23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

މޯލްޑިވްސް ކޮންސިއުމަރ ފެއަރ

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

  • މިއީ މި ފެއަރ ބާއްވާ 5 ވަނަ ފަހަރު
ރިޒުނާ ޒަރީރު | RiznaZareer

| 4 މެއި 2017 | ބުރާސްފަތި 23:50 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


މޯލްޑިވްސް ކޮންސިއުމަރ ފެއަރ -- ރާއްޖެއެމްވީ

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި އެވެ.

ބުރާސްފަތި ދުވަހު އާރޓް ގެލެރީގައި މިފެއަރ ހުޅުވައިދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޚަލީމެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޝޮޕިންގ ފެސްޓިވަލްގެ ގޮތުގައި ކުރިއަށްދާ މިފެއަރގައި 15 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އަދި މިއީ ހޯލްސޭލް ވިޔަފާރިވެރިންނާއި ރީޓެއިލް ވިޔަފާރިވެރިންނާއި ސަޕްލަޔަރުންނާއި މެނުފެކްޓްޗަރުންނަށް ޚާއްޞަ ފެއަރ އެކެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފެއަރގައި ރާއްޖެއަށް މުޅިން އަލަށް އުފެއްދުންތައް ތަޢާރަފްކުރުމާއި ސްޓޯލްތަކުން ވިޔަފާރި ކުރުމުން ހާއްސަ ޑިސްކައުންޓާއި ކާބޯތަކެތީގެ ރަހަ ބެލުމުގެ ފުރުޞަތާއި، ތަފާތު އެކި ވައްތަރުގެ މުދާ އެއްތަނަކުން ލިބިގެންދާނެ އެވެ.

އަދި ޢާންމުކޮށް ގޭތެރޭގައި ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނާއި ކާބޯތަކެތީގެ ބާވަތްތައްވެސް ސްޓޯލްތަކުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިފެއަރ އިންތިޒާމްކުރާ ބްލަކް ޕްރައިވެޓް ލިމިޓެޑުން ބުނީ މިފަހަރުގެ ފެއަރއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ކޮންމެ ގަޑިއަކު އެއްފަހަރު ލަކީޑްރޯއެއް ނެގުމަށާއި އަދި ކޮންމެ ދުވަހަކު ގްރޭންޑް ޕްރައިޒް ވިނަރއެއް ހޮވުމަށް ހަމަޖެހިފައި ކަމަށެވެ.

މިއީ، މޯލްޑިވްސް ކޮންސިއުމަރ ފެއަރ ބާއްވާ 5 ވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް