13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ބީއެމްއެލް

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

  • ސަޕްލިމެންޓަރީ ކާޑުތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ހިމެނޭ
ރިޒުނާ ޒަރީރު | RiznaZareer

| 5 މެއި 2017 | ހުކުރު 12:44 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ބީއެމްއެލް ނޫސްވެރިންގެ ބައްދަލުވުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް އާ ޕްލެޓްފޯމްއެއް ތައާރަފުކޮށްފިއެވެ.

 

އަލަށް ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި އޮންލައިން ބޭންކިން އަށް އަވަހަށް ލޮގިން ކުރެވޭނެ ކަމަށް ވަނީ ބީއެމްއެލް އިން ބުނެފައެވެ. އަދި ބޭންކް އެކައުންޓް ސްޓޭޓްމެންޓް ނެގުމަކީ ވެސް އަލަށް ތައާރަފުކުރާ ހިދުމަތްތަކުގެތެރޭގައި ހިމެނޭ ފީޗާއެއް ކަމަށް ބޭންކުން ބުނެއެވެ.

 

ބީއެމްއެލްގެ ހެޑް އޮފީހުގައި އެ ޕްލެޓްފޯމް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިހާރު ބޭންކުން ކުރިއަށް ގެންދާ ކޮންމެ 10 ޓްރާންސެކްޝަނުން ނުވަ ޓްރާންސެކްޝަން އަކީ އޮންލައިންކޮށް ކުރާ ޓްރާންސްއެކްޝަން ކަމަށެވެ.

 

 ހީލީ ވިދާޅުވީ އޮންލައިން ބޭންކިންގެ ހިދުމަތް ތަރައްގީ ކުރުމުގެ ފަހަތުގައި ބަލާފައިވަނީ އާންމުންގެ ހިޔާލުތަކަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އަލަށް ތައާރަފުކުރި ހިދުމަތްތަކުގެ ސަބަބުން އާންމުނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ހީލީ ވިދާޅުވިއެވެ.

 

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންނަށް ބެންކަށް ނުގޮސް އެތަނުގެ ހިދުމަތްތައް ލިބޭނެ ގޮތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

 

އޭނާ ވިދާޅުވީ އަލަށް ގާއިމުކުރި ހިދުމަތްތަކުގެ ތެރޭގައި ސަޕްލިމެންޓަރީ ކާޑުތަކަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ހިމެނޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް