22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ދިރާގުން ސެމްސަންގްގެ އާ ފޯން

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

  • ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލުމެންޓަށްވެސް ފޯނު ލިބޭ
  • ފޯނު ޕްރީ އޯޑަރ ކުރާ ފަރާތްތަކަށް އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ފޯނު ލިބޭނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 25 އޭޕުރިލް 2017 | އަންގާރަ 18:27 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ދިރާގު ބިލްޑިންގައި ފޯނު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ

މަޝްހޫރު ސްމާޓް ފޯނު އުފައްދާ ކުންފުނި ކަމުގައިވާ، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން އަންނަ މަހު ބާޒާރަށް ނެރޭ ސެމްސަންގް ގެލެގްސީ އެސް8 އަދި ގެލެގްސީ އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފިއެވެ.

ދިރާގުން ރާއްޖޭގެ މާކެޓަށް ސެމްސަންގް ގެލެކްސީ އެސް8 އަދި ގްލެކްސީ އެސް8 ޕްލަސް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ދިރާގުން ވަނީ ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ދިރާގުން ޕްރީ އޯޑަރ ކުރުން ހުޅުވާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިއަލަށެވެ.

ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ، މޯބައިލް ސާވިސަސް ޑިވެލޮޕްމެންޓް، އަހުމަދު އިޝާން ވިދާޅުވީ، މިފަދަ ތަފާތު ޕްރޮޑަކްޓްތައް ރާއްޖޭގެ ބާޒާރަށް ގެންނަނީ، ދިރާގުގެ ކަސްޓަރަމުން ބޭނުންވާ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ދުނިޔޭގެ ލީޑިން ކުންފުނިތަކާ އެކު ދިރާގުން މަސައްކަތް ކުރަނީ މިބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ދިރާގުން ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ގަންނަ ފަރާތްތަކަށް ވޮރެންޓީ ލިބިގެންދާނެ ކަން އިޝާން ފާހަގަކުރެއްވި އެވެ.

ސެމްސަންގް ކުންފުނީގެ ސްރީލަންކާ ބްރާންޗުގެ މެނޭޖިން ޑިރެކްޓަރ، ޔުން ލިންގް ޝެން ވަނީ ސެމްސަންގްގެ އާ ފޯނުތައް ބާޒާރަށް ނެރުމުގައި ކަސްޓަމަރުންނަށް ބޭނުންވާނެ ފަސޭހަ ހިދުމަތްތައް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން މި ދެ ފޯނުގެ ސްކްރީނަކީ، މިހާތަނަށް ސްމާޓް ފޯނެއްގައި ހުންނާނެ އެންމެ ބޮޑު ސްކްރީނު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ފޯނުގައި ފިންގަރޕްރިންޓްގެ އިތުރުން މޫނު ޑިޓެކްޓް ކުރެވޭނެ ފީޗަރއެއް އެކުލެވިފައިވާ ކަން އޭނާ ފާހަގަކުރި އެވެ. މި ފޯނާ އެކު ފޯނު ޗާޖު ކުރުމަށް ވަޔަރލެސް ޗާޖަރެއް ތައާރަފްކޮށްފައިވާ އިރު ބިކްސްބީ ކިޔާ އެޕެއްގެ އެހީއާ އެކު ފޯނުން މައުލޫމާތުތައް ހޯދުމުގަޔާއި، ދިރިއުޅުމުގެ ކަންކަން ފާހަގަކޮށް، ކުރިއަށް ޕްލޭންކޮށްފައިވާ ކަންކަން ހަނދާން ކޮށްދިނުން ފަދަ ކަންކަން ފަހިވެގެންދާނެ އެވެ.

ސެމްސަންގް އިން ގެލެކްސީ އެސް8 ގެ ދެ ކުލައެއް ބާޒާރަށް ނެރޭއިރު އެސް8 ޕްލަސްގެ ތިން ކުލައިން ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކަޅު ކުލަ އާއި އަޅި ކުލަ އާއި ރިހިކުލަ، ރަން ކުލަ އަދި ނޫ ކުލައިން ފޯނު ލިބެން ހުންނާނެ އެވެ.

މި ފޯނަކީ ހިރަފުހާއި ފެނުން ސަލާމަތް ވާނެ ފޯނެއް ކަމަށާއި ފޯނަކީ އަވަހަށް ޗާޖު ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ފޯނެއް ކަމަށް ވެސް ސެމްސަންގް އިން ބުނެ އެވެ.

ސެމްސަންގް އެސް8 އަދި އެސް8 ޕްލަސްއަކީ 64 ޖީބީގެ ފޯނެކެވެ. މި ފޯނު ދިރާގުން އެސް8 ވިއްކަނީ 13،499ރ. އަށެވެ. އަދި ގެލެކްސީ އެސް8 ޕްލަސް ވިއްކަނީ 15،499ރ. އަށެވެ. މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް 12 މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓަށް ވެސް ފޯނު ނެގުމުގެ އިންތިޒާމުތައް ވަނީ ދިރާގުން ހަމަޖައްސާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް