22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ރައީސް މައުމޫން

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

  • އުފެއްދެވި ޕާޓީގެ ރައީސްކަން އަތުލެއްވި
  • ޕާޓީގެ މެންބަރުކަމުންވެސް ވަކިކުރެއްވި
  • ޕާޓީގެ ރައީސް ގެ އޮފީސް ނަމުގައި ހިންގަމުން ގެންދިޔަ އޮފީސް ވެސް ބަންދުކުރެއްވި
ސަހުބާން ފަހުމީ | sahubaan

| 23 އޭޕުރިލް 2017 | އާދީއްތަ 23:20 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް -- މިހާރު

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އަކީ ރާއްޖޭގައި އެންމެ ގިނަބަޔަކު ތާއީދު ކުރާ އެއް ސިޔާސީ ބޭފުޅާކަމާ މެދު ޝައްކެއްނެތެވެ. އެކަމާ ޝައްކު އުފައްދާ ވާހަކަ ދައްކާނީ، އެ ނޫން ގޮތަކަށް ބުނެގެން ގެއްލިދާނެ ސިޔާސީ މަގާމެއްގައި ތިބި މީހުން އެކަންޏެވެ.

ނޫން ނަމަ ރައީސް ޔާމީނަށް ހަގީގަތް އޮޅުވާލުމަށް ގަސްތުގައި ވާހަކަ ދައްކާ މީހުން އެކަންޏެވެ. މި ހަގީގަތަކީ ރާއްޖޭގެ ހުރިހާ ފިކުރެއްގެ މީހުންވެސް ދެ ބަސްވުމެއްނެތި ގަބޫލުކުރާނެ ހަގީގަތެކެވެ.

ރައީސް މައުމޫނަށް ތާއިދުކުރާ އެތައްހާސް ބަޔަކު ރާއްޖޭގެ އުތުރުން ދެކުނަށް ފެތުރިފައިވާ ރަށްތަކުގައި އެބަތިބިކަން ޔަގީނެވެ. އަދި އެއީ އެމަނިކުފާނު ދުނިޔެއަށް ނޭވާލާހާ ހިނދަކު އެގޮތުގައި ދެމި އޮންނާނެ ކަމެކެވެ. މިއެންމެންނަކީވެސް އެމަނިކުފާނަށް ދިމާވާ ކޮންމެ ކަމަކާއި ގުޅިގެން އަސަރުކ ުރާނެ މީހުންނެވެ.

މީހެއްގެ ހިތުގައި އަނެއް މީހާއަށް ދެވޭ އިހްތިރާމާއި ގަދަރަކީ ، އެދެވުނު ސަބަބު ބަދަލު ނުވާހާ ހިނދަކު އެގޮތުގައި ދެމިއޮންނާނެ އެއްޗެކެވެ. މައުމޫނު ދެކެ ދިވެހީން ލޯބިވި ސަބަބު އަދިވެސް އެގޮތުގައި ދެމި އެބައޮތެވެ. މައުމޫނަށް މީހުންކުރާ އިހްތިރާމަށް ބުރޫ އަރާނެ ކަމެއް އެމަނިކުފާނު މިހާތަނަށް އެއިހްތިރާމް ލިބުނުފަހުން ކޮށްފައިނުވެއެވެ.

ކަންތައް ދިމާވަނީ މުޅިންވެސް އެމަނިކުފާނަށް ތާއިދު އިތުރުވެގެންދާ ގޮތަށެވެ. ސިޔާސީ މަސްރަހުން ފެންނަނީ އިތުރު މީހުން އެމަނިކުފާނުގެ ކޮޅަށް ލަންބުވާލާ ޒާތުގެ ކަންކަމެވެ.

ދާދި ފަހުން ފެނިގެންދިޔަ މަންޒަރަކީ، އެތައްހާސް ބައެއްގެ ހިތްތަކަށް ނުހަނު ބޮޑަށް އަސަރުކުރުވި މަންޒަރެކެވެ. ރައީސް މައުމޫން އުފެއްދެވި ސިޔާސީ ޕާޓީއެއް ކަމުގައިވާ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވަން ނިންމުމުން، ސަރުކާރުން ފުލުހުން ނެރެ އެކަމަށް ހުރަސްއެޅިއެވެ.

ވެރިރަށް މާލޭގައި އެފަދަ ހަފްލާއެއް ބާއްވަން އެއްވެސް ފުރުޞަތެއް އެމަނިކުފާނަށް ނުދިނީއެވެ. އެންމެ ފަހުން އަހަރީ ދުވަސް ފާހަގަކުރަން ޖެހުނީ ޖާގައިގެ ގޮތުން ވަރަށްވެސް ދަތިކޮށްހުރި ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގަ އެވެ.

ސަރުކާރުން މިގޮތަށް ކަންތައްކޮށްފައިވަނިކޮށް ދެން ފެނިގެންދިޔައީ ރައީސް މައުމޫން، ރައީސް އަބްދުﷲ ޔާމީން އަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި މަންޒަރެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ލިބިފައިވާ ކުރީގެ ރައީސް މައުމޫން އާމެދު މިހާރުގެ ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ވެސް ހުތުރުކޮށްކަން ރައީސް މައުމޫންގެ ސިޔާސީ ވާދަވެރިންވެސް ގަބޫލުކުރައްވައެވެ.

ސަރުކާރަކުން ކުރީގެ ރައީސްއަކަށް އިހާނެތިކޮށް ހިތުމުން ކުރާނެ އަސަރާއި، ރައީސް މައުމޫންގެ ކޮއްކޯފުޅު ރައީސްކަމުގައި ހުންނަވައިގެން އެ މަނިކުފާނާ ދޭތެރޭ ކަންތައްތައް ކުރައްވާ ގޮތާ ވަރަށް ތަފާތުވާނެކަން އެންމެން ގަބޫލުކުރެއެވެ. އަދި އަސަރުކުރާނެވަރު ބޮޑުކަންވެސް ގައިމެވެ.

ސަރުކާރުން ރައީސް މައުމޫނަށް ކުރަމުންދާ ޖެއްސުންތަކަށް އިތުރުވެގެންދިޔަ ބޮޅަކީ ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި މުދާތައް ގަދަކަމުން ބޭރުކުރުމަށް ފަހު، ރައީސް މައުމޫނަށް ނިސްބަތްކޮށް އޮފީހުގެ ފާރުތަކުގައި ހުތުރު ބަސްތައް ލިޔުމެވެ.

އެމަނިކުފާނު ހ.ތެމާއަށް ވަޑައިގެންނެވިއިރު ފާރުތަކުގައި އެފަދަ އިބާރާތްތައް ހުރުމުން ވަރަށް އަސަރުކޮށް ހިތާމަފާޅުކުރެއްވިއެވެ. ބައެއް ފާރުތަކުގައި "އޮންނާނީ މައުމޫން އަތުން ޕާޓީ އަތުލާފައި" ލިއެފައިވާއިރު "ދެން ލަލާ" ފަދަ ބަސްތައް ލިޔެ އެމަނިކުފާނަށް މަލާމަތް ރައްދުކޮށް ލިޔެފައިވެ އެވެ. އެވަރަކުން އަދި ނިމުނީކީއެއް ނޫނެވެ. ޕީޕީއެމްގެ ރައީސްގެ އޮފީސްގެ ނަމުގައި ރައީސް މައުމޫން ހިންގަވަމުން ގެންދެވި އޮފީސްވެސް ކޯޓް އަމުރަކާއެކު ފުލުހުން މެދުވެރިކޮށް ބަންދުކުރެއްވީއެވެ. ހަމަ އެހެންމެ އެމަނިކުފާނު ބުރަމަސައްކަތުން އުފެއްދެވި ޕާޓީންވެސް ވަކިކުރައްވާ އެއްލާލީއެވެ.

މިހެން މިކަންކަން ހިނގާފައިވާއިރު ނަޒަރު ހިންގާލަންޖެހޭ ކަމެއް އެބައޮތެވެ. ރާއްޖޭގެ ފުރަތަމަ ބަންޑާރަ ނައިބު އަދި ރައީސް މަޢުމޫނުގެ ލޯޔަރުކަންވެސް ކުރައްވާފައިވާ އާޒިމާ ޝުކޫރުގެ ބަޔާނެވެ. އެކަމަނާ މަޢުމޫނު ސިފަކުރައްވާފައިވަނީ މަޢުމޫނު ދިފާޢު ކުރި މީހުންނަށް ވެވަޑައިގެންނެވި ބޭވަފާތެރިއެއްގެ ގޮތުގައެވެ. އެކަމަނާގެ ނުކުތާ ވަރަށްވެސް ސާފެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި އެމަނިކުފާނު ދިފާއު ކުރެއްވުމަށް އެތައް ފުލުހުންނަކާއި ސިފައިންނެއް އަދި ކެބިނެޓް މިނިސްޓަރުންނާއި އާއްމުން ވެސް އެމަނިކުފާނާއެކު މަސައްކަތް ކުރިއެވެ.

އާޒިމާ ވިދާޅުވަނީ ރައީސް މައުމޫނަށާއި މިނިސްޓަރުންނަށް އަމާޒުވި ހަމަލާތަކަކީ ސީދާ އެމްޑީޕީން ރޭވި ކަންތައްތަކެއް ކަމަށް ނުދެންނެވި ނަމަވެސް، އެކަންކަމަކީ އެމްޑީޕީން އޭރު ހިންގި ސިޔާސީ މަސައްކަތްތަކުގެ ސަބަބުން ހިނގި ކަންތައްތަކެއް ކަމަށެވެ. އެހެން ވިދާޅުވި ނަމަވެސް މިއަދު މަންޒަރު ފެންނަ ގޮތް ވަރަށް ތަފާތެވެ. މިއަދު ރައީސް މައުމޫންގެ އަތްޕުޅުގައި ހިއްޕަވައިގެން އެމަނިކުފާން ގައުމު އިސްލާހު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ފަހަތުގައި ތިބީ އެ ވިދާޅުވި އެމްޑީޕީ މީހުންނެވެ. ހަގީގަތަކީ ރައީސް މައުމޫންގެ ވަރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރި މީހުން އެމަނިކުފާނުގެ އަތްޕުޅުގައި ހިފިއިރު އެބަޔަކަށް އެމަނިކުފާނު ކާންދީ ބޮޑުކުރި މީހުން އެމަނިކުފާނުގެ އަތްޕުޅުގައި ދަތްއެޅީއެވެ. އެމަނިކުފާނަކީ އުމުރުން ދުވަސްވެފައި ހުންނެވި ބޭފުޅެއްކަމަށް ވެސް ނުބައްލަވާ ހިތުހުރިހައި އެއްޗެއް ގޮވާ މުޅި ރަށުތެރެއަށް ގިނަ ކޮށްލީއެވެ.

އެހެން ނަމަވެސް ރައީސް މައުމޫނަކީ ހިތްވަރު ބަލި ބޭފުޅެއް ނޫނެވެ.އެމަނިކުފާނުގެ ދިގު ތިރީސް އަހަރުގެ ވެރިކަންނިމި، އަލަށް އިންތިހާބުވި ރައީސް ނަޝީދަށް ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވީވެސް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މިސާލު ދައްކަވަމުންނެވެ.

އަދި ކީއްތޯއެވެ. ރައީސް މައުމޫނަކީ އާންމުންގެ ތާއިދުނެތް ބޭފުޅެއްވެސް ނޫނެވެ. އެމަނިކުފާނުގެ ދިފާއުގައި ނިކުންނަން ތައްޔާރަށް ތިބި އެތައްބަޔަކު މިގައުމުގަ ތިބޭނެކަން ގައިމެވެ.

ރައީސް މައުމޫން ފެންކަޅިވެފައި ހުންނަ މަންޒަރު ބަލަން ކެތްވާނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދުބަޔަކަށެވެ. އެހެންކަމުން ރައީސް މައުމޫންގެ ލޮލުން އޮހޮރޭ ކަރުނައިގެ އަގު އަދާކުރަންޖެހޭ ވަގުތެއް އަންނާނެކަން ގައިމެވެ. ކޮންމެއަކަށް އެމަނިކުފާނު އުފެއްދެވި ޕާޓީން އެމަނިކުފާނު ނަގާ އެއްލާލާ، މަގުމަތި ކޮށްފައިވާއިރު ހުރިހާ ރައްޔިތުންވެސް ބަލަން ބޭނުންވަނީ ދެން ރައީސް މައުމޫން ސިޔާސީގޮތުން އަޅުއްވާނެ ފިޔަވަޅެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް