16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މަގޭ ރިޕޯޓް

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

  • ސަލާމަތްވީ 9 ދުވަސް ފަހުން
  • ހިތާމަ ކުރަނީ އިސްލާހީ މަސައްކަތުން ދުރުގައި އޮންނަން ޖެހުނީތީ
  • ބިރަކަށް ފަސްޖެހެވޭކަށް ނެތް
އަހުމަދު މުހުސިނު | dhonbandaara

| 27 އޭޕުރިލް 2017 | ބުރާސްފަތި 22:30 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ރާއްޖެ ޓީވީގެ މައިކް: މިހާރު ވަނީ މިނިވަންކޮށްފައި -- ރާއްޖެއެމްވީ

މީހުން ބުނާތީ އަޑުއަހަމެވެ. ފުލުސް އޮފީހަށް ދާން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. އެ އަށް ވުރެ ބާރަށް އަޑު އަހާ އެހެން ވާހަކައެއް އޮވެއެވެ. އެތައް ފަހަރަކު އަހަރެންގެ ކަންފަތް ދޮށުގައި ބުނާތީ އަޑުއަހާ ވާހަކައެކެވެ. ހުރަގޭގައި ބަންދުކުރާ ވާހަކައެވެ. އެހެން މީހުންނަށް އިއްވަން ވިއަސް އެވާހަކަތައް ފުރަތަމަ އިވެނީ އަހަރެންނަށެވެ. ޖަލުގެ އަނދިރި ކަމެވެ. އެކަނިވެރިކަމެވެ. އެގޮޅީގައި އެކަނި އޮންނަން ޖެހުނީމާ ދެން އެލިބޭ ހިތްދަތިކަމެވެ.

އެވާހަކަތައް އަހަރެއް ކިތައްމެވަރަކަށް އަހައި އަދި އެ ވާހަކަތައް އެހެން މީހުންނަށް ފޯރުކޮށްދިނަސް މިއީ އެވަރުގެ ކަމެއް ކަމަކަށް ހިއެއް ނުކުރަމެވެ. މިނިވަންކަން އިހްސާސް ކުރެވޭނީ އަޅުވެތި ވީމައޭ ބުނާ ބުނުމަކީ ތެދެއްކަން އަހަންނަށް މިހާރު ޤަބޫލު ކުރެވިއްޖެވެ.

ހަމަ ގައިމު ވެސް މިއިހްސާސްތަކެއް ދުވަހަކު ވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ. އެކަނިވާ ކޮންމެ ވަގުތަކު އެ ހަންދާންތައް އާވާނެއެވެ. އަހަންނަށް އެލިބުނު އެކަނިވެރިކަން ތަހައްމަލް ކުރުންވީ ހަޔާތުގައި އަހަންނަށް އައި އެންމެ ހިތްދަތި ދުވަސްކޮޅަށެވެ. އެތައް ރެއަކު އެތަނުގައި ގުޑުވާ ވެސް ނުލާ އޮވެވުނީ ހަމަ ކެތްވެގެނެއް ނޫނެވެ. އެނޫން ގޮތެއް ނެތިގެންނެވެ. ހަވާލުވާން އައިސް އެބަތިއްބޭ ބުނެ މީހަކު ދުރުން ގޮވާލި އަޑުއިވުނު ކޮންމެފަހަރަކު އުފަލުން ނަށައިގަނެވެއެވެ. އެކަމަކު އަދި ދެވޭކަށް ނެތޭ ބުނީމާ ލޮލުން ކަރުނަ ހިލެއެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ.

އަހަރެންގެ މީހުން އަހަރެން ބަލައި އައި ކޮންމެ ފަހަރަކު އެ އިހްސާސްތައް ކުރެންޖެހެއެވެ. އަހަންނާ ނުލައި އަހަރެންގެ އާއިލާ މީހުންނާއި ރައްޓެހި އުޅޭނެ ގޮތް ހިތަށް އަރާފައި ރޮވެއެވެ. އަހަރެންގެ އާއިލާއަކީ ފަގީރު އާއިލާއަކެވެ. ގޭގައި ކުރާހާ މަސައްކަތް ކުރަންޖެހެނީ އަހަރެންނާއި އަހަރެންގެ ދެ ކޮއްކޮއިންނެވެ. އަހަރެން ނެތިއްޔާ ގޭގައި ކޮންމެހެން ކުރަންޖެހޭ އެތައް ކަމެއް ނުކުރެވި ހުންނާނެކަން އަހަންނަށް އެނގެއެވެ. އަހަރެން މިނިވަންކުރެވޭތޯ އާއިލާ އާއި ރަހްމަތްތެރިން އެހާ ވަރަކުން ސިޓީ ލިޔެ އާދޭސް އެކުރަނީ ވެސް އެހެންވެގެންކަން އަހަންނަށް އެނގެއެވެ. 

ދެދުވަހަކު ބުނާތީ އަޑު އެހީމެވެ. އަހަރެން ދޫކޮށްލެވޭނީ ފޮނުވާ ފަތްކޮޅަކަށެވެ. ﷲ އަށް ޝުކުރު ކުރަމެވެ. އޭގެ ފަތްކޮޅެއް ފޮނުވަން އަހަރެންގެ އައުލާދުން ފަހަށް ނެޖެހުނީތީއެވެ. މިއަދު އަހަރެން މިވަނީ ސަލާމަތްވެފައެވެ. މިނިވަން ވެފައެވެ. އަނބުރާ ގެއަށް އާދެވިފައެވެ. އެކަމަކު އަދިވެސް އަހަރެންގެ ބޮޑު ޝަކުވާ އޮތީ އޮތްގޮތަށެވެ. އެސުވާލަށް ޖަވާބު ނުލިބޭހާ ހިނދަކު މިހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ. އެވޭން ހިތަކުން ނުފިލާނެއެވެ. އެއީ ހަމަ އެންމެ ސުވާލެކެވެ. އަހަރެން ގެންގޮސް 9 ދުވަސްވަންދެން އެކަނިމާ އެކަނި ތިޔަ ބޭއްވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަހަރެން ތިޔަމީހުންނަށް ދިނީ ކޮން ގެއްލުމެއް ހެއްޔެވެ؟

އަހަރެންގެ ބޭނުން ބަޔަކު ކުރުމަކީ މަގޭ އިޚްތިޔާރު އޮތްކަމެއް ނޫނެވެ. ހަމގައިމުވެސް އަހަރެން އެއަޑުތައް ފޮނުވައިދިނީ ހަމަ ތިޔަ ފަރާތްތަކުގެ ވެސް ހައްޤުގައެވެ. ހަމަގައިމު ވެސް އެވެރިން އަހރެން ލައްވާ ދައްކާ ވާހަކަތަކުގައި ހުރީ ޤައުމު ހަމައަކަށް އެޅުވުމުގެ ވާހަކައެވެ. އެންމެންނަށް ހަމަހަމަ ކުރުމުގެ ވާހަކައެވެ. ކޮރަޕްޝަން ނައްތާލުމުގެ ވާހަކައެވެ. އަދްލު އިންސާފް ޤާއިމް ކުރުމުގެ ވާހަކައެވެ. އަނިޔާވެރި ނުވުމުގެ ވާހަކައެވެ. މީހުންގެ ޙައްޤުތަކަށް އަރައި ނުގަތުމުގެ ވާހަކައެވެ. މއީ ދޮގުވާހަކަތަކެއް ހެއްޔެވެ؟ މީ ކަމުނުދާ ވާހަކަތަކެއް ހެއްޔެވެ؟ އެވާހަކަތައް އަހަރެން އިއްވައިދިނީ ޤައުމީ ކަމެއްގެ ގޮތުގައެވެ. ދީނީ ކަމެއްގެ ގޮތުގައެވެ.

އެކަމަކު މިއަގުހުރި މސައްކަތައް އަހަރެންނަށް މިލިބުނީ ކޯންޗެއް ހެއްޔެވެ؟ އަހަރެންގެ މި ބުރަ މަސައްކަތުގެ އަގަށް މިލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ ކުރާނެ ކަމެއް ނެތެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އަދި އެންމެ ދެރަވި އެހެން ކަމެއް ވެސް އެބައޮތެވެ. މި ޤައުމީ މަސައްކަތުން 9 ދުވަހަށް ވިއަސް ވަކިވާން ޖެހުނީތީއެވެ. އަމަލީގޮތުން ބައިވެރި ނުވެވި އޮންނަން ޖެހުނީތީއެވެ.

އެންމެ ބޮޑަށް ހިތްދަތިވީ އަހަރެންގެ ލަފުގައި ހިފައި ގެނެސް ހަރުގެއަށް ލީ އިރު ހަމަ އެރޭ އަހަރެންގެ ދުރުތާ ތިމާގެ ސޮރަކު މާ އިއްޒަތުގައި މާވެޔޮ މަގުގައި ސަރުކާރަށް ސަނާ ކިޔުމުގައި ދެމި ހުރީތީއެވެ. އަހަންނަށް އަނިޔާ ދިން އިރު ފުލުހުން ތިބީ އެސޮރުގެ ހިމާޔަތުގައެވެ. މުޅި މަގު ބަންދުކޮށް ގޮނޑި ޖަހައިގެންނެވެ. އެއީ ރެހެންދި ކަމަނާ އަހަރެންގެ ގައިގަ ފިރުމާލާތީ ލިބުނު ޝަރަފެކެވެ. 

ކޮންމެއަކަސް ފަހުބަހަކަށް ވެސް ބުނެލާނީ އެންމެ ވާހަކައެކެވެ. އަހަރެންނަށް ފަސްޖެހެވޭކަށް ނެތެވެ. ހުރަގެއިން ނެރުނުއިރު މަވެސް މިހުރީ ބިރު ފަހަނަ އަޅައި ގޮސްފައެވެ. އަދިވެސް އެކަމުގައި ކުރިއަށްދާން އަހަރެން އިތުރަށް އަޒުމު ކަނޑައަޅަމެވެ. އަހަރެންގެ އެހެން އެކުވެރިން ފަދައިންނެވެ. އެ މީހުން ޖަލަށް ލައި ބޮޑެތި ހުކުމްތައް ކުރިޔަސް ފަސް ނުޖެހި އަހަރެން ގޮވައިގެން އަނެއްކާ ވެސް މަސައްކަތަށް ނުކުންނާތީ އަހަރެން ދުށީމެވެ. އެއީ އަހަަންނަށް ލިބުނު ހިތްވަރެކެވެ.

އެކަމަކު އަދި އެއްކަމެއް ހަނދާން ކޮށްލަދޭނަމެވެ. ކިތައްމެ ވަރަކަށް އަހަރެން ބަންދުކޮށް ހަތަރެސްފައި އަނދަގޮނޑިޖެހުމަކީ ޖޯކު ކަމެކެވެ. ތިޔަ ހައްޔަރުކުރާ މީހުންހެން އަހަރެއް އުމުރު ހުސްވިއަސް ވެރިކަމަށް އަންނަން ފައި ނުނަގާނެތީއެވެ. ވެރިކަމުގެ އެދުމެއް އަހަރެންގެ ނެތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަހަހަހަހަހަހަހަހަހަހަހަހަހަހަ

2 އަހަރު ކުރިން

ސަޅި އިނގޭ! ތިޔަހެންލިޔުން ލިޔަންޏާ ކާމިޔާބުވާނެ!

0
0