21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

މޯލްޑިވިއަން

މޯލްޑިވިއަން އިން އިތުރު ސީ ޕްލޭނެއް މިރޭ ގެންނަނީ

  • މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ފެށީ 2014 ގައި
  • ކުރިއަށް 4 މަސްސުވަހުގެ ތެރޭގައި ރަށްރަށް ސީ ޕްލޭންގެ ޙިދުމަތްދޭން ފަށާނެ
ރިޒުނާ ޒަރީރު | RiznaZareer

| 24 އޭޕުރިލް 2017 | ހޯމަ 15:37 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


މޯލްޑިވިއަން ސީ ޕްލޭނެއް ވެލާނާ އިންޓރަނޭޝަނަލް އެއަރޕޯޓުގައި -- ގޫގުލް

މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތައް ފުޅާކުރުމަށްޓަކައި މޫދަށް ޖައްސާ އިތުރު ބޯޓެއް ހޯމަ ދުވަހު ރޭ (މިރޭ) ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

 

މިރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނެވޭ މި ބޯޓާއެކު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދު 10 އަކަށް އިތުރުވާނެ ކަމަށް އައިލެންޑު އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވި އެވެ.'

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ މޯލްޑިވިއަން ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޓާރމިނަލް ރަސްމީކޮށް ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެއެވެ.

 

ރާއްޖޭގެ ހަތަރު ރިސޯޓަކަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް މިހާރުވެސް ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި އިތުރު ތިން ރިސޯޓަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި ޚިދުމަތް މިހާރު ދެމުން އަންނަނީ ހަމައެކަނި ރިސޯޓުތަކަށެވެ.

 

އެހެން ނަމަވެސް ކުރިއަށް އޮތް 4 މަސްދުވަހުގެރޭ މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މީހުން ދިރިއުޅޭ ރަށްރަށަށް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ނަޝާތު ވިދާޅުވި އެވެ. އެގޮތުން ވަކި ޝެޑިއުލްއެއްގެ ދަށުން ޢާއްމު ރައްޔިތުންނަށް މިޙިދުމަތް ދޭން ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހެޔޮ އަގެއްގައި ސީ ޕްލޭންގެ ދަތުރުތައް އާއްމު ރައްޔިތުންނަށް ދިނުމަށްޓަކައި އެކަމާގުޅޭ ދިރާސާ ކުރަމުން އަންނަކަމަށް އެކުންފުނިން ބުންޏެވެ.

 

ސީ ޕްލޭންގެ ދަތުރުތައް ފެށިދާނެ ރަށްތައް މިހާރު ބަލަމުންދާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭ ދަތުރުތައް ކޮންމެވެސް އެއް ރަށަކަށް ފެށުންކަމަށް ނަޝާތު ވިދާޅުވި އެވެ.

 

 މޯލްޑިވިއަނުން 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މިޙިދުމަތް  ފެށި އިރު ސީ ޕްލޭންގެ ޚިދުމަތް އަންނަނީ ތަރައްޤިވެ ކުރިއަރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް