ ބައެއް މީހުން ދިޔައިރި، ވޯޓް ލާފައިވާ ކަމަށް، އެއް އޮފިޝަލުން ވިދާޅުވި އެވެ.

 

ނަމަވެސް، މި މައްސަލަ  ހުށަހަޅާފައި ނެތް ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކެމްޕެއިން ކުރުން

ވޯޓްލާ ދުވަހު ކެމްޕޭން ކުރުމަކީ މަނާކަމެކެވެ. ނަމަވެސް މިއަދު ވެސް ބައެއް ކެންޑިޑޭޓުން ކެމްޕޭން ކުރުން ކުރިއަށް އެބަދެ އެވެ. ފުލުހުން ބުނި ގޮތުގައި ހިރިޔާ ސްކޫލް ދެ މީހަކު ކެމްޕޭން ކުރަމުންދަނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ދ. މީދޫގައި ކެންޑިޑޭޓަކު ވޯޓް މަރުކަޒުގެ ތެރޭގައި ކެމްޕޭން ކުރަމުން ދަނިކޮށް، އެ ސަރަހައްދުން ވަނީ ބޭރުކޮށްފަ އެވެ.  

މިފަދަ އެތައް މައްސަލައެއް ހުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ސީރިއަސް ޝަކުވާތަކެއް ނެތް ކަމަށެވެ. އިންތިޚާބެއްގައި މަކަރު ހެދުމާއި ފޭކް ވޯޓް ކަރުދާސް ގެންގުޅުމާއި، ވޯޓުގެ ސިއްރުކަން ގެއްލުވާލުމާއި މަޖުބޫރުކުރުވުމާއި އިންތިޒާމްތަކުގެ ދޯހަޅިކަމުން ވޯޓުލާން ނުފެށި އެތައް އިރެއް ވެގެން ދިޔުމަކީ ސީރިއަސް މައްސަލަތައް ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުފެންނަ ނަމަ މި އިންތިހާބާ މެދު އިލެކްޝަންސް ކޮމިޝަނުން ސީރިއަސް ވަނީ ކިހާވަރަކަށްތޯ ސުވާލު އުފެދެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ts

1 އަހަރު ކުރި

Varah gada ah Ts ethereinna beyrun campaign kuramun eba dhey..

0
0
Fiyaazaa

1 އަހަރު ކުރި

Kaleymenah hama rangalhu ekkamehves nufennaane . Massala eh noon a ee . Thimaage dhari dhon futhu vaa usoolun Fuwad Thawfeeq kuraa kameh noony rangalhu nuvaane ekkamehves

0
0
ނޭނގޭ

1 އަހަރު ކުރި

މި މިހާތަނަށް މިވޯޓް ލާންދާ ގިނަ މީހުންނަކަށް ނޭނގެ ކިތަށް މީހުންނަކަށް ކަމެއް ވޯޓްލާން ޖެހެނީ، ރަށުކައުންސިލަށް ވެސް އަތޮޅު ކައުންސިލަށްވެސް، މިހާތަނަށް އެންމެ ގިނަ ބާތިލް ވޯޓު ލާނެ ފަހަރު ކަމަށް ބެލެވޭ

0
0