20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

އުރީދޫ

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

  • ކުއިކް ކައުންޓަރތަކެއް ވަނީ ޤާއިމްކޮށްފައި
  • ސެލްފް-ކެއާ ޕޯޓަލްތަކެއް ހިމެނޭ
ރިޒުނާ ޒަރީރު | RiznaZareer

| 28 އޭޕުރިލް 2017 | ހުކުރު 03:59 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވުން -- އުރީދޫ

އުރީދޫ މޯލްޑިވްސް އިން މުޅިން އައު އެކްސްޕީރިއަންސް ސެންޓަރ އެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

 

ނިރޮޅުމަގުގައި އަލަށް މި ހުޅުވި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހުޅުމާލޭގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށް ކަމަށް އެކުންފުނިން ބުންޏެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުރީދޫގެ އާ އޯއީސީ ހުޅުމާލެ ހުޅުއްވައިދެއްވީ އުރީދޫގެ އެމްޑީ ވިކްރަމް ސިންހާ އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި އުރީދޫގެ ކަސްޓަމަރ ކެއަރ ހެޑް ގުލްނާޒް މާހިރުއެވެ.

 

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކަށް އެކަށޭނެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރ ހުޅުމާލޭގައި ހުޅުވުމަކީ، ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

 

 އުރީދޫގެ މި ފިހާރައިގައި، ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ފޯރުކޮށްދޭ ސެލްފް-ކެއާ ޕޯޓަލްތަކެއް ހިމެނޭނެ އެވެ. އަދި ކަސްޓަމަރުންނާ މަޝްވަރާކޮށްގެން ސީދާ ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ޤަބޫލުކުރުމާއެކު، އެންމެ ފުރިހަމައަށް މިޚިދުމަތްވެސް ފޯރުކޮށްދެވެމުން ދާނެ ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

 

މި އައު އެކްސްޕީރިއެންސް ސެންޓަރ އިން، އުރީދޫގެ ކަސްޓަމަރ ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ އުރީދޫ ވެދުން އިން ލިބިގެންދާ ޕޮއިންޓްތައް ރިޑީމްކުރުމުން، އޭގެ ބަދަލުގައި ވަރަށް ޚާއްޞަ، ފައިދާހުރި އިނާޔަތްތައް ހޯދޭނެއެވެ.

 

އަދި ކުދި ކުދި ކަންކަމުގައި، އެއްވެސް ކިއު އެއްގައި މަޑުކުރުމަކާއި ނުލާ ޚިދުމަތް ފޯރުކޮށްދޭ ކުއިކް ކައުންޓަރތައް ހިމެނެއެވެ.

 

މީގެ އިތުރުން "އެކްސްޕީރިއަންސް ޒޯން" ގައި އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ޓެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އޯއީސީ ހުޅުމާލޭގައި، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރީމިއަމް ލައުންޖެއްވެސް ވަނީ ގާއިމްކުރެވިފައި ކަމަށް އުރީދޫއިން ބުންޏެވެ.

 

އެހެނިހެން އޯއީސީތަކާއި އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ރޭގަނޑު ދިހައެއްގެ ނިޔަލަށް ޚިދުމަތްލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް