15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ގެޓްސެޓް

ގެޓްސެޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

  • ފުރަތަމަ ބުރުގެ ލޯން ވަރަށް ކާމިޔާބު
ސަހުބާން ފަހުމީ | sahubaan

| 30 އޭޕުރިލް 2017 | އާދީއްތަ 00:42 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި
  8. ވިޔަފާރިވެރިން އިސް ނަގައިގެން އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވައިފި


އިކޮނޮމިކް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ގެޓްސެޓްގެ މެނޭޖަރ މަހީލް އަލީ ޖަލީލު ވާހަކަދައްކަވަނީ -- ރާއްޖެއެމްވީ

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 25 މިލިއަން ރުފިޔާގެ ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

އިކޮނަމިކް މިނިސްޓްރީން ކުރިން ހަމަޖައްސާފައި އޮތް ގޮތުން ނަމަ މި އަހަރުގެ ގެޓްސެޓް ލޯނަށް ކުރިމަތިލެވޭނީ މި މަހުގެ 16 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ލޯނަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގިނަ އަދަދެއްގެ ޒުވާނުން ގެޓްސެޓް ލޯނަށް ކުރިމަތިލާން އަދިވެސް ބޭނުންވާތީ ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމެވެ.

ގެޓްސެޓް ލޯނުގެ ސްކީމުގެ ފުރަތަމަ ބުރުގައި 25 މިލިއަން ރުފިޔާ 74 ފަރާތަކަށް ދީފައިވެއެވެ.

ގެޓްސެޓަކީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލާފައިވާ ލޯންސްކީމެކެވެ. މި ލޯނަށް އެދެވެނީ ތިން ލައްކަ އާއި އަށް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.

ގެޓްސެޓަށް ފޯމު ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް