16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ދިވެހި މުޖުތަމަޢު

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

 • ދަރީން ތަރުބިއްޔަތު ކުރަވެނީ ރަނގަޅު މާހައުލެއްގައެއް ނޫން
 • ވަލިއްޔުލްއަމްރު ވަނީ ދަރިންނަށް ނުރަނގަޅު އަސަރު ކުރާފަދަ އެތައް ވާހަކައެއް ދައްކަވާފަ
 • ހައްލަކީ މުޖުތަމަޢުގައި ޖެހިފައިވާ ކުނި ސާފުކުރުން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 26 އޭޕުރިލް 2017 | ބުދަ 22:24 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
 8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


އަންހެނަކު ދެ ކުދިން ގޮވައިގެން ސްކޫލަށް ދަނީ -- ރާއްޖެއެމްވީ ފޮޓޯ : އަޝްވާ ފަހީމް

ދަރިންނަކީ މާތް ﷲ އަޅަމެން އިންސާނުންނަށް ދެއްވާ ބަރަކާތްތެރި ނިޢުމަތެކެވެ. އަގުހުރި އަމާނަތެކެވެ. އެކަލާންގެ އެންގެވި ސީދާ މަގުގައި އެ ދަރީން ތަރުބިއްޔަތު ކުރުމަކީ ބުރަ ޒިންމާއެކެވެ. ދަރީން ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީ ކަމާއި، އެ ދަރީން ނަޞާރާއިންނާއި މަޖޫސީންނަށް ހަދަނީ އެ ދަރީން ބޮޑުވާ މުޖުތަމަޢުކަން އަންގަވާފައިވަނީ މި ސަބަބަށްޓަކައެވެ.

އެ ދަރީން ތަރުބިއްޔަތުކުރުން ވަނީ ހަމައާއި އިންސާފާއި، އެކަކު އަނެކާއަށް ކަމޭހިތައި ޤަދަރު އިޚްތިރާމް ކުރުން ދަސްކޮށްދީގެންނެވެ. އަނިޔާވެރިކަމާއި، ވައްކަމާއި، ދޮގުހެދުމާއި، ފަސާދައިން ދުރުގައި އެކުއްޖާ ބޮޑުވުމަކީ އެ ދަރީންގެ އުފަން ޙައްޤެކެވެ. ތަރުބިއްޔަތު ކުރާ މީހާގެ ޒިންމާއެވެ. މި ޒިންމާ މިއަދު އަޅުގަނޑުމެންނަށް އަދާކުރެވޭ ބާއެވެ. މި މުޖުތަމަޢުގައި ތަރުބިއްޔަތުވާ ދަރީންނަކީ އެ ދަރީން ތަރުބިއްޔަތު ކުރުމަށް އަންގަވަފައިވާ ގޮތަށް ތަރުބިއްޔަތު ކުރެވޭ ދަރިން ބާއެވެ.

އެ މަންޒަރެއް ނުފެނެއެވެ.

މި މުޖުތަމަޢުގެ ވަލިއްޔުލްއަމުރަކަށް ހުންނެވި މަނިކުފާނު ވަނީ އެކި ފަހަރުމަތިން މި މުޖުތަމަޢުއަކީ ދަރިން ތަރުބިއްޔަތު ކުރުމަށް އެކަށޭނަ މުޖުތަމައުއެއް ނޫންކަން ހާމަކޮށްދެއްވާފައެވެ. އެމަނިކުފާނު ވަނީ ބޭއިންސާފާއި، ވައްކަމާއި، އިޖުތިމާޢީ މިންގަނޑާއި ޚިލާފު އެތައް ކަމަކަށް ހިތްވަރު ލިބޭފަދައިން ވާހަކަ ދައްކަވާފައެވެ. މި ވާހަކަތަކަކީ ގައިމު އިސްލާމް ދީން ދަސްކޮށްދިން އަސާސްތަކާއި، އުސޫލުތަކާއި ދިމާ އިދިކޮޅު އަމަލުތަކެވެ.

ވަލިއްޔުލްއަމުރު ވިދާޅުވެފައިވެއެވެ. ކޮރަޕްޝަނަކީ ޠަބީއީ ކަމެކެވެ. މުދާވެރިކަމާއި، ފައިސާވެރިކަމަކީ އިންސާނުން ހިތްއެދޭ ކަމެއް ކަމުގައިވީނަމަވެސް، މުށްބާރުކަމާއި، ދަހިވެތިކަމާއި، ކޮރަޕްޝަނަކީ ޠަބީއަތުކަމުގައި ދަރީންނަށް ދަސްކޮށްދޭން ވެއްޖެނަމަ އަމިއްލަ އަތުން ތިޔަ ކޮރަޕްޓްކޮށްލެވެނީ އަމިއްލަ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ވަލިއްޔުލް އަމުރު ވިދާޅުވީތީ ކޮރަޕްޝަނަކީ ޠަބީއީ ކަމެއް ކަމަށް ޤަބޫލުކޮށްގެން ބޮޑުވާ ދަރީން، މާދަމާ ޤައުމު ހިންގަން ހަވާލުވާއިރު، އެ ދަރީންނަށް ކޮރަޕްޝަނާއި ފަސާދަ ވާނީ އާދައިގެ ކަމަކަށެވެ. ޠަބީއަތަށެވެ.

އަދިވެސް ވަލިއްޔުލް އަމުރު ވިދާޅުވެފައިވެއެވެ. ގެއަށް ގެންދާ ފައިސާ އަކީ ހަލާލު އެއްޗެއްތޯ، ހަރާން އެއްޗެއްތޯ އަމިއްލަ އަނބިމީހާވެސް ނާހާނެތެވެ. ހިތާމައެވެ. ބޮޑެތި ޕޯޑިއަމްތަކުގައި ދަރީންނަށް ދަސްކޮށް މި ދެވެނީ ފައިސާއަކީ ކޮންމެ ފަދަ ގޮތަކަށްވެސް ހޯދަންވީ އެއްޗެއް ކަމެވެ. އެއަކު ރަނގަޅު، ހަލާލު މަގެއް، ނުވަތަ ނުރަނގަޅު، ނަހަލާލު މަގެއް ނެތް ކަމެވެ. ދަރީންނަށް ކުރާނެ އަސަރު ވިސްނަވާލައްވާށެވެ.

ބެންކޮކުން އަންހެނުން ހޯދަނީ ހިލެޔަކު ނުމެނޫން ކަމަށްވެސް ވިދާޅުވިއެވެ. އެއްވެސް ގޮތަކަށް ބެންކޮކު ހިލޭ އަންހެނުންނާއި ގާތް ނުވާކަށް އިރުޝާދެއް ނުދެއްވައެވެ. ހަލާލެއް ހަރާމެއް ނުބަލައި ފައިސާ ހޯދަންވީ ހެއްޔެވެ؟ ކޮރަޕްޝަންގެ އަމަލު ހިންގައިގެން ފައިސާ ހޯދައި، އެ ފައިސާ ހޯދައިގެން ބެންކޮކަށްގޮސް 'ހިލޭ' އަންހެނުން 'ގަންނަންވީ' ހެއްޔެވެ؟ މިއީ އެންމެ ރަނގަޅު ތަރުބިއްޔަތަކަށް ނުވާނެއެވެ.

މި ކުޑަކުޑަ ޖަޒީރާ ރާއްޖޭގައި ޖަންނަތަށް ވަރމްއަޕް ކުރާ ވާހަކައެވެ. ދަރީންނަށް މި ދެއްކެނީ ކޮންފަދަ ހުވަފެނެއް ހެއްޔެވެ. މި ބަދުނަސީބު ގާފިލް ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން އެއްފަދަ ކުރާން ފަހެ ހެޔޮވާނީ ކިހިނަކުން ހެއްޔެވެ. ދަރީންނަށް ތިޔަ ވިސްނައިދިނީ ޖަންނަތަކީ މިފަދަ ތޮއްޖެހިފައިވާ، ސާފު ފެންފޮދެއް، ސާފު ވައިކޮޅެއް ނުލިބޭ ތަނެއް ކަމުގައި ހެއްޔެވެ.

ހިތްޕުޅާ ނުވާ ކޮންމެ މީހަކަށް އޮތީ އަނިޔާއެވެ. އެއީ އެއްބަފާ ބޭބެ ކަމުގައިވިޔަސް، އެންމެ ގާތް ރަޙުމަތްތެރިޔާ ކަމުގައި ވިޔަސްމެއެވެ. ދަރިއެއް ފަދައިން ގެންގުޅެ، ނައިބުކަން ހާވަލު ކުރި މީހާޔަސް، ތިމާއަށް މަޤާމު ހޯދައިދޭން މަސައްކަތްކުރި ކާނަލް ކަމުގައި ވިޔަސްމެއެވެ. ލައްކަ ރައްޔިތުންގެ ލޯބި ހޯދާފައިވާ އިދިކޮޅު ލީޑަރަސް، ނިކަމެތީންގެ ބައްޕަޔަސް، ވެރިޔާގެ ހިތްޕުޅާ ނުވެއްޖެ ނަމަ، އެމީހަކަށް ސަލާމަތެއް ނެތެވެ. މި ދަސްކޮށްދެވެނީ ކޮންކަހަލަ ފިލާވަޅެއް ހެއްޔެވެ؟

ވިސްނާށެވެ. ދަރީން ތަރުބިއްޔަތު ތިޔަކުރަނީ އެކަށޭނަ މުޖުތަމަޢުއެއްގައެއް ނޫނެވެ. ދަރީން ތަރުބިއްޔަތު ކުރުމަށް އެހެން މުޖުތަމަޢުއަކަށް ދެވިދާނެއެވެ. އެހެން ނަމަވެސް، ރަނގަޅު ގޮތަކީ މުޖުތަމައުގައި ހުރި ކުނި ސާފުކުރުމެވެ. އެއީ ތިމާޔަސް، ޖެހިގެން ހުރި ގޭގައި ދިރިއުޅޭ އަވަށްޓެރިޔާ ކަމުގައި ވީނަމަވެސް، ނުވަތަ ވަލިއްޔުލް އަމުރުކަމުގައި ވީނަމަވެސް ކުނި ވިއްޔާ ވާނީ ސާފު ކުރާށެވެ.

ނޫންނަމަ ދަރީން ދަސްކުރާނީ ފަސާދައާއި އަނިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޟާޡީހް

2 އަހަރު ކުރިން

ތިބޭފޫޅާ ހަމަ މީގެން އެއްވެސް ކަމެއް ނުކުރައްވަންތޯ. ޔަގީން ވާކަމެއް އެބައޮތް. ތެދު ޙަބަރެއް ނުގެނަސްދޭ މުޖްތަމައުގެ ފަސާދައައް މަސައްކަތް ކުރުން އެއީ ކުރެވޭ ބޮޑު ކުށެއް

0
0