13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ވިނޯދް ކަންނާ

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

  • އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް ވިނޯދް މަރުވީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައި
  • ވިނޯދް ވަނީ 100 އަށް ވުރެ ގިނަ ފިލްމުތައް ކުޅެފައި
  • އޭނާ މަރުވި އިރު އުމުރަކީ 70 އަހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 27 އޭޕުރިލް 2017 | ބުރާސްފަތި 19:35 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


ވިނޯދް ކަންނާ -- ބޮލީވުޑް ހަންގާމާ

އަހަރު އިންޑިއާގެ ފިލްމީ ދާއިރާ އަށް 1968 ވަނަ އަށް ތައާރަފުވި ވިނޯދް ކަންނާއަކީ އޭނާގެ އެކްޓިންގ ކެރިއަރުގައި ކުރީކޮޅު ނުބައިބައި ރޯލުތައް ކުޅެގެން މަޝްހޫރުވެގެން ދިޔަ ތަރިއެވެ. އޭގެ ފަހުން ތަފާތު އެކި ރޯލްތަކުން ފެނިގެން ދިޔައ ވިނޯދު ވަނީ 49 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފިލްމީ ދާއިރާގައި ހޭދަކޮށްފައެވެ.  އޭނާ ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ. އޭނާ ނިޔާވި އިރު ވެސް ފިލްމީ ދާއިރާގެ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ "މަން ކާ މީތު" އެވެ. އެގޮތުން 1968 އިން ފެށިގެން 1983 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު އޭނާގެ އެތައް ފިލްމެއް ބެލުންތެރިންނަށް ދެއްކުމަށް ފަހު ވިނޯދް ކަންނާ ފިލްމު ކުޅުމާ ދުރުވިއެވެ. އެއީ އޭނާއާ ދިމާވި ދީނީ ހަރުކަށި ވިސްނުމެއްގެ މީހެއްގެ ސަބަބުން ކަމަށް ޚަބަރުތައް ފެތުރުނެވެ. އެހެން ނަމަވެސް އޭގެ ހަތަރު އަހަރު ދުވަހުގެ ފަހުން 1987 ވަނަ އަހަރު ވިނޯދް ކަންނާ ފިލްމީ ދާއިރާއާ އަލުން ގުޅުނީ "އިންސާފު"އިންނެވެ.

އެންމެ ފަހުން ވިނޯދް ފިލްމީ ދާއިރާއިން ފެނިފައި ވަނީ 2015 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާން އާއި ކާޖޮލް ލީޑްރޯލުން ފެނިގެންދިޔަ "ދިލްވާލޭ" އިންނެވެ. ވިނޯދްވަނީ 100 އަށްވުރެ ގިނަ ފިލްމު ބެލުންތެރިންނަށް ގެނެސްދީފައެވެ. އަދި 1999 ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް އޭނާއަށް ވަނީ ލިބިފައެވެ.

 ވިނޯދް ކަންނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެރަ ގައޯން މެރާ ދޭޝް"، "އިމްތިހާން"، "ދަޔާވަން" އަދި "ހޭރާފޭރީ" ހިމެނެއެވެ. ވިނޯދް ކަންނާ ކުޅެފައިވާ ފިލްމް "އަމަރް އަކްބަރް އެންތޮނީ" އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ފިލްމެކެވެ. މީގެ އިތުރުން ސަލްމާން ޚާނާ އެކު ކުޅެފައިވާ "ދަބަންގް" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ފިލްމެކެވެ.

ކާމިޔާބު އެކްޓަރެއްގެ އިތުރުން ވިނޯދަކީ ކާމިޔާބު ސިޔާސީ ލީޑަރެކެވެ. 1997 ވަނަ އަހަރު ވިނޯދް ކަންނާވަނީ ބާރަތްޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އާ ގުޅިފައެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ގުރްދާސްޕޫރުގެ މަޖިލިސް މެމްބަރު ކަމަށް ހޮވި  މަޖިލިސް މެމްބަރު ކަމުގެ މިނިސްޓަރުކަން ވެސް އަދާކޮށްފަ އެވެ.

ވިނޯދް ކަންނާ އެންމެ ފުރަތަމަ ކުރި ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައިވެއެވެ. އެއީ ރާހޫލް އާއި އަކްޝޭ ކަންނާ އެވެ. އެދެމީހުންނަކީވެސް ބޮލީވުޑްގެ ފިލްމީ ތަރިންނެވެ.  އަދި ދެ ވަނަ އަނބިމީހާ ކަވީތާ އަށް ވެސް ފިރިހެން ދަރިއަކާއި އަންހެން ދަރިއެއް ލިބިފައިވެ އެވެ.އެއީ  ސަކްޝީ ކަންނާ އަދި ޝްރައްދާ ކަންނާއެވެ.

 

ވިނޯދްވަނީ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ކުއްލި ގޮތަކަށް މުމްބާއީގެ ހޮސްޕިޓަލެއް ކަމަށްވާ ގިރްގާއޮގެ އެޗް އެން ރިލައެންސް ފައުންޑޭޝަން އެންޑް ރިސާޗު ސެންޓަރުގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު (މިއަދު) ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ.

 

ވިނޯދް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ ޑިހައިޑްރޭޓްވެގެން ކަމަށް އޭނާގެ ދަރިފުޅު ރާހުލް ކަންނާ ބުނެފައިވީ ނަމަވެސް އޭނާ މަރުވެފައި ވަނީ ކެންސަރުބަލީގައިކަން ވަނީ އެނގިފައެވެ.

ވިނޯދް ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގުރްދާސްޕޫރްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އަށް ކެންސަރު ޖެހި އެބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި އަދި އޭނާގެ ބަލި ވަރަށް ބޮޑުތަން ފަސޭހަވެފައިވާ ކަމަށް ބުނެފަ އެވެ.

ވިނޯދް ކަންނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދުވަސްވަރު  އާންމުވި ފޮޓޯއިން ފެންނަނީ އޭނާގެ ހަށިގަނޑު އަނަރޫފަވެފައިވާ މަންޒަރެވެ. އެ ފޮޓޯގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ބަލި މީހުން ލައި ހެދުން ލައިގެން ހުރިއިރު، އޭނާގެ ގައިގައި ހިފަހައްޓައިގެން  އަނބިމީހާ ކަވީތާ އާއި ދަރިޔަކު ހުރެ އެވެ.  ވިނޯދަށް ޖެހުނީ ބްލެޑާ ކެންސަރު ކަމަށާއި އާއިލާ އިން އަދި މިކަން ސިއްރުކުރަން މަސައްކަތް ކުރަނީ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން އޭރު ވެސް ދިޔައީ ބުނަމުންނެވެ. 

 

ވިނޯދް ކަންނާގެ އުމުރުގެ ފަހު ބައި ހޭދަކޮށްފައި ވަނީ އޭނާގެ އަނބި މީހާ އާއި ދަރިންނާ އެކުގައެވެ. އޭނާ މަރުވިއިރު އުމުރަކީ 70 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

H

2 އަހަރު ކުރިން

Kaafaraku maru vumun kaleymenah kura asarehge bodukamaaeve

0
0