26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޔާމީން ރަޝީދުގެ މަރު

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

 • ވަރަށް ބާރަށް ހަޅޭ ލަވަމުން ގެންދިޔަ
 • އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުން އައިސް ނެރުނީ މީހެއްގެ ހަށިގަނޑު
 • ހަޅޭކުގެ އަޑު ކެނޑި ހިމޭންވީ 10 ވަރަކަށް މިނެޓް ފަހުން
އަހުމަދު މުހުސިނު | dhonbandaara

| 24 އޭޕުރިލް 2017 | ހޯމަ 00:40 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
 4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ


ޔާމީންގެ ފުރާނަ ނެތް ހަށިގަނޑު އައިޖީއެމްއެޗްގައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

މަޝްހޫރު ބްލޮގަރ ސ. ފޭދޫ، ޗަނބޭލީގެ އުމުރުން 29 އަހަރުގެ ޔާމީނު ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަގޮތަކަށް މަރާލާފައިވަނީ ހޮނިހިރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. މީހުން ނިދާ ރަށުތެރެއަށް ހަމަހިމޭންކަން ވެރިވީ ފަހުން ބަޔަކު ހިންގި މި ލާއިންސާނީ ޖަރީމާ ހިނގަމުން ދިޔައިރު އިއްތިފާގުން ނަމަވެސް އެހިސާބުގެ ބައެއް މީހުންނަށް ޔާމީންގެ ރުއިމާއި އޭނާއަށް ލިބެމުންދިޔަ ވޭނުގެ އަޑު އިހުސާސު ކުރެވުނެވެ .

މިގެނެސްދެނީ އެ ހާދިސާ ހިނގި އިރު އެތަނާ ވަރަށް ގާތުގައި ހުރި މީހަކު ހިއްސާކުރި ވާހަކަ ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްަފއިވާ ރިޕޯޓެވެ. މިރިޕޯޓުގައި އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންކޮށްފައި އެވަނީ އަސްލު ނަމެއް ނޫނެވެ.

އެއީ ދަންވަރު ދޭއް ޖަހާކަށްހާއިރުއެވެ. ޝީޒާ (އަސްލު ނަމެއް ނޫން) މަޑު ކޮށްލައިގެން ހުރީ އިސްކަންދަރު މަގާއި މާވެޔޮ މަގު ގުޅުނު ޖަންކްޝަންމަތީ އޭނާގެ ގާތް މީހަކާ ވާހަކަ ދައްކާލާށެވެ. މުޅި ހިސާބުގައި ވަނީ ހިމޭންކަމެވެ. އެވަގުތު އެހިސާބަކު އެއްވެސް އިތުރު ބަޔަކު ފެންނާކަށް ނެތެވެ.

ދެމީހުން އޮލަ ވާހަކައިގައި ތިއްބާ އިސްކަންދަރުމަގުން ދުއްވާފައި ސައިކަލެއް އައިކަން ހަނދާން އެބަހުއްޓެވެ. އެ ސައިކަލުގައި ތިބީ ދެ ފުލުހުންނެވެ. ހިސާބަކަށް ޝީޒާއާ އޭނާގެ އެކުވެރިޔާއަށް ބަލައިލިނަމަވެސް  އާދައިގެ ޔުނީފޯމްގައި ތިބި އެދެފުލުހުންގެ ފަރާތުން ތަފާތު ކަމެއް ފާހަގައެއް ނުކުރެވެއެވެ. އެމީހުން ދިޔަ ގޮތައް ދިޔައީއެވެ. އެއީ ގާތްގަނޑަކަށް 2:15 ހާއިރުއެވެ. އެދެފުލުހުން ދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޝީޒާ އެކަނި ޖެހިލީ ޖަވާހިރު މަގާއި އިސްކަންދަރު މަގު ގުޅުނު ކަންމައްޗަށެވެ. އެތާގައި ޕާކް ކޮށްފައިހުރި ސައިކަލްތަކެއްގެ ބޭރުން މަގާވީ ފަޅިއަށެވެ. ރަހުމަތްތެރިޔާއާ ހިނގި ކުޑަ ދެބަސްވުމެއްގައި ދުރައް ޖެހިލާ އެތަނުގައި މަޑުކޮށްލައިގެން ހުއްޓާ ކުއްލިއަކަށް އިވުނީ ވަރަށް ބާރަށް މީހަކު ހަޅޭއް ލަވާ އަޑެވެ. އެއަޑު އައީ އިސްކަންދަރު މަގުން ބިސްބުރާ ވީކޮޅުން ނަމަވެސް އެއީ ކޮން ގެއަކުން އައި އަޑެއްކަމަކަށް އޭނާއަކަށް އެވަގުތަކު ފާހަގައެއް ނުކުރެވުނެވެ.

ޝީޒާ ބުނީ އެމީހަކު ހަޅޭއްލަވަމުން ދިޔައީ ވަރަށް ބާރަށް ކަމަށެވެ. ސަލާމަތައް އެދި ރޯހެންވެސް ހީވެއެވެ. ތިޔަހެން ނުހަދާށޭ ގޮވާހެންވެސް ހީވެއެވެ.  އެހެންނަމަވެސް ކިޔާއެއްޗެއް މާ ރަނގަޅަށް ނަގައިގަނެވޭ ގޮތެއް ނުވިކަމަށް ޝީޒާ ބުންޏެވެ. އަޑު އައިގޮތުން ބަޔަކު ސަކަރާތް ޖަހަނީއޭވެސް ހީވިކަމަށެވެ. ބަޔަކު ތަޅާފޮޅަނީއޭވެސް ހީވި ކަމަށެވެ. އޭގެ އިތުރުން މަސްތުވެގެން އުޅޭ މީހަކު ލަވާ ހަޅޭކެއްގެ އަޑުހެން ހީވިކަމަށްވެސް ޝީޒާ ބުންޏެވެ.

އެބާރު އަޑުފައްގަނޑު ކެނޑުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓްފަހުން2:48 ގައެވެ. އޭރުވެސް އެމަގު އޮތީ ހިމޭންވެފައެވެ. މީހަކު ފެންނާކަށް ނެތެވެ. މީހުން އައިސް ގޮސް އުޅޭ ތަނެއްވެސް ފާހަގަ އެއް ނުވެއެވެ.

ނަމަވެސް އެއަޑަށް ފަހު ޖަވާހިރު މަގުން ނިކުމެގެން އައި ޒުވާނަކު އިސްކަންދަރު މަގުން މާވެޔޮ މަގަށް ކުޑަތަންކޮޅަކަށް ދިއުމަށްފަހު ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އިނެވެ.

އެ އިވުނު އަޑު ކެނޑުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، 3:05 ހާއިރު ފުލުހުންގެ ކާރެއް އައިސް މަޑުކޮށްލީ މ. ސްޕެކްޓިއުލާގޭ ދޮރުމައްޗަށެވެ. އަދި އެއިން ފޭބި ފުލުހުން ކުއްލިއަކަށް އިސްކަންދަރުމަގު ރިޔާސީ ހިނގުމާއި ހިސާބުން ފެށިގެން ބަންދުކޮށްލިއެވެ. އޭގެ ކުޑައިރުކޮޅެއް ނުވަނީސް ފެނުނީ އައިޖީއެމްއެޗްގެ އެމްބިއުލާންސްވެސް އައިސް އެތަނަށް މަޑުކޮށްލިތަނެވެ. އަދި 3:20 ހާއިރު އެގެއިން ނެރުނީ މީހެއްގެ ހަށިގަނޑެކެވެ. ހަރަކާތެއް ނެތް އެމީހާގެ އެއް އަތް އޮތީ ސްޓެރެޗަރއިން ބޭރަށް ވާގޮތަށް އެލިފައެވެ.

ކުރިން އެއިވުނު އަޑު އައީ އެގެންއިންކަން ޝީޒާއަށް ރޭކާލީ އެހާހިސާބުންނެވެ. ކުރިން ތަފާތު ކަމެއް ފާހަގަ ނުކުރެވުނަސް ފަހުން އެއިވުނު އަޑަށް ސަމާލު ވެވުނެވެ. ފުލުހުން އެގެއިން ހަށިގަނޑު ނެރުނުއިރު ޖަވާހިރު މަގުން އިތުރު ހަަތަރު މީހަކު ސައިކަލެއްގައި އައި ނަމަވެސް އެމީހުންވެސް ބުނަމުން ދިޔައީ ތިވާނީ މީހަކު ދަންޖެހުނީ ކަމަށް ކަމުގައި ޝީޒާ ބުންޏެވެ. އަދި އެމީހުންވެސް އިތުރަށް އެތާ މަޑު ނުކޮށްދިޔައީ ކަމަށް ޝީޒާ ބުންޏެވެ.

ޝީޒާ ބުނީ ފުލުހުންގެ އުޅަނދުގައި މާގިނަ ފުލުހުން އައިހެން ހީނުވާކަމަށެވެ. ނަމަވެސް ފޮރެންސިކް ފުލުހުން އެމީހުންގެ ތެރޭގައި ތިބިކަމަށް ޝީޒާއަށްވެސް ޔަޤީންވެއެވެ.

ހަށިގަނޑު އެގެއިން ނެރުނު ފަހުންވެސް އަދި އޭގެ ކުރިންވެސް އިތުރު ބަޔަކު އެގެއަށް ވަތް ތަނެއް އަދި އެގެއިން ނުކުތްތަނެއް ޝީޒާއަކަށް ނުފެނެއެވެ. އަދި އާދަޔާ ޚިލާފް އެހެންކަމެއްވެސް ފާހަގައެއް ނުކުރެވުނެވެ.

ޝީޒާގެ ވާހަކަތަކާއެކު ރާއްޖެ ޓީވީން އެހިސާބު ބަލާލީމެވެ. އަދި ބައެއް ކަންކަން ފާހަގަ ކުރެވުނެވެ.

ފުރަތަމަ ކަމަކަށް ފުލުހުންނަށް ރިޕޯޓް ކުރި ވަގުތަށް ބަލާލާނަމެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓް ކޮށްފައި ވަނީ 2:59 ހާއިރު ކަމަށެވެ. އެހެންކަމަށް ވާނަމަ ޝީޒާއަށްވެސް ހީވާ ގަޑިއާ ދާދި ގާތްކޮށްފިއެވެ. ފުލުހުން އައިރު އެސަރަހައްދަކު އިތުރު އެއްވެސް މީހަކު ނެތެވެ. މަގު ބަންދުކުރާ ލައިން ދަމާލީ ޝީޒާގެ ގެ ކައިރިންނެވެ. ފުލުހުން އައިރުވެސް އަދި ހަށިގަނޑު ނެރެގެން ގެންދިޔައިރުވެސް އެތަނުގައި ހުރި އެކަކީ ޝީޒާ ނަމަވެސް ފުލުހުން އޭނާ ގާތު އެއްޗެއް އަހާފައެއް ނުވެއެވެ. އޭނާގެ އިތުރުން އެތާ ތިބީ ފަހުން އައި ޒުވާނާއާ ޝީޒާގެ ރަހުމަތްތެރިޔާ އަދި އޭނާގެ ކޮއްކޮއެކެވެ.

ޝީޒާ ބުނާ ގޮތުންނަމަ އެސަރަހައްދުން އިތުރު ބަޔަކު ނެފެނެވެ. އަދި އަޑު އިވުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އަދި ފުލުހުން އައުމާހަމައަށާއި ފުލުހުން އެގެއިން ބޮޑީ ނެރެގެން ގެންދިޔަ ފަހުންވެސް އެގެއިން ބަޔަކު ނުކުމެގެނެއް ނުދެއެވެ.

ހިސާބުގަނޑުގައި ސީސީޓީވީ ކެމެރާ ތަކެއްވެސް އެބަހުއްޓެވެ. ޔާމީން މަރާލާފައި އޮއްވާ ފެނުނު ގޭގެ ކުރިމަތީ މަގުގެ އަނެއް ފަޅީގައި ހުރި ގޭގެ މައިދޮރާ ދިމާލު ބޭރުގައި ކެމެރާއެއް އެބަހުއްޓެވެ. އެގޭ މީހުން ބުނާ ގޮތުގައި އެކެމެރާ މަސައްކަތް ނުކުރާތާ ދުވަސްކޮޅެއް ވެދާނެއެވެ.

ޔާމީން މަރާލާފައި އޮތް ގެއާ އިންވެގެން ކަހަލަ ގޮތަކަށް ބިސްބުރާ ވީކޮޅަށް ހުރި ފިހާރައެއްގައި މަގުގެ ދެކޮޅަށް ވާގޮތަކަށް ދެކެމެރާ އެބަހުއްޓެވެ.

އިސްކަންދަރު މަގުން ވަދެގެން ދުއްވޭނީ މާވެޔޮމަގާ ވީކޮޅަށެވެ. އެކޮޅަށް ދާނަމަ މ. ސްޕެކްޓިއުލާގޭ ހުރަސްކޮށް ކުރިއަށްދާއިރު ހުރަސްވާ ރިޔާސީ ހިނގުމުގައި ދާދި ފަހުން ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއެއް އެބަހުއްޓެވެ.

ޝީޒާގެ ވާހަކަތަކަށް ވިސްނާލާއިރު، ހަމަލާ ދިން މީހުން އެގެއިން ނުކުތީ ކިހިނެއް ހެއްޔެވެ؟ ހަށިގަނޑު ނެރުމާ ހަމައަށް ގައިމު އެގެއިން އެހެން ބަޔަކު ނުކުންނަ ތަނެއް ޝީޒާ ނުދެކޭ ކަން ވަރަށް ޔަގީންކޮށް އެބަ ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Truth

2 އަހަރު ކުރިން

Comment kuraa meehun ves zimaadhaaru vun muhimu sheeza mi habaru ga bunefa eba oathey eaee koan adeh kan yageen nuvaa kamah ... adhi ehisaabu ge koan ge eh kameh ves yageen nuve hutta police aa kamah .. mithaa mihurihaa report thakah balaa iru ves police ah report kuree koanfaraatha kun kan neyg.... Adhi bunelan oathee haadhisaa higi vaguthaa police aa vaguthah balaa iru dhuvahaku ves seen akah emeehun mihaa avahah aasa nuvaakan

2
0
Sheezaage cousin

2 އަހަރު ކުރިން

Thimeehunah Hama saabas.. polihun ge kusheh fennan benun nuvaa meehun sheezage vaahaka dhogu thikurany.. sheeza ah egein meehaku nukuiy than nufenidhaane. Vaiythan ves nufenna kamah miothy.. ekam polihunnah fenunu sheeza ethaaga huttaala.. polihun suvaalehves konnuly keevvebaaa??

2
0
Sheezaage manma

2 އަހަރު ކުރިން

Sheeza aky anhenakah/anhen kujjakah veeru ge'egga therein halheyge adu ivumun kihineh kihineh vaakameh thww balaalan dhaan jehilun vedhaanekamy gabool kurevey kameh.. Thimaa aa behevey kamakah viyas nubehevey kamakah viyas.. anehenakah vehure ahannah igeyhaaves ehchakay aharennakah nukereynekan iveny kon adekkan yageen nuvaairu ehen meehegge geah vannaakasheh.. shukuriyyaa...

1
1
Sheezage dhahtha

2 އަހަރު ކުރިން

Ihthifaagun ethaaga egadyga hurevidhaane kamah aharen gabool kuran.. mi comment thah kiyaafai aharen varah dhera vejje.. hiyaalu faalhu kurumuge minivankamey kiyaifa egathulugai sheeza baiweri vikamah bunaa meehunah bunelan othy,sheezaage boluga thialhuvaa thuhumathaky kuda thuhumatheh noonekey.. midhakkany meehegge gathuluge vaahaka ey.. sheeza erey ethaagai hunnan medhuverivi sababaky kobaakan neygi hure eynaage boluga thifadha bodu ilzaameh alhuvan heyoves nuvaane... ehchekey bunelumuge kurin visnaalumakyves oiykameh..

3
0
ފިސާރި ތެެދެއް

2 އަހަރު ކުރިން

ސުވާލުތައް ކިތަންމެ ހާވެސް ގިނަ. ޝީޒާ އަށް އެ އަޑު އިވުނު އިރު ހުރެވުނީ ކީއްވެ؟ ޕޮލިހުން އެހާ އަވަހަށް އައީ ކީއްވޭ؟ ޝީޒާއަށް ގަޑިއަށް ވާވަރު ބަލަން އެގުނު؟ ޔާމީން އެރިތަން ނުފެނުނީ ކީއްވެ؟ ޕޮލިހަށް ރިޕޯޓްކުރީ ކާކު؟ ޕޮލިހަށް ރިޕޯޓް ކުރި އިރު އެގެއިން އިތުރު މީހެއްގެ ހިމަލެއް ނުވޭ؟ ހަމާލާދިން މީހުން ނިކުތީ ކިހިނެތް؟ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އެންމެންވެސް ހިޔާލު ފާާޅުކުރަނީ. ޑިމޮކޮރަސީގެ ދަށުން ހިޔާލު ފާލުކުރެވޭ. އެކަމަކު ވަކި ހާމަކުރަމުން ވާނެ ފައިދާއެއް އެބައޮތްބާ. އަމިއްލަ ގައުމު، އަމިއްލަ ވަތަން، އަހަރެމެން މިނިވަން ދިވެހި ބިން. އެކަމަކު ހިތްހަމަ ޖެހުމާއެކީ މިނިވަންކަންމަތީ މަގުމަތީ އުޅެވެން އެބަ އޮތްބާ؟ އަމިއްލަ ވަޒަންގައި ބިރުވެރިކަންމަތީ. ގެއިން ނިކުނަންނަ އިރު ގެއަށް އަބުރާ އާދެވޭނެ ކަމުގެ އުއްމީދެއް ނޯވެ. އެކަމަކުވެސް މިނިވަން ދިވެހި ގައުމު. ބުނެވޭ ބަހަކުން މީހަކާ ދިމާލަށް ބަލާލެވޭ ގޮތަކުން ވަޅި އެޅެނީ ތިމާގެ ކަރުގައި. ވަރަށް ވާހަކަ މީ

13
0
leeza

2 އަހަރު ކުރިން

Ehenviyya thee thigeyga diri ulhey bayaku raavaigen kurikamey thi habarun deyha v goi mee fuluhun ais furathamaves geah nuvade magu bandu dho kuree sheeza seeza yah v vedun

Aminath

2 އަހަރު ކުރިން

Subuhaanahlaahi mee hama Muslimun baa

1
0
ރ

2 އަހަރު ކުރިން

Konme gothawiyas mithaa coment kuraa gina bayakee bagee gundaa vagun

1
2
ތެދު ދޮގު ބަލާ

2 އަހަރު ކުރިން

މިހަބަރު ކިޔާލުމުން އެބަ އެގޭ މީހުންނަށް އޮޅުވާލަން އުޅޭކަން. ބޮޑަށް ލަފާ ކުރެވެނީ ފުލުހުންގެ ބޮލުގަ އަޅުވަން ދޮގުހަބަރެއް ލިޔެފައި ވާހެން. މިއީ ވަރަށް ބޭއަދަބީ އަމަލެއް. މިކަން ކުއްވެރި ކުރަން.

9
8
ސޭކު އަލީ

2 އަހަރު ކުރިން

އޭނަ ހުރީ ފާރަޔައް

4
0
Nobody

2 އަހަރު ކުރިން

Police ah gulhi meehaku kaakubaa.. Police geyah vaiy iru geygai thibee konbaeh heyyeve.. Hama rkani hashigandu heyyeve. Sheezaa ah hama ekani fenunee police e gein nukiuythan.. Thikameh vumuge kurin cycle ga dhiya police dhemyhun dhiyathaneh egeytha..

0
0
ސީޒާ ކޮއްކޮ

2 އަހަރު ކުރިން

ސީޒާ ތިޔަހެން ކިޔަނީ ހަޤީގަތް އޮޅުވާލަން ނުވަތަ އެކަން ކުރި ބަޔަކު ފޮރުވަން ކަމުގައިވެސް ވެދާނެއެވެ. މާތް ﷲ އެ ފުރާނައަށް ހެޔޮރަހުމައް ލައްވާ ސުވަރުގެ މިންވަރު ކުރައްވާންދޭވެއެވެ

3
0
gadi

2 އަހަރު ކުރިން

10 minutes ei ekm haadha haa vaa gina irekey. ehaairu vyiru hama alhaaves nulaa gadi dho bely. sheeza ge thi bunaa hiyaalu thafaathuvi friend ves ei anheneh tha?

2
0
ޝީޒާ

2 އަހަރު ކުރިން

ތިހަބަރުގެ މަގްސަދު ވަރައް ސާފު. ކޮއްމެހެން ޝީޒާއެކޭ ފަޅޮލޭ ނުކިޔާ ބުނެބަލަ ބުނަން ތިއުޅޭ އެއްޗެއް.

20
23
ޝީޒާ

2 އަހަރު ކުރިން

މާފަންނު ޕޮލިސްގެ ކާާރުގައި ނޫންތަ މީހާ ހޮސްޕިޓަލަށް ގެންދިޔައީ؟ ސްޓްރެޗާ ބޭނުމެއްވެސް ނުކުރޭ. އެމްބިއުލަންސް އައީވެސް މާފަންނު ވެހިކަލްގަ މީހާ ގެނދިޔަތާ 5 މިނެޓް ފަހުން. ތިޔަ ޝީޒާގެ ހަގީގީ ވާހަކައަށް ވަރަށް ވެދުން.

ލާމު

2 އަހަރު ކުރިން

ތިޔަ ޝީޒާގެ އަތެއް ތީގަ ވާ ކަމާމެދު ޝައްކު.. އެ އަޑު އިވުނީމަވެސް ބަރާބަރަށް ގަަޑި ބަލަން އެނގުން އެކަމަކު އެއީ ކޮން އަޑެއްތޯ ބަލާލަން ނޭންގުން.. ޝީޒާއަށް ވަރަށް ވެދުން

33
14
isha

2 އަހަރު ކުރިން

Sheeza ah nufeneytha yaameen geah ais vaitn thaneh. Ebai kobaa.

17
1
Nameh nubuneveyne

2 އަހަރު ކުރިން

Ekan kury fuluhunnah vyma .... Naain saafun verikan kuramun dhaa sarukaaru he meehun.... Mihaathanah vx insaafeh libifaeh neh Fuluhun kuraakanthah nuves balaane insaafakah..... Maai raskalaakoh yaameen aa eynage adhuhvun kibain miraajje salaamai kurahvaashi....

23
10
kaloa nan liyaathaa dhw mashah

2 އަހަރު ކުރިން

Baagiru

0
1
neesh

2 އަހަރު ކުރިން

Thibunaa sheeza dhanvaru 2 jahaairu vaahaka dhakkan magumathee hurumun engenee eynaa huree hama heyga noon kan

20
18
އަބޫ

2 އަހަރު ކުރިން

އެކަހަލަ އަޑެއް އިވުނުނަމަ ކައިރީ ތިބި ގޭގޭގެ މީހުންނަން ވެސް އިވެން ވާނެ މި ހާރުގެ ގިނަ ކުދިންނިކީ.3ޖެހުމުގެ ކުރިން ނިދާ ބައެއް ނޫން

30
6
މުގޫ

2 އަހަރު ކުރިން

ތި މަގުބަލަށް ހުރި މީހާ ދޯ

23
6
ވާނުވާ

2 އަހަރު ކުރިން

ކޯރުކެނޑި މަގާ އިސްކަންދަރުމަގު ގުޅޭނީ . ލިޔުންތެރިޔާ ވާނުވާ އެނގިގެން ލިޔަން އުޅެބަލަ. އިސްކަންދަރު މަގާ މާވެޔޮ މަގު ޖަންކްޝަން އެއް ނީންނާނެ

31
7
ނަމެއްނެތް

2 އަހަރު ކުރިން

ތިޔައީ އަސްލުޙަޤީގަތްތަ؟ އެކަހަލަ ހަޅޭކުގެއަޑެއްއިވި އެކަމާއަޅާވެސްނުލާ ކިހިނެއްވާކަމެއްތޯ ބަލާވެސްނުލުމަކީ ހާދަޤަބޫލުނުކުރެވޭ ކަމެކޭ އަދި އެތަނުންބަޔަކު ނުފެނުމަކީވެސް ޤަބޫލުނުކުރެވޭ ކަމެއް އެގޭގެ އެހެން ފަންގިފިލާތައް ފުލުހުން ޗެކްކުރިތޯ މިއީވެސް އުފެދުނު ސުވާލެއް؟

26
2
ފާތުމާ

2 އަހަރު ކުރިން

ތީ ހާދަ ވަރުގަދަ ޝީޒާ އެކޭ ދޯ އެހެން މިހެންވެސް އެއްޗެކޭ ކިޔައިގެން ތިއުޅެނީ އެކަން ކުރީ ފުލުހުންނޭ ބުނަން ދޯ.. ބަލަ ފުލުހުން ހާދިސާ ހިނގާފަ އޮތް ތަން ބަންދުކުރުމަށްފަހު އެއްވެސް މީހަކަށް އެތަނަކަށް ނުވަދެވޭނެ. އެތަނަކުން ނުނިކުމެވޭނެ. އެމަކުވާ އެވަރުގެ ހޭލުންތެރިކަމެއްވެސް ދިވެހީންގެތެރޭ ނެތީތަ. ފިތުނަ ފަސާދަ. ޚަބަރެއް ޝާއިއު ކުރާއިރުވެސް ބަލަނީ ތަން ފަސާދަ ކުރެވޭތޯ. މީހުންގެ ސަމާލުކަން ހޯދޭތޯ. މިފަދަ ވަގުތުތަކުގައިވެސް ހިތް ތިރިއެއް ނުވޭ.

44
24
ވަންޓޫ

2 އަހަރު ކުރިން

ތިކަން ކުރީ ތި ޝީޒާ ކަމަށްވާނީ

33
13
ޢަލީގެ މަލީ

2 އަހަރު ކުރިން

Haadha furi hama ey thibunaa hisaabah adu ivunu meehaa hamayah huri tho balaa ... geyge nan vess rangalhah neyge noos verin

10
4
އަންނޯން

2 އަހަރު ކުރިން

ނޭޭގޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ރެންޕޯންސް ޓައިމް އެންމެ ސުލޯ ފުލުހުން އެތަނަށް ދުންޖަހާފަ ދިޔަ. މިވަނީ ކިނެއް؟ އަހަރުމެން ރައީސަކައް މި ހޮވާފައި ހުރި މީހާ އަކީ ރައްޔިތުންގެ ދިފާއުގައި ހުންނަން ވީ މީހެއްނޫންތޯ؟ މަރު މައްޗައް މަރު ތަކެއް އެބަ އާދޭ ނަމަވެސް ތިމާގެ ލޯންޗުގައި އިން އޭ.ސީ ގޮވީމަ ރަޝިޔާގެ ރައީސުގެ ކާރު ފުޅުގައި ބޭނުން ކުރެވިފައިވާ ޕުރޮޓެކުށަނައް ތުރެ އަހަރުމެންގެ ރައީސުގެ ޕުރޮޓެކުށަން ބޮޑު. މިތާގަ ރައްޔިތުން ނޫންތަ ސަލާމައް ކުރަން ވީ؟ މީހުންގެ ހުންނާނެ ތަފާތު ޙިޔާލުތަށް، އެކަމަކު އޭގެ މާނައެއް ނުން އެމީހަކު "ޕުޓް ޑައުން" ކުރުމަކީ. ކުރީގައި ވެފައިވާ ކަންތައްތަކުގެ ހައްގު މީހަކަށް އިގެން ބޭނުން ނުވަންޔާމުން އެމީހަކު މެރުމުން ލިބޭނީ ކޮން ފައިދާއެއް. ބޮލުގަ ފުނާ ހަމަ އެކަނި އެޅުމަކުން ނުވާނެ. ހަގީގައް ހޯދަން އަދިވެސް މީހުން ނިކުންނާނެ. އެމީހުން ވެސް ކުރީ ބައިގަ މެރީ މަ ނިމުނީ ނުން ދޯ!

19
6
shaan

2 އަހަރު ކުރިން

Saaf fenfodheh haa saaf koh egen thioty thikan verin nubaaveema ethanehga gathul kuruma fasaadha aammuvaane verin hama nubaee

6
3
Devil

2 އަހަރު ކުރިން

Mihaaru onnanee emeehakah emeeheh. Magumathee emmen kurimathee meehakah aniyaa kuriyas emmenves thibeynee thi sheezaa hurigothah alhaanulaa. Zaham vefai oiy meehakah eheeviyas scene roolhaalee ey kiyaafa eba hayyarukurey

6
0
ފޮނިފޮނި

2 އަހަރު ކުރިން

އަންހެނެއް ވީމާ ނުކެރޭނެ އެއްނު ވަލިއްޔުލް އަމްރު ބިނާ ކުރެއްވި ޒުވާނުން ކޮންމެފަދަ ގޮތެއް ވެސް ހަދާފާނެ

13
2
އާކިލީން

2 އަހަރު ކުރިން

Theegein dheyhavaa ehchakee gaathilun thayyaaru vegen thibee e geythereyga kan. Yaamyn geyah vanna irah sidi golheega hamalaa dhee maraalee.

3
0
ޕްރިންސެސް

2 އަހަރު ކުރިން

Kaaku police ah gulhee ehrnviyyaa..

21
2
No name

2 އަހަރު ކުރިން

Kaakutha fuluhunnah gulhee.fuluhunge baheh beynun mihaaru maaginadhuhu vehje thoache fuluhunah javaabeh nudhevi

2 އަހަރު ކުރިން

Point. ?

Kaakah ingeni

2 އަހަރު ކުރިން

Kihineh ingeni nikuikan? Maybe they stayed there. Maybe they even lived there.

21
3
ޓޫޓި

2 އަހަރު ކުރިން

ވަރަށް ރަގަޅު ޕޮއިންޓެއް

ނަންހާމަކުރާކަށްބޭނުމެއްނޫން

2 އަހަރު ކުރިން

ޝީޒާއަށްބޭއިޚްތިޔާރުގަ ހުރެވުނީ ގަޑިބަލަބަލަ ސުކުރިޔާ ގައުމު

50
3
ނަންހާމަނުކުރެވޭނެ

2 އަހަރު ކުރިން

ދިހަ މިނެއްޓު ވާންދެން ގޮތް ނޭންގޭބާރު ހަޅޭކުގެއަޑާ ރުއި މުގެ އަ ޑެށް ކައިރިހިސާބަބަކުން އަޑުއިވެމުން ދިޔަ އިރު މަގު މަތީގަ ހުރި މީހަކަށް ހުރި ފިޔަވަޅު މަތީގަ ހުރެވުނު ކަމީ ހަމަ ޔަގީނުންވެސް ހައިރާން ކުރުވަނިވިކަމެ ރަނގަޅު އެއީ ތިމާއާ ބެހޭކަމެއް ނޫންވީމަ ބަލަން ބޭނުން ނުވީ

83
8