21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ސިޔާސީ ގައިދީން

ސިޔާސީ ޤައިދީންނަކީ ކޮބާ؟

 • ސިޔާސީ ކުށްވެރިން ނެތް ކަމަށް ސަރުކާރުން ބުނޭ
 • ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއް ކަމަށް ކުރިން އޮތް
 • ސިޔާސީ ޤައިދީއެއް ކަމަށް ކަނޑައަޅަނީ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހު

| 2 މެއި 2017 | އަންގާރަ 20:59 | |

މަގުބޫލް

 1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
 2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
 5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
 7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
 8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


މާފުށީ ޖަލު -- ގޫގުލް

ފަންނީ ގޮތުން ބަލާއިރު، ސިޔާސީ ކުށްވެރިއެއް ނުވަތަ ޤައިދީ (Political Prisoner) އެއް ކަމަށް ބުނެވެނީ ސަރުކާރަށް ތާއީދުނުކުރުމުގެ ސަބަބުން، ނުވަތަ ސިޔާސީ ތަފާތު ވިސްނުމަކަށް ތާއީދުކުރުމުގެ ސަބަބުން، ނުވަތަ ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމުގެ ޖަމާޢަތެއްގެ ބައިވެރިޔަކަށް ވުމުގެ ސަބަބުން ކުށްވެރިވެ، ޖަލަށް ލެވޭ މީހުންނަށެވެ. މިއީ އިނގިރޭސި ކެމްބްރިޖް ޑިކްޝަނަރީގައި އޮތް ސިޔާސީ ކުށްވެރިންގެ ތައާރަފެވެ. އަދި ޤާނޫނީ ރަދީފްގެ ޢާންމު ތަޢުރީފަކީ މިއެވެ. މި ތަޢާރަފަށް ބަލާނަމަ ރާއްޖޭގައި ސިޔާސީ ކުށްވެރިން ނެތްކަމަށް ސަރުކާރުން ބުނާ ބުނުން ވަރަށް ރަނގަޅެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއް ކަމަށް ކަނޑައަޅައި ޖަލަށްލެވިފައި ހުރި އެއްވެސް މީހަކު ނެތެވެ.

ސިޔާސީ ކުށްވެރިޔަކީ ކޮބައިކަން ކުރިން ބަޔާންކުރެވިފައި އެއޮތީ އޭރުގެ ޙާލަތަށް ބަލައިގެންނެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއް ކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް ޒަމާނުގައި ކަންވެފައި އޮތްގޮތެވެ. އެހެންނަމަވެސް، މިއަދު ތަޙްޒީބް، އަދި އިންތިހާއަށް މުނާފިޤު މުޖުތަމަޢުތަކުގައި ވެސް ސިޔާސީ ކުށްވެރިން ކަނޑައެޅެނީ އެ ތަޢާރަފަށް ބަލައިގެން ކަމުގައިވާ ނަމަ، ޤާނޫނަށް މަކަރު ހަދައި އޮޅުވާލުމުގެ ފުރުޞަތު ސަރުކާރުތަކަށް އޮންނާނެވެ.

ސަރުކާރާމެދު ފިތުނަ އުފެއްދިކަމުގެ ތުޙުމަތުގައި 1961 ވަނަ އަހަރު ޕޯޗުގަލްގައި ޖަލަށް ލެވުނު ދެ ދަރިވަރެއްގެ ދިފާޢުގައި އެމްނެސްޓީ އިންޓަނޭޝަނަލް ކިޔާ ޖަމާޢަތެއް އުފައްދާފައި ވެއެވެ. އެ ދެ ދަރިވަރުންގެ މައްޗަށް ތުޙުމަތުކުރެވުނު ކުށް ބިނާކުރެވުނު ޢަމަލަކީ މިނިވަންކަމަށް ވަކާލާތުކުރުމެވެ. އެ ދެ ދަރިވަރުންގެ ދިފާޢުގައި ތެދުވީ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށްވާ ޕީޓަރ ޖޭމްސްއެވެ. ޕީޓަރ ޖޭމްސް އެ ދެ ދަރިވަރުން ތަޢާރަފްކޮށްދިނުމަށް ބޭނުންކުރެއްވި ބަހަކީ “ޟަމީރުގެ ޤައިދީ” ނުވަތަ Prisoner of conscience އެވެ. އެއީ ‘ބޭއިންސާފަކީ ޒާތީކަމެއްކަމުގައި ދެކޭ 7 މިލިއަން މީހުން’ ގެ މައްޗަށް އެކުލެވޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ ފެށުމެވެ. ސަރުކާރާ މެދު ފިތުނަ އުފެއްދުން ނުވަތަ sedition އަކީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައި އޮވެއެވެ. އެ ކުށުގެ ތުޙުމަތު ކުރެވޭ މީހާއަކީ ސިޔާސީ ޤައިދީއެއް ކަމަށް ކަނޑައަޅަނީ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރެވުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ސިޔާސީ އިދިކޮޅު ހުރިހާ ފަރާތްތަކެއް ތިބީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ތާށިވެފައެވެ. ބައެއް ބޭފުޅުންނަށް ޙުކުމް ކުރެވި ތަންފީޛްކުރަމުންދާއިރު، ބައެއް ބޭފުޅުން ޙުކުމުގެ އިންތިޒާރުގައެވެ. އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކުރާ ތުޙުމަތަކީ ސިޔާސީ ވަކި ފިކުރެއް ގެންގުޅުމެއް ނޫނެވެ. ޓެރަރިޒަމް އާއި، ރިޝްވަތު ދިނުމާއި، ޤާނޫނު ތަންފީޛްކުރުމަށް ހުރަސް އެޅުމެވެ. އެހެންވީމާ އެއީ ސިޔާސީ ޤައިދީން ހެއްޔެވެ؟ ސަރުކާރުން އެ ބުނަނީ އެވާހަކައެވެ. ފަންނީ މާނަކުރުމަށް ބަލާއިރު އެއީ ސިޔާސީ ކުށްވެރިންކަމުގައި ނުބެލެވޭނޭ ވާހަކައެވެ.

ފިލިޕިންސްގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ KARAPATAN އިން ވަނީ މިއަށް ޖަވާބުދީފައެވެ. އެ ޖަމާޢަތުން ފިލިޕިންސްގެ ޙާލަތު ދިރާސާކޮށް ނެރެފައިވާ ފެކްޓް ޝީޓްގެ މައްޗަށް ބިނާކޮށް ސިޔާސީ ކުށްވެރިންގެ ތަޢާރަފެއްކަމުގައި ކަނޑައަޅާފައިވަނީ ސިޔާސީ ކުށްވެރިންނަކީ އެ ޤައުމެއްގައި ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން ޢާންމު ޖިނާއީ ކުށެއްގެ ތުޙުމަތު ބޮލުގައި އެޅުވިފައިވާ ވިކްޓިމުންނެވެ. އެމީހުންގެ މައްޗަށް ދަޢުވާކުރެވުނު ޙާލަތާއި، ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެ ދަޢުވާއަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދަޢުވާއެއްކަމަށް ފެންނަނަމަ އެފަދަ މީހަކީ ސިޔާސީ ކުށްވެރިއެއްކަމުގައި ބެލެވޭނޭ ކަމަށް އެ ޖަމާޢަތުން ދެކެއެވެ.

ދިވެހި ސަރުކާރުން އިނގިސޭރި ޑިކްޝަނަރީގެ ތަފްޞީލަށް ބަލައިގެން ތިއްބާ މުޅި ދުނިޔެ ރާގު ބަދަލުކޮށްފިއެވެ. ސަރުކާރު ފަޟީޙަތް ވެއްޖެއެވެ. ބަދަލުވި އާ ރާގަށް ބަލާއިރު، ދިވެހިރާއްޖޭގައި ޖަލަށްލެވި، ނުވަތަ ޙުކުމްކުރެވިފައި ތިބި ހުރިހާ ސިޔާސީ ފަރާތްތަކަކީ ސިޔާސީ ކުށްވެރިންނެވެ. ދިވެހިރާއްޖެއަކީ ސިޔާސީ ސަބަބުތަކަށްޓަކައި މީހުން ޖަލަށްލުމުގައި ހައްދުފަހަނައަޅާފައި އޮތް ޤައުމެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލު މަހުފޫޒް ސައިދު ލިޔުއްވާފައިވާ ލިޔުމެކެވެ. މަހުފޫޒަކީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓިމުގެ މެންބަރެއްގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކޮށްފައިވާ އަދި ކުރައްވަމުން ގެންދަވާ ވަކީލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް