17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޑޫސާން ލައްކަ ޕްރޮމޯޝަން

ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި

  • 400 އަށް ވުރެ އޮޑީގައި ބޭނުން ކުރަމުން އަންނަ ބްރޭންޑެއް
  • ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި މަހުގެ ނިޔަލަށް
  • އިންޖީނު ސަރވިސް ކުރުމުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 26 އޭޕުރިލް 2017 | ބުދަ 19:18 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


ޑުސާން ލައްކަ ޕްރޮމޯޝަން -- ރާއްޖެއެމްވީ

'ޑޫސާން ލައްކަ ޕްރޮމޯޝަން' ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ކޮންމެ ޑޫސާން ޑައިވޫ އިންޖީނަކާއެކު އެއްލައްކަ ރުފިޔާއާއި ދެލައްކަ ރުފިޔާއާއި ދެމެދުގެ ސާމާނު ހިލޭ ލިބިގެންދާނެއެވެ. އެފިހާރައިން މި ޕްރޮމޯޝަންގެ ދަށުން ހިލޭ ލިބޭތަކެތީގެ ތެރޭގައި ހުންގާނު ސިސްޓަމް، ޖީޕީއެސް އާއެކު ފިޝް ފައިންޑަރ، ނެވިގޭޝަން ލައިޓް، އޮޓޯ ސްވިޗް، ބިލްޖް ޕަންޕު، ޒިންކް އެނޯޑް، ދުރުމި، އަޑީތެޔޮ، ގިޔަރު ތެޔޮ އަދި ކޫލަންޓްގެ ވެސް ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.

ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށްވުރެ ގިނަ އޮޑީގައި ބޭނުންކުރަމުން އަންނަ ބްރޭންޑެއް ކަމަށް ވީއެމްކޯއިން ބުނެއެވެ.

މި އިންޖީނަށް ވަނީ އެންމެ ފަހުން ބޭއްވުނު ދެ މޯލްޑިވްސް ބޯޓިންގ އެވޯޑުގައިވެސް އެންމެ މަޤުބޫލު މެރިން އިންޖީނުގެ އެވޯޑު ލިބިފައިއެވެ.

މި އިންޖީނަކީ ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ، ތެޔޮ ހަރަދު ކުޑަ އިންޖީނެއް ކަމަށް ވީއޭއެމްކޯ އިން ބުނެއެވެ. މީގެ އިތުރުން ވީއޭއެމްކޯގެ ސަރވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މި އިންޖީނު މަރާމާތުކޮށް ސަރވިސްކުރުމުގެ ޚިދުމަތް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

ޑޫސާން ޑައިވޫގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ ވީއޭއެމްކޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް