13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ކާޑުގެ އަގު

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

 • ކާބޯތަކެތީގެ ސަބްސިޑީ ކަނޑާލީ ކާކުގެ އިސް ނެގުމަކަށްތޯ މީހުން ސުވާލު ކުރޭ
 • މިހާރު މުއްސަނދިން ފަގީރުވީތޯ އަދި ބިދޭސީން ރާއްޖޭން ހުސްވީތޯ ސުވާލު ކުރޭ
 • ކާޑުގެ އަގުން ސަތޭކަ ޕަސެންޓު އަގު މައްޗަށް ޖެއްސީ އިންސާފުން ނޫން ކަމަށް ބުނޭ
ރާއްޖެ އެމްވީ | raajje.mv

| 22 އޭޕުރިލް 2017 | ހޮނިހިރު 05:22 | |

މަގުބޫލް

 1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
 2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
 3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
 4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
 5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
 6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
 7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
 8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ހަނޑޫ ބަސްތާއެއް - ހަނޑޫ، ހަކުރު އަދި ފުށުގެ އަގު 23 އޭޕްރީލުން ފެށިގެން ހެޔޮވާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައި -- ގޫގުލް

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރި ވާހަކަ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ބްރޭކިންގ ނިއުސް އަކުން ހާމަކުރުމާއެކު އެވާހަކަ އިސާހިތަކު މީހުންގެ ތެރޭގައި ފެތުރިގެން ހިނގައްޖެއެވެ. އޭގައިވަނީ ހަނޑޫ އަދި ހަކުރުން 15 އިން ސައްތަ އަދި ފުށުގެ އަގުން 12 އިންސައްތަ އަގު ހެޔޮ ކުރަން ނިންމި ވާހަކައެވެ.

 

އެއާއެކު ދެން ފަތުރަންފެށި ވާހަކަ އަކީ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރީ ރައީސް ޔާމީންގެ އިސް ނެންގުވުމަށް ކަމަށެވެ.

އެއާއެކު ޝުކުރިއްޔާ ރައީސް، ޝުކުރިއްޔާ ރައީސް ކިޔާ ސަރުކާރަށް ވައި އެޅުވުމުގެ އޮއިވަރެއް ހިނގައިގަތްތައް ފެނުނެވެ.

ބުރާސްފަތި ދުވަހު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި 23 އޭޕްރީލް އިން ފެށިގެން ހެޔޮ ކުރި ކަމަށްވެސް އިއުލާން ކޮށްފައެވެ.

 

 

 

އިސާހިތަކު ޝުކުރިއްޔާ ރައީސްގެ އަޑުގެ މައްޗަށް، ހިތްހަމަ ނުޖެހުމުގެ ބަސްތައް ގަދަވާން ފަށައިފިއެވެ.

އާއްމު ރައްޔިތުންގެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އެމީހުންގެ ހިތުގައި ހުރި ޝުއޫރުތައް ފާޅު ކުރަމުން ގެންދިޔައެވެ.

އެކަކު ބުނީ ފަސްވަމުން ފަސްވަމުންދާ އަދި މިހާރު އެކްސްޕަޔަރ ވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު ދެން ބާއްވާފާނެ ކަމަށެވެ. މިއީ ވޯޓުކޮޅެއް ހޯދުމަށް ކުޅެލި ކާޑެއް ކަމަށް އާއްމުންގެ އެތައް ބަޔަކު ބުނަމުން ދިޔައެވެ.

ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުންވެސް މިކަން މާނަ ކުރީ ވޯޓަށް ނުފޫޒް ފޯރުވަން ސަރުކާރުން ކުރި ކަމެއްގެ ގޮތުގައެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ކާޑާއި ތެލުގެ އަގު ބޮޑުކުރީ ނުހައްގުން ކަމަށެވެ. ކާޑުގެ އަގު ހެޔޮ މިކުރީ ރައްޔިތުންނަށް އޮޅުވާލާ، ވޯޓަށް ނުފޫޒް ފޯރުވަން ކަމަށެވެ.

 

 

 

 

ސަރުކާރުގެ މީޑިއާއިން ކާޑުގެ އަގުހެޔޮ ކުރި ވާހަކަ ފަތުރަމުން ބުނެފައިވަނީ، މިއީ ރައީސްގެ ޚާއްސަ އިސް ނެންގުވުމަކަށް ކުރި ކަމެއް ކަމަށެވެ.

 

 

 

 

އެއާއެކު އެހެން މީހަކު ބުނީ ކާޑުގެ ބާވަތްތަކަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލާ ކާޑުގެ އަގުން 100 އިން ސައްތަ މައްޗަށް ޖެއްސީ ކާކުގެ އިސްނެގުމަކަށް ހެއްޔެވެ؟

ރާއްޖެއަކީ ކާޑު އުފައްދާ ގައުމަކަށް ނުވެފައި އެތެރެ ކުރާ ކާޑުގެ އަގު ރައްޔިތުން އަތްފޯރާ ހިސާބެއްގައި ބެހެއްޓުމަށް މާޒީގައި ސަރުކާރުތަކުން ގެންދިޔައީ ކާޑަށް ސަބްސިޑީ ދެމުންނެވެ. ކާޑު ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރަމުން ގެންދިޔަ ޚަރަދު ކަނޑާލުމަށް ދެއްކި އެއް ސަބަބަކީ، ކާޑުގެ ސަބްސިޑީ ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭންސީންނަށާއި މުއްސަނދިންނަށްވެސް ލިބެމުން ދިއުމެވެ. އެކަން ހަނދުމަފުޅު ހުރި ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.

ކާޑުގެ ބާވަތްތައް ކުއްލި އަކަށް ކޮންމެވެސް މިންވަރަކަށް އަގު ހެޔޮ ކުރުމާއެކު މިހާރު ރާއްޖޭން ބޭރު މީހުން ހުސްވީތޯ އާއި މުއްސަނދިން ފަގީރުވީތޯ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ސުވާލު ކުރެއްވިއެވެ.

 

 

 

ގިނަ ބައެއްގެ ޝުއޫރު ހުރި ގޮތައް ބަލާއިރު، ކާޑުގެ އަގު ހެޔޮ ކުރުން އެ މީހުން ސިފަކުރީ ރައްޔިތުން "ގުނބޯ ހެއްދުމުގެ" ގޮތުގައެވެ.

ކުރިނބީ ކައުންސިލްގެ ރައީސް އަހްމަދު މުޖުތަބާގެ ޝުއޫރު ފާޅު ކުރައްވަމުން ވިދާޅުވީ، ހަނޑޫ ކިލޯއެއްގެ އަގު 3.98 ރުފިޔާއަށް ހުއްޓާ ބޮޑުކުރީ 7.96 ރުފިޔާއަށް ކަމަށެވެ. އަދި އަލުން އަގުހެޔޮ ކުރުމުން ހަނޑޫ ކިލޯއެއްގެ އަގު ހުންނާނީ 6.76 ރުފިޔާ އަށް ކަމަށެވެ.

 

މާނައަކީ ކުރިން ހަނޑޫ ގަތް އަގަށް ވުރެ މިހާރުވެސް 2.78 ރުފިޔާ ހަނޑުލުގެ އަގު ބޮޑު ކަމެވެ. އެހެން ކަމަށްވާއިރު ހެޔޮ ވެގެން މިއުޅެނީ ކޮން އަގެއްތޯ ކުރެވޭ ސުވާލަކަށް ސާފު ޖަވާބެއް ނުލިބުނެވެ. އެކަމަކު އެތައް ބަޔަކު އަގައް މި އައި ބަދަލު ރަނގަޅަށް ދިރާސާކޮށް ހަގީގަތުގައި ކުރިން އަގު ހުރިވަރާ ގާތައްވެސް އަގު ހެޔޮ ނުވާކަން ހާމަ ކުރަމުން ގެންދިޔައެވެ.

 

މުޖުތަބާ ވިދާޅުވަނީ ހަކުރު ކިލޯއެއް 4.50 ރުފިޔާއަށް ލިބެން ހުއްޓާ ބޮޑުކޮށްލީމަ 8 ރުފިޔާ އެރި ކަމަށާއި އަގުހެޔޮކުރުމުން ލިބެނީ 6.8 ރުފިޔާ ކަމަށެވެ. އަދި ފުއް ކިލޯއެއް އަގު 3.50 ރުފިޔާއަށް ލިބެން ހުއްޓާ ސަބްސިޑީ ކަނޑާލުމުން 5.96 ރުފިޔާ އެރި  ކަމަށާއި އަގުހެޔޮކުރުމުން އަރަނީ 5.24 ރުފިޔާ އަށް ކ

ކަމަށެވެ.

 

ކޮންމެ އަކަސް ކުށްލި ގޮތަކަށް ކާޑުގެ އަގަށާއި ތެލުގެ އަގައް ހެޔޮ ބަދަލެއް އައި ދަނޑިވަޅަކީ، ދުނިޔޭގެ ބާޒާރުގައި މި ތަކެތީގެ އަގު ދަށް ވެގެން އެވާހަކަ ދެކެވޭވެސް ދުވަސް ވަރަކަށް ނުވިއެވެ. އެހެން ނޫނީ އަގަށް ބަދަލު ގެންނަ ފަހަރު ފަހަރު ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުގެ ވާހަކަ އަގާ ގުޅުވައިގެން އަންނަ ތަން ފެނެއެވެ.

މީހުންގެ ވިސްނުމަކީ މިއީ ގުނބޯ ހައްދަން ކުރި ކަމެއް ކަމަށެވެ. އަދި މިއީ ވަގުތީ ގޮތުން ކުރި ކަމެއް ކަމަށާއި އިންތިޚާބު ނިމޭއިރަށް ކުރިން ހުރި ވަރަށް ނުވަތަ އެއަށްވުރެ މައްޗަށް އަގުތައް ދާނެއެވެ. ގިނަ މީހުން ބުނީ ސަރުކާރުން މި ކުޅެލީ ސިޔާސީ ކާޑެއް ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

2 އަހަރު ކުރިން

ސިޔާސީ އިދިކޮޅު ފިކުރުތަކުގެ މީހުން އެއްބައިވެގެން އުޅެނީ ޙަސަދައިގެ ސަބަބުން! ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ! އަދި އެކަމުގައި ރައްޔިތުންނަށް ކަމުނުދާކަމެއް އޮތްނަމަ އެކަމެއް ދޫކޮށްލައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ!؟ޔަޤީން

0
0