15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޔާމީން ރަޝީދު

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

 • ފުރާނަ ނެތް ހަށިގަނޑުގެ މަތީގައި ބޯ އަޅާލައިގެން އޮވެ "މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"
 • ޖަނާޒާއަށް ދިޔަ ކޮންމެ މީހަކު އެތަނުން ނިކުމެގެން ދިޔައީ ހިތް ކަތިލެވިގެން
 • އެ މާހައުލު ފެނުނު ކޮންމެ މީހެއްގެ ހިތް ފަޅައިގަންދާނެ
އަޒުމޫން އަހުމަދު | azmoon_ahmed

| 24 އޭޕުރިލް 2017 | ހޯމަ 01:16 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އަނިޔާވެރިކޮށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަހާނަ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އަނިޔާވެރިކޮށް މަރާލާފައިވާ ދަރިފުޅުގައި ގައިގައި ބޮސްދެނީ އެވެ. ދަރިފުޅުގެ ފުރާނަ ނެތް ހަށިގަނޑަށް ބަލަހައްޓައިގެން ހުރެ ގިސްލަމުން ރޮނީ އެވެ. މަންމަގެ ރަންކޮޅާ އެވެ. މަންގެ ދޫންޏާ އެވެ. ލޯބިވާ ދަރިފުޅާ ވަކިކުރުމުން މައި މީހާގެ ލޮލުން ލޭކަރުނަ އޮހެނީ އެވެ.

 

ޔާމީން ރަޝީދުގެ ޖަނާޒާއަށް ދިޔަ ކޮންމެ މީހަކު އެތަނުން ނިކުމެގެން ދިޔައީ ހިތް ކަތިލެވިގެންނެވެ. ހިލަ ހިތްތައް ވެސް މަޑުވެގެންދިޔަ ފަދަ އެވެ. އެންމެންގެ މޫނު މަތީގައި ވެސް ފުން އަސަރެވެ. ހިތާމައާއި މޮޅުވެރިކަމެވެ. އާއިލާ މެންބަރުންނާއި ރަށްޓެހިންނެވެ. ދަންނަ މީހުންނާއި ހެޔޮ އެދޭ މީހުންނެވެ.

 

އެ މާހައުލުގައި ހުރި ހިތާމައިގެ އަސަރުން ހިތް ކުދިކުދި ވެއްޖެ އެވެ. ޔާމީންގެ މަންމަ އޭނާގެ ފުރާނަ ނެތް ހަށިގަނޑުގެ މަތީގައި ބޯ އަޅާލައިގެން އޮވެ "މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ" އޭ ބުނި އަޑު އިވުނު ކޮންމެ މީހެއްގެ ލޮލުން ވެސް ކަރުނަ އޮހޮރިގެންދިޔަ އެވެ. އެ މަންޒަރު ބަލަން ހިތަށް ކުޅަދާނަ ނުވެގެން އެއްބަޔަކަށް އެތަނުގެ ތެރޭގައި ތިބެވޭ ގޮތެއް ނުވި އެވެ.

 

މަންމައާއި ލޯބިވާ ދަރިފުޅު ވަކިކުރުމަށް އެ ޖަރީމާ ހިންގި މީހުންނަށް ލިބިފައިވަނީ ކޮން ހައްގެއްތޯ އެވެ؟ މަންމައާއި ދަރިފުޅު ވަކިކޮށް، މަންމައަށް އުމުރު ދުވަހުގެ ހިތާމައެއް ކުރިމަތި ކުރުވީ ކޮން ކުށެއް ކުރެވިގެންތޯ އެވެ؟

 

މަޑުމޮޅިކަމާއި ހިތާމައިގެ އަސަރުން ފުރިގެންވާ އެ މާހައުލު ފެނުނު ކޮންމެ މީހެއްގެ ހިތް ފަޅައިގަންދާނެ އެވެ. އެ މަންމަ އަށް ކޮށްފައިވާ އަސަރު ބަޔާންކޮށްދިނުމުގެ ގާބިލުކަން އެއްވެސް މީހަކަށް ލިބިގެންނެއް ނުވެ އެވެ. އަޅުގަނޑުގެ އުމުރުން 23 އަހަރުވެފައިވާއިރު، މިވަރުގެ ހިތާމައެއް އަދި ނުދެކެމެވެ. މިވަރުގެ ހިތްދަތި މާހައުލެއްގައި ނުހުރެވެ އެވެ. މިއީ ހިތުގައި ކިރިޔާ ވެސް ރަހުމެއް ހަމްދަރުދީއެއް ކުލުނެއް އޮތް މީހަކަށް ވިއްޔާ ކެތްވާނެ ވަރުގެ ކަމެއް ނޫނެވެ.

 

އަޅުގަނޑުމެންގެ މި ރާއްޖޭގައި ހިންގަމުންދާ މިފަދަ ޖަރީމާތައް ހުއްޓޭނީ ކިހާ ހިސާބަކުންތޯ އެވެ؟ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަންމަގެ ލޮލުން ކަރުނަ އޮހެނީ އެވެ. ދަރިފުޅު ވަގަށް ނެގިތާ ތިން އަހަރުވާއިރު، އިންސާފު ލިބުމުގެ ނިޝާނެއް ވެސް އަދި ނުފެނެ އެވެ. ރިލްވާނުގެ މަންމަ އެ ހިތާމައިގައި ރޭދުވާ ހޭދަކުރަމުން ދަނިކޮށް، އިތުރު މަޔަކަށް މިވަނީ އެފަދަ ހިތްދަތި ކަމެއް ކުރިމަތިވެފަ އެވެ.

 

މި ހިތްދަތިކަމުން އަޅުގަނޑުމެންގެ މައިންނަށް ސަލާމަތްވެވޭނީ ކޮން ދުވަހަކުންތޯ އެވެ. ސްކޫލަށް ނުވަތަ އޮފީހަށް ދާ ދަރިފުޅަށް އެނބުރި ގެޔަށް ނާދެވިދާނެ ކަމުގެ ބިރުން މިންޖުވެވޭނީ ކޮންއިރަކުތޯ އެވެ. މިފަދަ ޖަރީމާތައް ހުއްޓުވަން ހެޔޮ ނިޔަތެއްގައި މަސައްކަތް ފަށާނީ ކިތައް ދަރިން މިބިމަށް ގަތުލުކޮށްލާ ފަހުންތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މާނާ

2 އަހަރު ކުރިން

މި ލިޔުން ކިޔާލީމަ ވެސް ހިތުން އޮހެނީ ލޭކަރުނަ. މި ޖަރީމާ ހިންގި ސިޔާސީ ބަޔަކު ވެސް އުޅޭނެ. ޔާމީން އެންމެ ގިނައިން ފާޑު ކިޔާފައި ހުންނަނީ ސަރުކާރަށް. ދެން ޤަތުލުގެ ފަހަތުގަ އޮތީ ސަރުކާަރެކޭ މަށެއް ނުބުނާނަން. ޤަތުލަށް 24 ގަޑިއިރު ވީއިރު އެކައްޗެއް ވެސް ނުފެނުމާ، ފުލުހުންގެ ޢަމަލުތަކާ ހާމަކުރާ މަޢުލޫމާތަށް ބަލާފަ ގޮތެއް ނިންމާނީ ރައްޔިތުން. ފުލުސް އޮފީހުގެ އަގު ވައްޓާލަން ވެރިންނަށް ތިބި ބައިގަނޑު ހިންގުވާ ޖަރީމާ އަކަށްވެސް ވެދާނެ!

3
1