18 އޯގަސްޓު 2018 | ހޮނިހިރު | 08 މާ
07 ޛުލްޙިއްޖާ 1439
ފަތިސް 04:48
އިރުއަރާ 06:01
މެންދުރު 12:14
އަސްރު 15:27
މަޣްރިބް 18:19
އިޝާ 19:32

މަރަކަށް ފަހު މަރެއް

މަރަކަށް ފަހު މަރެއް، ރައްކާތެރިކަމެއް ނެތް!

  • މުޖުރިމުންގެ ރާއްޖެއަކަށް ބަދަލުވަނީ، ހައްލެއް ނެތް، އުއްމީދެއް ނެތް
  • އަނބިދަރިން ތިބެނީ ކަރުނަ އަޅައަޅާ
  • އެނބުރި ގެއަށް ދެވޭނެ ކަމުގެ އުންމީދެއް ނޯވޭ
ހުސައިން ފިޔާޒު މޫސާ | hussainfiyaz

| 24 އޭޕުރިލް 2017 | ހޯމަ 13:42 | |

މަގުބޫލް

  1. މަރުހަބާގެ މާފަތިތައް ބަލައިނުގަނެ މެޑަމް ފާތުން ހިތާދޫ ރައްޔިތުންގެ ހިތުގައި ޖައްސައިފި!
  2. އެނގޭތަ؟: އިބޫއަކީ މޮޅު ފޮޓޯގްރާފަރެއް!
  3. މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
  4. ސަރުކާރު ދިފާޢު ކޮށްދިނުމަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންނަނީ!
  5. މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
  6. ރާއްޖެއިން ހައްޖަށް ދާ 396 މީހަކަށް އެންމެ ފަހު ވަގުތު ފުރޭނެ ގޮތެއް ނެތިފައި!
  7. ރިރެޖިސްޓްރީކުރަން 20000 ފޯމު ދެ ފަހަރަށް ހުށަހަޅާފައި
  8. ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް މިހާރު ނޫހުން އެހީވެއްޖެ



އޭ ލޯބިވާ ވަޠަނާ އެވެ.  އަހަރެން އުޅެ ބޮޑުވީ، މޮޔަވެގެން އެނބުރެމުން ދިޔަ ބަޅިދަކަށް ވެސް ގޯނާއެއް، ގެއްލުމެއް ދޭ މާހައުލެއްގައެއް ނޫނެވެ. އެއީ ތ. ވިލުފުއްޓެވެ. މިއަދު އިހްސާސްކުރެވެނީ އެ މާހައުލެއް ނޫނެވެ. އެ އަމާންކަމެއް ނޫނެވެ. އެ ހަމަޖެހުމެއް ނޫނެވެ.

މިއަދު އަހަރެންގެ މައިންބަފައިން ކަންބޮޑުވަނީ ފުޅިތޮށިގަނޑެއް މައްޗަށް އެރި އަހަރެންގެ ފައި ކަފައިގެން ގޮސްދާނެތީއެއް ނޫނެވެ. ބިންމައްޗަށް ވެއްޓި، ކަކުލުގެ ތެޔޮހަން މަށައިގެން ގޮސްދާނެތީއެއް ނޫނެވެ. މުސްކުޅިވި ދުވަހު އެ ދެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިންސާފެއް، ހަމައެއް ލަފައެއް މި ބިމުގައި ނެތުމުންނެވެ. ނުހައްގުން އަހަރެން ޖަލަށް ލައިފާނެތީ އެވެ. ބަޔަކު ޖިއްސާމާނީ އަނިޔާއެއް އަހަރެންނަށް ދީފާނެތީ އެވެ. ހަންޖަރުގެ މިޔަދަށުވެ، އަހަރެންގެ ފުރާނަ ގެއްލިގެން ގޮސްދާނެތީ އެވެ. ކާޅަށް ކޮށާފައި ދޭހެން އަހަރެން ކޮށާލަފާނެތީ އެވެ.

އަހަރެން އެންމެ ލޯބިވާ ދެ މީހުން، އަހަރެންނާ ހެދި މީގެ ކުރިން ދުވަހަކު ވެސް ލޮލުން ކަރުނަ އަޅާކަށް ނުޖެހެ އެވެ. ނަމަވެސް އަހަރެންނަށް ފޯނު ނުނެގުނަސް އެ ދެ މީހުން ހަލާކުވާ ވަރުވެ އެވެ. ބައެއް ފަހަރު ރޮއެވެ. ބައެއް ފަހަރު އަހަރެންގެ އަންހެނުން ވެސް، 10 އަހަރުގެ ދަރިފުޅުގެ ވެސް ހާލަތަކީ އެއީ އެވެ.

ދަރިފުޅު ގޮވައިގެން އާދީއްތަ ދުވަހު ސްކޫލަށް ދިޔައިރު، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ޚަބަރެއް ނެތެވެ. އޮފީހަށް ވަންއިރު، ލިބުނީ ސިހުމެވެ. ލިބުނީ ޔާމީންގެ މަރުގެ ޚަބަރެވެ. ދަރިފުޅު ސްކޫލުން ގެއަށް ގޮސް، ވަގުތުން ގުޅި އެވެ. ޔާމީންގެ މަރާ ގުޅޭ ގޮތުން އެތައް ސުވާލެއް ކުރި އެވެ. ކާކުތޯ، ކީއްކުރާ މީހެއްތޯ، މަރާލީ ކީއްވެގެންތޯ ސުވާލުކުރި އެވެ. އޭނާ މަރާލީ ނޫސްވެރިޔަކަށް ވީމަތޯ ވެސް ސުވާލުކުރި އެވެ. އެންމެ ފަހުން ބުނީ އަވަހަށް ގެއަށް އައުމަށެވެ. ގެއަށް ދެވުނީ ރޭގަނޑު 8:30 ހާއިރު އެވެ. އަހަރެންގެ ފޯނު ޗާޖްކޮށް އޮންކޮށްލުމާ އެކު މަންމަ ގުޅިއެވެ. އެދުނީ ބޭރަށް ނުދިއުމަށެވެ. ބޭރަށް ނުދިއުމަށް އެދި ދަރިފުޅު ވެސް ރުޔެވެ.

ގައުމާއެވެ. އެ ބައިމީހުންނަށް މި އަނިޔާ މިދެވެނީ އަހަރެން މޮޔަވެފައި ހުރުމުންނެވެ. އަހަރެންގެ ކުށަކީ ހަމައިން ނެއްޓިފައިވާ މި ދައުލަތް ޒިންމާދާރުކުރަން، ކަންކަން ހިނގާ ނުހިނގާ ގޮތް، ކަންކަމުގައި އޮންނަޖެހޭ އުސޫލާއި ހަމަތައް ބުނެދޭން އަހަރެން މޮޔަވެފައި ހުރުމެވެ. ފަސާދަ އާއި ވައްކަމުގެ ވާހަކަތަކާއި ބޮޑެތި ޖަރީމާތަކުގެ ސިއްރު ހާމަކުރަން މޮޔަވުމެވެ.

އެހެންވެ، އަހަރެންނަށް ވެސް، އަދި އެކުވެރި ނޫސްވެރިންނަށް ވެސް މަރުގެ އިންޒާރުތައް އާދެ އެވެ. ރާއްޖެ ޓީވީ އަށް ވެސް އެތައް އިންޒާރެއް ކެނޑި ނޭޅި ލިބެމުންދެ އެވެ. މިއީ ތަގްދީރުކޮށްފައިވާ ގޮތް ހެއްޔެވެ؟ އަހަރެމެންގެ ބަދުނަސީބު ހެއްޔެވެ؟

ޑރ. އަފްރާޝިމް އަލީ މަރުގެ ހަގީގަތް ނުހޯދި އޮއްވައި، ނޫސްވެރިޔާ ރިލްވާނު ވަގަށް ނެގުމާއި ޔާމީން ރަޝީދު މަރާލުމުން، ނޫސްވެރިންނަށް އަދި އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތްކަން އެނގެ އެވެ. ނޫސްވެރިންނަށް ލިބުނު މަރުގެ އިންޒާރުތައް ޕޮލިހަށް ހުށަހެޅި އެވެ. ނަމަވެސް އެކަމެއް ނުބަލަ އެވެ. އެންމެ ދެރަކަމަކީ އެކަން ނުބެލުމުން، ޒިންމާދާރުކުރާނެ ބަޔަކު ވެސް މިހާރު ނެތުމުންނެވެ. ފުރާނައެއ­­­­ް ވަކިވެދިއުމުން، ކަންބޮޑުވާ ކަމަށް ބުނެ ބަޔާނެއް ނެރުމުން ހުރިހާ ކަމެއް ފުދުނީ ކަހަލަ އެވެ. އަހަރެން މަރު ދެކެ ބިރެއް ނުގަނެ އެވެ. ނަމަވެސް ދެރަވަނީ، ދޫންޏާއި ވެލަ އާއި ކަހަނބު ވެސް ބިސް އަޅަން ކަމުނުދާ ދަރަޖައަށް ގައުމުގެ ހާލަތު ގޮސްފައިވާތީ އެވެ. މިހާލަތަށް މިދިޔައީ "ޝައިތާނުން" ގިނަވުމެވެ.

 އޭ ލޯބިވާ ވަޠަނާ އެވެ. ތިބާ، އެ ޝައިތާނުންނަށް މި ބިމުން ޖާގަ ދީގެން އޮންނަނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ވިސްނާށެވެ! އަފްރާޝިމް ވެސް، ރިލްވާން ވެސް، ޔާމީން ވެސް މަރާލައިފި އެވެ. ތުހްމަތު ކުރެވޭ ގޮތުގައި، މި މަރުތަކާ ގުޅިގެން އެތައް ބަޔަކު މަރާލާފައި ވެއެވެ. ލޫކަސް އާއި ތޮއްޔިބު ވެސް މަރާލެވިދާނެ އެވެ. އަހަރެންނާއި އަހަރެންގެ އެކުވެރި ނޫސްވެރިން ވެސް މަރާލެވިދާނެ އެވެ. އަހަރެމެން އެންމެން މަރާލަން ބޭނުން ވަނީ، ޝައިތާނުންގެ ފާސިދު އަމަލުތަކުން މި ފަސްގަނޑު ކިލަނބުކުރާށެވެ. އެއީ އެއްބައެއްގެ އުފަލެވެ. އަނެއް ބައެއްގެ އުފަލަކީ އަހަރެމެންގެ ލެއިން، ނަވަތަ އެބަޔާ "ފިކުރު" ދިމާނުވާ މީހުންގެ ލެއިން، އެމީހުންގެ މަސައްކަތަށް ދިރުން ހޯދުމެވެ. 

ވިސްނާށެވެ! ވިސްނާށެވެ! ވިސްނާށެވެ! މުއައްސަސާތަކާއި ފަރުދީ ހައިސިއްޔަތުން ވެސް ވިސްނާށެވެ! ގައުމީ ވާޖިބު އަދާކުރާށެވެ. މިގައުމު މުޖުރިމުންނަށް ދޫކޮށްލަންވީ ހެއްޔެވެ؟ ހަރުކަށި ފިކުރުތަކުގެ މީހުންގެ ހާއްޔަކަށް ވިޔަދޭންވީހެއްޔެވެ؟  މި ގައުމު މިދާ ގޮތަށް ދާން ދޫކޮށްލައިފި ނަމަ،  ތިބާ އަށް ވެސް ތިބާގެ ދަރިންނަށް ވެސް އަމާންކަމެއް ނުލިބޭނެ އެވެ. ރައްކާތެރިކަމެއް ކަށަވަރެއް ނުވާނެ އެވެ. އަނބިދަރިންނާއި މައިންބަފައިނެގް ލޮލުން ދުވަހަކު ވެސް ކަރުނަ ފިލައިގެން ނުދާނެ އެވެ. އަހަރެން ގެއިން ނުކުމެގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަހަރެންގެ ފޯނު ނިވި ނުގުޅޭ ކޮންމެ ދަނޑިވަޅެއްގައި، އެހަރެން އެނބުރި ގެއަށް އައުން ލަސްވާ ކޮންމެ ދަނޑިވަޅެއްގައި އެމީހުންގެ ހިތުގެ ވިންދު އަވަސްވާނެއެވެ. އެމީހުންނަށް ހަމަނިދި ނުލިބޭނެއެވެ. އޭ ވަތަނާއެވެ! ވިސްނާށެވެ.

     

                                   

 

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

؟؟؟

1 އަހަރު ކުރި

ޔާމިން ރަޝީދް އަށް ސުވަރުގެ މިންވަރު ކޮށްދެއްވުން އެދެނީ މިކަމެއް ހިނގިރޭ ވިލިމާލެ އިން ސައިކަލެއްގަ ރޯވި ހަބަރެއްވެސް ލިބިފަވޭ

2
1
ދިވެހި ދަރިއެއް

1 އަހަރު ކުރި

ގައުމުގެ ހާލަތު . ވަރަށް ފުރިހަމަ ލިޔުމެއް.. މާތްﷲ ތިބާއަށާއި ތިބާގެ އާއިލާ އަދި ޤައުމުގެ ދިފާއުގައި ތެދުވާ ފަރާތްތަކަށް ރައްކާތެރިކަން ދެއްވާށި، އާމީން

2
0