13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ތަރައްގީ

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

  • ސަރުކާރުން ދަނީ ބޭރުގެ އިންވެސްޓަރުންނާއެކު ހަދާ އެއްބަސްވުންތައް ބާތިލް ކުރަމުން
  • ކޯޓްތަކުން އިންސާފް ކަޝަވަރެއް ނުވޭ
  • ނޭރުގެ އިންވެސްޓަރުންނަށް ރައްކާތެރި މާހައުލެއް ނެތް
ސަހުބާން ފަހުމީ | sahubaan

| 30 އޭޕުރިލް 2017 | އާދީއްތަ 15:59 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމީއްޔާތެއްގެ ތެރެއިން -- ރާއްޖެއެމްވީ

މި ސަރުކާރުން ވެސް ވަރަށް އަޑުގަދަކޮށް ދައްކާ ވާހަކައެވެ. ދިވެހިރާއްޖެ ސިންގަޕޫރަށް ހަދާލާނަމެވެ. ރަށްފުށުގެ ފަޤީރު އަވަށްގަނޑެއްގެ ގޮތުގައި މީގެ 50 އަހަރު ކުރިން އޮތް ރަށެއް އޭޝިޔާގެ އަދި ދުނިޔޭގެ ވަރުގަދަ އިޤްތިޞާދަކަށްވަނީ ބަދަލުވެފައެވެ.

ސިންގަޕޫރުގެ ރައްޔިތުން ހުވަފެނުންވެސް ނުދެކޭހާ ތަރައްޤީ ގެނުވައިފިއެވެ. އަވަށްޓެރިންނާއި ދުނިޔެ ސިއްސުވާލި އަދި އެއީ ނަމޫނާ ތަރައްޤީއެއްކަމަށް ދުނިޔެވެސް ބަލައިގެންފައިވާ ތަރައްޤީއެވެ. ރާއްޖެއަށްވުރެ އެއްމަސްފަހުން މިނިވަންކަން ލިބުނު ސިންގަޕޫރަށް ފަތުއަޑުކިޔާފައި ލިބުނު ތަރައްޤީ ރާއްޖެއަށް ނުލިބޭންވީ ކީއްވެހެއްޔެވެ؟ ރަނގަޅު ސުވާލެކެވެ. ޖަވާބުވެސް އެހާމެ ސާދާއެވެ. އިންސާފެވެ. އިންސާފަށް އޮތް އިތުބާރެވެ.

ސިންގަޕޫރުގެ ކޯޓުގެ ތަކުގެ ތަޞައްވުރަކީ ނަތީޖާނެރެވޭ އަދި އެންމެނަށްވެސް ފަސޭހައިން މައްސަލަ ހުށަހުޅޭ ނިޒާމެއްގެ ދަށުން ޢާއްމުންނަށް އިތުބާރާއި ޔަޤީންކަން ލިއްބައިދިނުމެވެ. ކޯޓްތަކުގެ މަޤްޞަދަކީ ފޭރާންހެޔޮ އިންސާފުުވެރި ޙުކުމްތަކަށްވުމާއި، އަވަސްކަމާއެކު މައްސަލަތައް ހައްލުކުރުމާއި، އާދަޔާ ޚިލާފު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދީގެން ރައްޔިތުންނަށް ޚިދުމަށް ދިނުމެވެ.

ކޯޓުތަކުގެ އަސާސީ ވެލިއުސްއަކީ ހަމަހަމަކަމާއި، އެންމެނަށް ފަސޭހައިން މައްސަލަ ހުށެހެޅޭނެގޮތް އޮތުމާއި، މިނިވަންކަމާއި، ނަޒާހަތްތެރިކަމާއި، ތަޢައްޞުބެއްނެތުމާއި، އިޖާބީ ގޮތުން ޢަމަލުކުރުމެވެ. ކޯޓުތަކުގެ ޚިދުމަތް އަބަދުވެސް އަމާޒުކޮށްފައިވަނީ ކޯޓްތަކުގެ ބޭނުން ހިފާ ފަރާތްތައް ހޯދަން އެދޭ ޚިދުމަތަށް ފޯކަސް ކުރުމެވެ. ކޯޓްތަކުގެ ޙުކުމްތަކަކީ އިންސާފުވެރި އަދި ތަޢައްޞުބެއް ނެތް ޙުކުމްތަކަށް ވުމެވެ.

ކޯޓްތަކުގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބައެއްކަމަށް ޔަޤީންކުރުމެވެ.  ކޯޓްތަކުގެ ރިކޯޑްތަކަކީ ފުރިހަމަ އަދި ޞައްޙަ މަޢުލޫމާތުތައްކަމަށް ގައިމުކުރުމެވެ.

 ހަމައެހެންމެ ޢަދުލުވެރިކަމާއެކު ޙުކުމް ކުރުމުގައި ސިންގަޕޫރު ކޯޓްތަކަށްވަނީ 5 ވަނަ ދަރަޖަ ލިބިފައެވެ. ވޯލްޑް އިކޮނޮމިކް ފޯރަމްގެ "ގްލޯބަލް ކޮމްޕެޓިޓިވްނެސް ރިޕޯޓް 2013-2014" ގައި ކޯޓްތަކުން ކުރާ ޙުކުމްތަކުން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން އަދި އިޤްތިޞާދީ މަސައްކަތްކުރުމުގައި ހަމަޖެހުމާއި އިތުބާރު ލިއްބައިދިނުމުގައި ސިންގަޕޫރުގެ ކޯޓްތައް އޮތީ 148 ޤައުމުތަކުގެ ތެރެއިން 12 ވަނަ ދަރަޖައިގައެވެ.

ފްރޭސަރ އިންސްޓިޓިއުޓްގެ "އިކޮނޮމިކް ފްރީޑަމް އޮފް ދި ވޯލްޑް ރިޕޯޓް 2013" ގައި، ޢަދުލުއިންސާފާއި ޤާނޫނީ ނިޒާމު އަދި މުދަލުގެ މިލްކުވެރިކަމާގުޅޭ މިނިވަންކަމަށް ބަލާއިރު، 52 ޤައުމުގެ ތެރެއިން ސިންގަޕޫރުގެ ކޯޓްތަކުގެ ޢަދުލުއިންސާފާއި އެ ޤައުމުގެ ޤާނޫނީ ނިޒާމް 5 ވަނަށް ދަރަޖަކުރެވޭއިރު، އޭޝިޔާ ޤައުމުތަކުގެ ތެރެއިން ސިންގަޕޫރު އަންނަނީ 1 ވަނަ ދަރަޖައަށެވެ.

މިދެންނެވި ކަންތައްތައް ހެކި ދެނީ ސިންގަޕޫރުގެ ޢަދުލުގެ ނިޒާމުގެ އިންސާފުވެރިކަމަށާއި، އެ ނިޒާމަށް އޮތް އިތުބާރެވެ. ސިންގަޕޫރު ކޯޓްތަކުން އިންސާފު ގާއިމުކޮށްދޭނެކަމަށް އޮންނަ އިތުބާރުގެ ސަބަބުން އިޤްތިސާދީ މަސައްކަތްކުރުމަށް ފަހި ވެއްޓަކަށް ސިންގަޕޫރުވަނީ ވެފައެވެ.

އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ ރައުސްމާލު ސިންގަޕޫރުގެ އިޤްތިސާދަށް ލައި، އެއިން ނަފާ ހޯދުމަށް އަންނަނީ އިންސާފުން މެނުވީ ވިޔަފާރީގެ މުޢާމަލާތްތައްވެސް އަދި އެނޫން މުޢާމަލާތްތައްވެސް ރޫޅާ ނުލާނެކަމުގެ ޔަޤީންކަން އޮވެގެންނެވެ. ސިންގަޕޫރުގެ ސަރުކާރުން ނުވަތަ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުވައްޒަފަކުވެސް ޤާނޫނާ ޚިލާފަށް ކަންކަން ކޮށްފިނަމަ، އިންސާފު ގާއިމުކޮށްދޭނެ ކަމުގެ އިތުބާރު އޮވެގެންނެވެ.

ސިންގަޕޫރު ކޯޓްތަކުގެ ޢަދުލުވެރިކަމުގެ ސަބަބުން ސިންގަޕޫރު ސަރުކާރަށް، މުއައްސަސާއަކަށް، ކުންފުންޏަކަށް، އަދި މުވައްޒަފަކަށްވެސް ޤާނޫނީ ރޮނގު ހުރަސްކުރުމަށް ނުވަތަ ރިޝްވަތުގެ ޢަމަލު ހިންގުމަށް ފަސްޖެހެއެވެ. އަދި ޤާނޫނީ ރޮނގު ހުރަސްކޮށްފިނަމަ ނުވަތަ ފަސާދައިގެ ޢަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅައި، އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ބަދަލު ދެއެވެ. ޤާނޫނަށްވުރެ ސަރުކާރު ނުވަތަ އެއްވެސް މީހަކު އިސްނުވާނެކަމާއި، ޤާނޫނާ އެއްގޮތަށް ކޯޓްތަކުން ކަންކަން ކުރާނެކަމުގެ ޔަޤީންކަށަވަރުކަން ހުރިހާ ފަރާތްތަކަށްވެސް ލިބިފައިވެއެވެ.

މިދެންނެވި ޔަޤީންކަމަކީ ސިންގަޕޫރު، ސިންގަޕޫރަކަށް ވެގެންދިޔަ މައިގަނޑު އަސާސެވެ. މިޔަޤީންކަމުގެ ދަށުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން ސިންގަޕޫރު ޚިޔާރުކޮށް، ފަޤީރު އަވަށްގަނޑެއް ދުނިޔޭގެ އިޤްތިޞާދީ ބާރަކަށް ވީއެވެ. ތަރައްޤީ އާއި ވިޔަފާރީގެ ނާރެހަކަށް ވީއެވެ.

 ހަގީގަތަކީ އިޤްތިޞާދެއް ބިނާކުރެވޭނީ ވިޔަފާރީގެ އިންވެސްޓްމަންޓް އިތުރުކުރެވިގެންނެވެ. އިޤްތިޞާދުގައި ނެތްނަމަ ބޭރުން އިންވެސްޓްމަންޓްތައް ގެނެސްގެންނެވެ. އިންވެސްޓްތަކަށް ފަހި މާހައުލެއް ޤާއިމުވެގެންނެވެ. އެކަމަށް ބޭނުންވަނީ އެކަށޭނަ ޤާނޫނީ އަދި ޢަދުލުވެރި ނިޒާމެކެވެ. ރަނގަޅު ޤާނޫނުތަކުގެ އިތުރުން ޤާނޫނާ އެއްގޮތަށް އިންސާފު ގާއިމުކުރެވޭނެ ކަމުގެ އިތުބާރު އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށާއި، މަސައްކަތްތެރިންނަށް ލިބިގެންނެވެ.

ދައުލަތާ ނުވަތަ ސަރުކާރާއެކު ކުރެވޭ ކޮންޓްރެކްޓްތަކާމެދު ދައުލަތުން ދެކޭގޮތަކީ، އެފަދަ ކޮންޓްރެކްޓްތަކަކީ ސަރުކާރުން ބޭނުންއިރަކު ބޭނުންވުމުން ސަރުކާރުން އަމިއްލައަށް ބާޠިލުކުރެވޭނެ ކޮންޓްރެކްޓްތައް ކަމަށެވެ. މިއީ ދައުލަތުގެ ބަންޑާރަ ނައިބު ބަހެވެ. ސަރުކާރާއެކު ވެފައިވާ ކޮންޓްރެކްޓްތައް ސަރުކާރުން ބާޠިލުކުރުމުން، އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން، ކޯޓްތަކަށް ހާޒިރުވެ ބަންޑާރަނައިބްގެ ފަރާތުން ދައްކާ ހުއްޖަތަކީ ކޮންޓްރެކްޓް ސަރުކާރުން އަމިއްލައަަށް ބާޠިލުކުރެވޭނެކަމެވެ.

އިސްލާމީ މަރުކަޒުގައި ކާޕެޓް އެޅުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތަކާއެކު ވެވުނު ވިޔަފާރީގެ އުޞޫލުން ޚިދުމަތެއް ދިނުމުގެ ކޮންޓްރެކްޓް ސަރުކާރުން ބާޠިލުކުރި މައްސަލާގައިވެސް ސަރުކާރުގެ ބަހަކީ އެފަދަ ކޮންޓްރެކްޓް ސަރުކާރު އަމިއްލައަށް ބާޠިލުކުރެވޭނެ ކަމާއި، ކޮންޓްރެކްޓް ބާޠިލުކުރީ ޞައްޙަ މަގުން ކަމަށެވެ. ރިސޯޓް ހެދުމަށް ރަށްތަކެއް ދިނުމަށްފަހު، އެރަށްތަކުގެ ކުލީގެ ކޮންޓްރެކްޓް ސަރުކާރުން ބާޠިލުކުރި މައްސަލާގައިވެސް ބަންޑާރަނައިބުގެ ބަހަކީ އެފަދަ ކޮންޓްރެކްޓްވެސް ސަރުކާރުން އަމިއްލައަށް ބާޠިލުކުރެވޭނެ ކަމަށާއި، ސަރުކާރުގެ އެ ޢަމަލު ޞައްޙަކަމާއި، ގެއްލުމުގެ ބަދަލު ދޭންނުޖެހޭނެ ކަމަށެވެ.

އެހެންކަމުން ވިޔަފާރި ކުރުމުގެ ނިޔަތުގައި ސަރުކާރާއެކު ވެވޭ ކޮންޓްރެކްޓްތަކަކީ ސަރުކާރުން ބޭނުންވުމުން އަމިއްލައަށް ބާޠިލުކުރުމުގެ ޤާނޫނީ ޙައިޞިއްޔަތު ސަރުކާރު އޮތްކަމާއި، އެކަމުގެ ސަބަބުން ގެއްލުމުގެ ބަދަލު ދޭންނުޖެހޭނަކަމަށް ވިދާޅުވާ ސަރުކާރެއްގެ ނުވަތަ ދައުލަތަކީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ފަހި އަދި އިތުބާރުއޮތް ވެއްޓަކަށްވާނެ ހެއްޔެވެ؟

ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކީ ބޭރުގެ އިންވެސްޓަރުން ބޭނުންވާ ޔަޤީންކަމާއި އިތުބާރު ޤާއިމުކޮށްދޭ އޮނިގަނޑެއްބާވައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަކީ ބޭރުގެ އިންވެސްޓަރުން ގެނައުމަށް އަމާޒުހިފި އެންމެ މުހިމު ޤާނޫނެވެ. މި ޤާނޫނުގެ ފުރިހަމަ ފައިދާ ލިބިގެންދާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕްރޮސިޖަރތަކުންނެވެ.

އެ ޤާނޫނުގެ ދަށުން އިންވެސްޓްމަންޓް ގެނެވޭއިރު، ދެފުށްފެންނަ ސިފަ ނެތްނަމަ އުފެދޭ ޝައްކުތަކާއި ވަހުމުތައް ގިނަވާނެއެވެ. ދެން އަންނަ ސަރުކާރަކުން އެފަދަ އިންވެސްޓްމަންޓްތަކަށް އިތުބާރުނުކޮށް، އެ އިންވެސްޓްމަންޓްތައް ގައުމުން ބޭރުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. މިޤާނޫނުގެ ދަށުން އައިކަމަށްބުނާ ފުރަތަމަ އިންވެސްޓްމަންޓް ކަމުގައިވާ ދުބާއީ ޕޯރޓުން ތިލަފުށީގައި ބައިނަލްއަޤްވާމީ ބަނދަރެއް ޤާއިމުކުރުމުގެ ޕްރޮޖެކްޓް ދިނުމުގައި ދެފުށްފެންނަގޮތް ނެތުމުންނާއި ފަސާދައިގެ ޢަމަލުތައް ހުރިކަމަށް އިދިކޮޅު ފަރާތްތަކުން ޝައްކުކޮށް، އެފަރާތްތަކުން ސަރުކާރާ ޙަވާލުވާ ދުވަހެއްގައި އެ ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ނުހިތާނެކަމަށް މިހާރުވެސް ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އެސް.އީ.ޒެޑް. ޤާނޫނުގެ ދަށުން އިންވެސްޓްކުރުމަށްތިބި ފަރާތްތައްވެސް އެތިބީ ހަތަރުއަނގޮޅިއެއްގައެވެ.

ވިޔަފާރިއަށް ފަހި މާހައުލެއްގައި ހުރުން ލާޒިމު އަނެއްކަމަކީ އުފެދޭ ދެބަސްވުންތައް ހަލުވިކޮށް އަދި އިންސާފުވެރިކޮށް ނިންމޭނެކަމުގެ ޔަޤީންކަމާއި އިތުބާރު އޮތުމެވެ. ކޯޓްތަކުން ލިބިދޭ އިންސާފުގެ ބަދަލުގައި އެހެންގޮތަކުން މައްސަލަތަކަށް ހައްލު ހޯދުމުގެ ނިޒާމަކީ (އޯލްޓަރނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން) ތަރައްޤީވެފައިވާ ޢަދުލުއިންސާފުގެ ނިޒާމު އޮންނަ ޤައުމުތަކުން ބަލައިގެންފައިވާ ނިޒާމެވެ.

ސަރުކާރާއި ބޭރު ޤައުމުތަކާމެދު ކުރެވޭ ކޮންޓްރެކްޓްތަކާއި، ސަރުކާރާއި ބޭރުގެ ވިޔަފާރިތަކާމެދު ކުރެވޭ ކޮންޓްރެކްޓްތަކުގައި މައްސަލަ ހައްލުކުރުމަށް ބޭރުގެ ތަޙްކީމީ އިދާރާތަކަށް ހުށަހެޅުމަށް ލިޔުމަކީ، އެފަރާތްތަކުން ކޯޓްތަކަށް އޮތް އިތުބާރު އޮތް މިންވަރު އަންގައިދޭ ކަމެކެވެ.

އިންޑިޔާގެ ޖީ.އެމް.އާރ އާއި ސަރުކާރާ ދެމެދު ކޮށްފައިވާ ކޮންޓްރެކްޓް ސަރުކާރުން ރޫޅާލުމުން، މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ހުށަހެޅުން މިކަމުގެ މިސާލަކަށް ފުދެއެވެ. ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް ރާއްޖޭގެ ގާނޫނީ ވަކީލުން ދޭ ގާނޫނީ ލަފާތަކުގައިވެސް މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ކޯޓްތަކާއި ގާނޫނު ހިޔާރުކުރުމުގެ ބަދަލުގައި ސިންގަޕޫރު ނުވަތަ އެނޫންވެސް ގައުމެއްގެ ތަޙްކީމީ އިދާރާއެއް ހިޔާރުކުރުމަށް ލަފާދެއެވެ.

ރާއްޖޭގައި މަދަނީ އިޖްރާއާތުގެ ގާނޫނެއް ނެތުމަކީ ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް ދާންޖެހޭ މަގު މައްސަލާގައި ހިމެނޭ ފަރާތްތައް ސާފުނުވާ ސަބަބެކެވެ. އެހެންމެ ކުރެވޭ ޙުކުމްތައް ތަންފީޒުކުރުމަށް ބޭނުންވާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުމުން، ބޮޑެތި އަދަދުގެ ފައިސާ ދެއްކުމަށް ކޯޓުން ކުރާ ހުކުމްތައް ތަންފީޒުވުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އެހެންކަމުން މައްސަލައެއް ބަލައި ނިމި ޙުކުމެއް އައި ނަމަވެސް މައްސަލަ ކާމިޔާބުވި ފަރާތަށް މަޢުނަވީ ނަތީޖާއެއް ނުލިބެއެވެ.

ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ އދ. ގެ ރެޕޮޓްއާ ގަބްރިއެއްލާ ކުނާލް ރާއްޖެއާބެހޭގޮތުން 21 މެއި 2013 ގައި ނެރުއްވާފައިވާ ރިޕޯޓްގައި މިހާރުގެ އިޤްތިޞާދީ މާހައުލަށް ނިސްބަތްކޮށް ބަލާއިރު ބޭނުންވާ ވިޔަފާރިއާއި ކޯޕަރޭޓް ގަވާއިދުތައް ހެދުމަށް ސަމާލުކަންދީފައިނުވާކަމެވެ. އަދި ޢަދުލުވެރި ޙުކުމްކުރުމަށްޓަކައި ވަށާޖެހޭ، އެއްގޮތަކަށް ޢަމަލުކުރާ ފުރިހަމަ ޤާނޫނީ ނިޒާމެއް ގާއިމުކުރުމަށް އާ ޤާނޫނުތައް ހަދައި، މިހާރު ހުރި ޤާނޫނުތަކަށް އިޞްލާޙް ގެންނަންޖެހޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.  އެހެން އިޤްތިޞާދު ފަދައިން، ރާއްޖޭގައިވެސް އިންވެސްޓަރުންނަށް ފަހި މާހައުލެއްނެތީސް، އެތެރެއިންވެސް ބޭރުންވިޔަސް އިންވެސްޓްމަންޓެއް ނާންނާނެއެވެ. އަސާސީ ކަމަކީ އިންވެސްޓަރުންނަށް އިތުބާރު ޤާނޫނީ ނިޒާމަކާއި އިންސާފު ލިބިދެވޭނެ ނިޒާމެއް އޮވެގެންނެވެ. ސިންގަޕޫރަށް ތަރައްޤީ އައީ މިދެންނެވި ކަންކަން ރޭވި، ގައިމުކުރެވިފައި އޮތުމުންނެވެ.

އިންސާފެއް ނެތި އިންވެސްޓްމަންޓެއް ނާންނާނެކަން ސިންގަޕޫރު އެވަނީ ދަސްދީފައެވެ. ސިންގަޕޫރު ލިޔެދިން ފިލާވަޅު ރާއްޖެއިން ދަސްކޮށް އެއަށް ޢަމަލުކުރުމުން މެނުވީ ސިންގަޕޫރު ހޯދި ތަރައްޤީ ނުލިބޭނެއެވެ. ހަޤީޤަތަކީ މިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖަޖުކަލޭގެ

2 އަހަރު ކުރިން

އިންސާފުގާއިމުނުކޮއް ތަނެއްގެ ހަމަޖެހުމެއް އައިސް ތަރައްގީނުކުރެވޭނެ ކަން އެންމެނައްވެސް އެގޭ.. އކެންއެންމެބޮޑައް އެގެން ޖެހެނީ ސަރުކާރުން ބޮޑުމުސާރް ދެއްވާފައި ގާނޫނާއި އެއްގޮތައް ހުކުމް ކުރަން ލައްވަވާފައިވާ ޖަޖުން... މިހާރު ކަންދާގޮތުން ރައްޔިތުން ސުވާލު އުފައްދަވާއެކަން އެބޭފުޅުންނައް އެގިލައްވާތޯ.... މީހުން ތުހުމަތުކުރޭ އެބޭފުޅުންނައް ހީވާހެން އެބޭފުޅުން ހުކމް ކުރަންޖެހޭނީ ވަކިބަޔަކު ބުނާގޮތެއް ކަމައް.

0
0
ހ މ ޒ

2 އަހަރު ކުރިން

މި ސަރުކާރުން ވެސް ވަރަށް އަޑުގަދަކޮށް ދައްކާ ވާހަކައެވެ! ކުޑަ ރަށެއްގެ ކައުންސިލަށް ކުރިމަތިލިޔަސް ނަޝީދު ނުހޮވޭނެ؟ ރަނގަޅު ސުވާލެކެވެ2018؟ ރައީސް ޔާމީން ހޮވޭނެކަމާމެދު ޝައްކު ނުކުރުމަށް! ރައީސް އަބްދުﷲ ޔާމީން، ﷲގެ ވާގިފުޅާއެކު! "އަޑުއައްސަވާ 2018 ގައި މިގައުމުގެ ވެރިކަން ކުރައްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ﷲގެ ވާގިފުޅާއެކު" ރައީސް ޔާމީންއަކީ ވަކި މީހަކަށް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާ ބޭފުޅެ، އްކޮރަޕްޓް މީހުން ޖަަލަށް ލެވޭނެ ރައީސްއަކު ހުރުމަކީ މިގައުމުގެ ނަސީބު، ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ގޯހުން ކަމެއް ކުރައްވާނަމަ، އެކަން ހާމަކުރުމުން އެކަންކަން ރަގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށާއި މިހާތަނަށްވެސް ސަރުކާރުން ކަންކަން ކުރައްވާފައިވާނީ އެ ގޮތަށްކަމަށެވެ! ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ. އަދި އެކަމުގައި ރައްޔިތުންނަށް ކަމުނުދާކަމެއް އޮތްނަމަ އެކަމެއް ދޫކޮށްލައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ! ސަރުކާރުން ރާއްޖެ، ތަރައްޤީކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްވެސް ފަރާތަކުން އުނދަގޫ ކުރިމަތިނުކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ! އަދި އިދިކޮޅު ފަރާތަކުން ރައްޔިތުންގެ މަސްލަހަތާއި ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރައްވާނަމަ ސަރުކާރުން ހައްދަވާ ގޯސްތައް ބުނެދީ މަގު ދައްކައިދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ! އެފަދަ ޚިޔާލުތައް އަޑުއެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުންނާނެކަމަށާއި މިހާތަނަށްވެސް އެފަދަ ކަންކަން ރަގަޅުކޮށްފައިވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ! އަދި ރާއްޖޭގެ އިޖްތިމާޢީ ވެށި އަމާން، ވެށްޓަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއްކަމަކީ، ރައްޔިތުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކުރެއްވުމުގެ މަސައްކަތެވެ!؟= މިމަސައްކަތުގައި އެންމެ އަިމާޒް މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ ދިވެހި ފުލުހުންނެވެ! ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި މުޖުތަމަޢުގައި ކުށްކުރާ މިންވަރު ވަނީ މަދުވެފައެވެ! ރާއްޖޭގެ އިޖްތިމާޢީ ވެށި ރައްކާތެރި ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް!؟

0
0