18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދައުލަތުގެ އާމްދަނީ

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

  • 2015 ގައި ލިބުނު އާމްދަނީއަށްވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީ އެއް ބިލިއަން ރުފިޔާ އިތުރު
  • ގްރީން ޓެކްސްގެ ގޮތުގައި އެކަނިވެސް މިދިޔަ އަހަރު ވަނީ 650 މިލިއަން ރުފިޔާ ވަނީ ލިބިފައި
އަމިނަތް ނުޒުހާ | Nuzuha

| 2 މެއި 2017 | އަންގާރަ 22:49 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -- ގޫގުލް

މިދިޔަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީއެއްގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

 

އެމްއެމްއޭގެ  ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ އޭގެކުރިން އަހަރުގެ އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ. އެގޮތުން 2015 ގައި ލިބުނު އާމްދަނީއަށްވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީއަކީ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

 

މިދިޔަ އަހަރު ދައުލަތަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑު ބައެއް ކަވަރުކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ވަނީ 13.1 ބިލިއަން ރުފިޔާ ލިބިފައި ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައެވެ.

 

ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި އެކަނިވެސް މިދިޔަ އަހަރު ވަނީ 650 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

 

ޓެކްސް ނޫން ގޮތުގައި އަމްދަނީއަށް ވަނީ 3.7 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2015 ވަނަ އަހަރަށްވުރެ ދަށް އަދަދެކެވެ.

 

އާމްދަނީ އިތުރުކުރުމަށް ހުށަހެޅުނު އާ ކަންތައްތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ތަންފީޒުކުރެވިފައިވަނީ ހަމައެކަނި ރެމިޓެންސް ޓެކްސް ނެގުން އެކަނި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ބޭސްމަލަން

2 އަހަރު ކުރިން

ސަރުކާރު މީހުން ކައިފަ ކިހާވަރެއްބާ އަހަރުމެންނާ ހަމަޔަށް ފޯރާނީ...ދެންތިބެފަ ބުނާނީ ބަޖެޓުގަ އޮތީ ދެކިބަ ފޯކާ ސާގުކިލޯއަކާއޭ، ވަރަށް ދައްޗޭ.

0
0