17 ނޮވެންބަރު 2018 | ހޮނިހިރު | 05 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދިރާގު

ދިރާގު ޓީވީއަކީ ކޮބާ؟

  • ދިރާގުޓީވީގެ ޑިމޮންސްޓްރޭޝަނަކާއި ހާއްސަ ފީޗަރސްތައް ދައްކާލާފައިވޭ
  • މިހިދުމަތުގެ ހާއްސަ ޕެކޭޖްތަކެއް ތަޢާރަފް ކުރެވޭނެ
  • ދިރާގު ޓީވީގެ ޙިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ލިބޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 26 އޭޕުރިލް 2017 | ބުދަ 03:46 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ދިރާގު ޓީވީ ލޯންޗިންގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ދިރާގަކީ ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ދިނުމުގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެއެވެ. ރާއްޖޭގެ މުވާސަލަތީ ހިދުމަތަށް އިންޖިލާބެއް ގެނުވައިދިން ކުންފުންޏަކީވެސް ދިރާގު ކަމާއި މެދު ދެބަސްވެވެން ނެތެއެވެ.

 

ދިރާގުގެ ހިދުމަތް ތަފާތު ހަރުފަތްތަކުން ގިރާ ކުރުމަށްފަހު މިއަދު މިވަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކުންފުނީގެ ހުރިހާ ކަސްޓަމަރުން ޝާމިލްވެގެން ހިދުމަތް ހޯދޭނެ ފަދަ އައު ހިދުމަތެއް ތަޢާރަފްކޮށްފައެވެ.

 

އެގޮތުން ދިރާގުން މިވަނީ އެކުންފުނީގެ ދިރާގު ޓީވީ ތަޢާރަފްކޮށްފައެވެ.

 

ދިރާގު ޓީވީއަކީ ކޮބާ؟

 

ދިވެހިރާއްޖޭގައި ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ޙިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް ލިބޭނެގޮތް މިވަނީ ފަށާފައެވެ.

 

ދިރާގަކީ އައިޕީޓީވީ ގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅިރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ.

 

އައިޕީޓީވީ އަކީ  އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފޯރުކޮށްދޭ ޓެކްނޮލޮޖީއެކެވެ.

 

ދިރާގު ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއްގެ ގޮތުން 1 އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީއާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން މުޅިން ހިލޭކަން ވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

 

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ.

 

ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް ޔޫސޭޖް އެލަވަންސަށް އަސަރުނުކުރުމުގެ އިތުރުން އިންޓަރނެޓްގެ އިތުރު ހަރަދެއް ނުހިނގާނެއެވެ.

 

ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

މިކަމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫނު ވިދާޅުވިގޮތުން ބްރޯޑްކާސްޓިންގް ކޮމިޝަނާއެކު ކަސްޓަމުރުންނަށް ވީހާވެސް ލުއި އަގެއްގައި ގިނަ ޗެނެލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

 މީގެ އިތުރުން ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާދައްކައިގެން ބަލާ "ޕޭ ޕަރ ވިޔު" ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތްވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފް ކުރެވޭނެ ކަމަށް މައުމޫނު ވިދާޅުވެފައިވެއެވެ. ދިރާގު ޓީވީގެ ހިދުމަތުގައި މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭ.އެކްސް.އެން، ޓެން ސްޕޯޓްސް، ސޮނީ އީއެސް.ޕީ.އެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާރތް ހިމެނެއެވެ.

 

މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ އެތައް ޗެނެލްއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ދިރާގު ޓީވީން ބެލޭނެއެވެ.

 

ދިރާގުޓީވީގެ ޑިމޮންސްޓްރޭޝަނަކާއި ހާއްސަ ފީޗަރސްތައް ދައްކާލާފައިވާއިރު މިއީ ވަރަށް ތަފާތު ފީޗާސްތައް އެކުލެވިގެންދާ ހިދުމަތެކެވެ. އެގޮތުން ޖޯއި ބޮކްސްއަކީ އެންމެ ޒަމާނީ ގޮތަށް އަދި ކަސްޓަމަރުންނާ ގުޅުންހުރި ފަސޭހަ ފީޗާސްތަކާއި އެކު ފަރުމާކޮށްފައިވާ ޖޯއި ބޮކްސް އެކެވެ.

 

ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް  ދިރާގު ޓީވީގެ ޒަރީއާއިން ތަޢާރަފްވެގެންދާއިރު ކަސްޓަމަރުންނަށް ލުއި އަގެއްގައި މިހިދުމަތް ފޯރުކޮށްދިނުމަށް ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދިރާގު

2 އަހަރު ކުރިން

ލާރި ކާންވެގެން....އެއްމަސް ނުވާނެ ހިދުމަތް ކަނޑާލާނެ ލާރި ނުދައްކައޭ ކިޔާފަ...

1
2
ma

2 އަހަރު ކުރިން

hidhumathah ingilaab a ee mihaaruge ooredoo ge sababun. ekamuge sukuru dhiraagah haggeh nuvaane

2
3