18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކޮރަޕްޝަންގެ މައްސަލަ

ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

  • ޔޫއެން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން ވުޖޫދަށް އައިސްފައިވަނީ 2005 ވަނަ އަހަރު
  • ރާއްޖޭގައި މިހާތަނަށް އެނގޭ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް
  • ކޮރަޕްޝަނަށް ހުރިހާ އެންމެން ހޭލުންތެރިވާންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 24 އޭޕުރިލް 2017 | ހޯމަ 13:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ކޮރަޕްޝަނަކީ ހައްލެއް ބޭނުންވެފައިވާ މައްސަލައެއް -- ގޫގުލް

ކޮރަޕްޝަނަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އެކި ސިފަ ސިފައިގައި ފެތުރިފައިވާ ވަބާއެކެވެ. ކޮރަޕްޝަނުން ވަގުތީ ބޮޑެތި ފައިދާތައް ހޯދުމަށް ފުރުސަތު ލިބެއެވެ. އެހެންނަމަވެސް ގިނަ ބަޔަކަށް ކޮރަޕްޝަނުގެ ސަބަބުން، އެތައް ގެއްލުމެއް ކުރިމަތިވެ އެވެ. ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުން ކޮރަޕްޝަނުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަގީރު، ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ މީހުންނަށެވެ.

 ކޮރަޕްޝަނުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅި، އެންމެ ފަހުން ގޮތް ހުސްވެ، ޒަރޫރީ މުހިއްމު ބޭނުންތައް ކަމުގައިވާ ތައުލީމާއި ސިއްހީ ދައިރާ އާއި މުޖުތަމައުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ފައިސާތައް އެއްވެސް އުސޫލެއްނެތި ބޭނުން ކުރެވޭތަން އާދެއެވެ. ވޯލްޑް ބޭންކް އިން ލަފާކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން ޑޮލަރު، އެކި ކަންކަމުގައި ރިޝްވަތު ދިނުމަށް ހޭދަކުރެ އެވެ.

" ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ހުރި ނުރައްކަލެއް. އެއީ އިގްތިސާދީ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމެއް." އދ. ގެ އޮފީސް އޮން ޑްރަގް އެންޑް ކްރައިމްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޔޫރީ ފެޑޯޓޯވް ބުންޏެވެ.

ކޮރަޕްޝަނުގެ ސަބަބުން އިގްތިސާދީ ހަމަހަމަކަމާއި ޝަރުއީ ނިޒާމަށް ބަލިކަށިކަން ކުރިމަތިކުރުވައެވެ.

ކޮރަޕްޝަނަކީ ހައްލު ހޯދަން ޖެހިފައިވާ ކަމަކަށް ވާއިރު މިކަމުން ސަލަމާތްވުމަށް ގައުމުތަކުން ތަފާތު އެކި މަސައްކަތްތައް ކުރަމުންދެ އެވެ. ގާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައެޅި، ކޮރަޕްޝަނަށް ހޭލުންތެރި ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެ އެވެ. ނަމަވެސް ގިނަ ފަހަރަށް މިފަދަ މަސައްކަތްތަކަކީ އެހާ ރިއަލިސްޓިކް މަސައްކަތްތަކަށް ވެގެން ނުދެ އެވެ. މިކަމަކީ ގަނޑުތަކުން ނިންމާލާ ކަމަކަށް ވެގެނެއް ހައްލެއް ނުލިބޭނެ އެވެ. އަމަލީ ގޮތުން މިކަން ހައްލުކޮށް ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް އުނދަގޫ ވަނީ ކީއްވެގެންތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ހަގީގަތުގައި "ކޮރަޕްޝަން" އެބަހަށް މީހުން ހޭލުންތެރިވި ނަމަވެސް އެކަމުން އަމިއްލަ މަންފާ ހޯދާ މީހާއަށް ލިބޭ ވަގުތީ ފައިދާއަށްޓަކާއި މިފަދަ ކުށްތަކަށް އަރައިގަތުމަށް ޖެހިލުން ނުވަނީ އެވެ.

އދ. ގެ ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާ " ޔޫއެން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން" ވުޖޫދަށް އައިސްފައި ވަނީ 2005 ވަނަ އަހަރު އެވެ. މި މުއާހަދާއަށް އދ. ގެ ތިން ބައި ކުޅަ ދެބައި މެންބަރު ގައުމުތަކުން އަމަލުކުރަން ފަށާފައި ވެއެވެ.

މި މުއާހަދާއަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ގާނޫނީ ހައިސިއްޔަތެއް އޮތް އާލާތެވެ. މީގެ ސަބަބުން ރޭވިގެން ހިންގާ ބޮޑެތި ހިޔާނާތާއި މީހުންގެ އަތުން ގެއްލޭ މުދަލާއި އެހެނިހެން ގޮތްގޮތުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަކަށް އާދެ އެވެ.

އދ. އިން އެކުލަވާލާފައިވާ މި މުއާހަދާގެ ތެރެއިން ކޮރަޕްޝަނަށް ފާރަވެރިވުމަށް މިނިވަން މުއައްސަސާތަކެއް ގާއިމް ކުރަންޖެހެ އެވެ. އެގޮތުން މިނިވަންކަމާއި އެކު އިންތިހާބުތައް ހިނގައިތޯ ބަލާނެ މިނިވަން ވަކި މުއައްސަސާއަކާއި އިންތިހާބުތަކުގައި ފައިސާ ހޭދަކުރާނެ ގޮތް ބެލޭނެ މިންގަނޑުތަކެއް ކަނޑައަޅަންޖެހެ އެވެ.

މީގެ އިތުރުން އާއްމުކޮށް މުޖުތަމައުގައި ދެވޭ ހިދުމަތްތަކުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވިފައިވޭތޯ ކަށަވަރު ކުރަންޖެހެ އެވެ. ސަރުކާރު މުއައްޒަފުންނަކީ އެމީހުންގެ ގަވައިދުތަކުގެ ތެރެއިން މަސައްކަތް ކުރާ މީހުން ކަމަށްވާން ޖެހެއެވެ. އަދި ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދޭތޯ ބަލަންޖެހެ އެވެ. އަދި ދައުލަތުގެ ތެރޭގައި ހިންގާ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމަށް އަދި ޖަވާބުދާރީ ކުރުވުމަށް މިނިވަން މުއައްސަސާތަކުންނާއި ޖަމިއްޔާތަކުންނާއި އާއްމު ރައްޔިތުން ވެސް ބުރަ މަސައްކަތް ކުރަންޖެހެ އެވެ.

ހަމަގައިމު ވެސް މިއީ ލައްކަ ވާހަކަ އެވެ. އެހެން ނަމަވެސް އާއްމުކޮށް އަޑުއިވޭ، އެންމެންނަށް އެނގޭ ވާހަކަތަކެކެވެ. ކޮރަޕްޝަނުގެ ވާހަކަދައްކާ އިރަށް، މި ރާއްޖޭގެ ރައްޔިތުންގެ ދުލު ކުރިއަށް އަންނާނީ، އެމްއެމްޕީއާސީގެ 1.2 ބިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތެވެ. އެހެން ނޫނީ، ރާވައިގެން ހިންގާ ބޮޑެތި ވައްކަމުގެ ވާހަކަ އެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން އެމީހެއްގެ އާއްމު ދިރިއުޅުމުގައި ކުރާ ކަންކަމާއި، ނިންމާ ނިންމުންތަކުގައި ކޮރަޕްޝަނު އެކުލެވިގެންވޭތޯ ވިސްލާނަލީ ކިތައް މީހުންތޯ އެވެ.

ވަރަށް ކުޑަ ކުޑަ މިސާލެއް ހިއްސާކޮށްލާނަމެވެ. ބޭންކަކުން ހިދުމަތެއް ހޯދަން ބޭނުންވާ ދަނޑިވަޅެއްގައި ދިގު ޕްރޮސީޖަރއެއް ގިރާ ކުރަންޖެހޭ ނަމަ ނުވަތަ ގިނަ ވަގުތު ހޭދަކުރަންޖެހޭ ނަމަ، އެތަނުގައި މަސައްކަތް ކުރާ ގާތް މުވައްޒަފެއްގެ އެހީ ގަވައިދާ ހިލާފަށް ހޯދަނީ ކިތަން މީހުންތޯ އެވެ. ނުވަތަ މިގޮތަށް އެހީތެރިކަން ހޯދުމަށް ޖެހިލުން ނުވަނީ ކިތަށް މީހުން ހެއްޔެވެ؟ މިކަން މިގޮތަށް ކުރާ އިރު، ތިމާއަށް ވުރެ ކުރިން ހިދުމަތް ހޯދުމަށް އައިސް ތިބޭ މީހުންނަށް ހިދުމަތް ހޯދުމަށް ލަސްވެ، އެކަމުން ލިބޭނެ ގެއްލުމަކާއި މެދު އެންމެ ފަހަރަކު ވެސް ވިސްނާލިންތޯ އެވެ.

ވިސްނާލާށެވެ. ރިޝްވަތާއި، ނާޖާއިޒް ގޮތުގައި ދައުލަތުގެ ފަންޑު ބޭނުންކުރުމާއި، ވިޔަފާރި ކުރުމުގައި ނުފޫޒް ހިންގުމާއި، ކަޅު ފައިސާ ދޮވުމާއި، ނުހައްގުން ހޯދާ މުއްސަނދިކަމަކީ ހަމައެކަނި ރިޝްވަތުގެ އަމަލުތަކެއް ނޫނެވެ. ތިމާއަށް ފަސޭހަތަކެއް ހޯދުމަށް ކުރާ ކަމަކުން، އަނެކާގެ ހައްގު ގެއްލޭ ކަންކަމުގައި ވެސް ރިޝަވަތު އެކުލެވިގެންވެ އެވެ. ކޮރަޕްޝަން ފޮހެލެވޭނީ، ކޮންމެ މީހެއް ވެސް އެމީހެއްގެ ޒިންމާ އެންމެ ރަގަޅަށް އަދާކޮށްގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް